މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފައިނު އޮންލައިން

އުނގޫފާރު ނެރު ފައިކައްޓަށް ބޯޓެއް އުރިއްޖެ

ރ. އުނގޫފާރު ނެރު ފައިކައްޓަށް ބޯޓެއް އުރިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުރިފައިވަނީ ރަސްމާދޫއަށް ނިސްބަތްވާ ދޯންޏެކެވެ. އުނގޫފާރުގެ ބަޔަކާ ގުޅިގެން އެ އުޅަނދު ފުންކުރަން މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ. 

މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އުޅަނދުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. 

ރޭ އިރާކޮޅު 8:00 ހާއިރު އުނގޫފާރު ނެރު ފައިކައްޓަށް އުރުނު ބޯޓު މިހާރުވަނީ ދެ ދޯންޏެއްގެ އެހީތެރިކަމާއެކު ފުން ކޮށްފައެވެ. 
ބޯޓު ފުން ކުރެވުނީ ރޭ 11:00 އެހާއިރުއެވެ. ބޯޓު ނެރަށް އުރުމުގެ ސަބަބުން ބޯޓަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ދިރުނބާ ކޮޅުން މައްޔާ ޖެހި ފިސްވެފައިވާކަމަށް އެ ސަރަޙައްދުގައި ދޯނި ފުން ކުރުމަށް އުޅުނު ފަރާތްތަކުން މައުލޫމާތު ދެއެވެ.
ބޯޓު ފުން ކުރުމުގައި ހަރަކާތްތެރިވެފައިވަނީ ރަސްމާދޫއިން ދިޔަ ކަންނެލި ދޯންޏަކާއި ދުވާފަރު ދޯންޏެއްގެ އިތުރުން އުނގޫފާރުގެ ޑިންގީއެކެވެ. އެ ބޯޓު ނެރަށް އުރުނު އިރު ބޯޓުގައި 2500 ލީޓަރުގެ ތެޔޮ ހުރިކަމަށް ބޯޓުގެ ވެރިފަރާތުން މައުލޫމާތު ދީފައިވެއެވެ.

ރަސްމާދޫ ހިޔަރޯދި ބޯޓު ފުންކޮށް އަނބުރާ ރަސްމާދޫއަށް ގެންގޮސްފައިވަނީ ރޭ މެންދަމު 1:00 އެހާއިރުއެވެ.

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ