މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީސްމީޑިއާ

ފީނަން ގޮސްއުޅުނު އުނގޫފާރު ޒުވާނަކު ނިޔާވެއްޖެ

ފީނަން މޫދަށް ގޮސް އުޅުނު އުނގޫފާރު މީހަކު ނިޔާވެއްޖެއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނީ، ނިޔާވެފައިވަނީ އުމުރުން 25 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެނެސްފައިވަނީ މިއަދު ހަވީރު 4:20 އެހާއިރު ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދިޔަ މިމްރާހް ކިޔާ ޒުވާނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިމްރާހު ފީނަން ދިޔައީ ވަޒީފާގެ ރަސްމީ ގަޑި ނިންމައިލުމަށް ފަހުގައެވެ. އޭނާ އަކީ އާއްމުކޮށް ފީނަން ގޮސް އުޅޭ މޫދަށް ފަރިތަ ޒުވާނެކެވެ.

މިއަދު އޭނާ ގެނބުނީ ކޮން ކަމެއް ދިމާވުމުގެ ސަބަބުންކަމެއް އަދި ނޭނގެއެވެ. ފުލުހުން ބުނީ އެކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
57%
ދެރަވި
0%
ހިނިއައި
43%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ