މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިނގުރައިދޫ ކައުންސިލް

"އިނގުރައިދޫ ރައްޔިތުން ޕާކިސްތާނާއެކު" ހަރަކާތުން ސާޅިސްހާސް ރުފިޔާ

މި ދުވަސްވަރު ކުރި ވިއްސާރައިގައި ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރ. އިނގުރައިދޫގައި ކުރިއަށް ގެންދިޔަ "އިނގުރައިދޫ ރައްޔިތުން ޕާކިސްތާނާއެކު" ފަންޑްރެއިޒިން ހަރަކާތުން 40،000 ރުފިޔާ ހޯދައިފިއެވެ.

އިނގުރައިދޫ ކައުންސިލުން އިސްނަގައިގެން މިދިޔަ ހުކުރު ދުވަހު ބޭއްވި މި ހަރަކާތުގައި ފަންޑުފޮއްޓެއް ވަނީ ބަހައްޓާފައެވެ. އަދި ފަންޑުފޮށި ހިފައިގެން ގޭގެއަށް ޒިޔާރަތް ކުރުންވެސް ކުރިއަށް ގެންގޮސްފައިވެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަރަކާތަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އަދި ރައްޔިތުންގެ ދީލަތިކަމުން 40،000 ރުފިޔާ އެ ހަރަކާތުން ހޯދިފައިވާކަމަށް އެ ރަށުން ވަނީ މައުލޫމާތު ދީފައެވެ. 

މި ފައިސާ ހަވާލުކުރާނީ ރާއްޖޭގެ އެހީގެ ޖަމިއްޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއަށެވެ.

ޕާކިސްތާނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެތައް ސަތޭކަ ބަޔަކުވަނީ މަރުވެފަ އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ