މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ކިނޮޅަހުގައި އީދު ފާހަގަކުރުމުގެ ތެރެއިން - ފޮޓޯ: ކައުންސިލް

ލިޔެލާޖަހަން ދަސްކޮށްދޭ ކޯހެއް ކިނޮޅަހުގައި ފަށަނީ

ރ. ކިނޮޅަހުގައި ލިޔެލާ ޖަހަން ދަސްކޮށްދޭ ކޯހެއް ފަށަން ނިންމައިފިއެވެ.

އެ ރަށު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ ކައުންސިލާ ޔޫތު މިނިސްޓްރީ ގުޅިގެން މިމަހުގެ 15 ވަނަ ދުވަހު އެ ރަށުގައި ލިޔެލާ ޖެހުމުގެ ކޯހެއް ފަށަން ނިންމާފައިވާ ކަމަށެވެ. 

ކައުންސިލުން ބުނީ ކޯހުގައި ކިޔަވައިދޭނީ މިކަމުގެ ފަންނީ ބޭފުޅުން ކަމަށާއި، ކޯހުގެ ފީއެއްގެ ގޮތުގައި ކޮންމެ ބައިވެރިއެއްގެ އަތުންވެސް 500 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް، ކޯހުގައި ބޭނުންކުރާ މައިގަނޑު އާލާތްތައް ކައުންސިލުން ފޯރުކޮށްދޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. 

މި ވޯކްޝޮޕާއި ގުޅޭގޮތުން ކިނޮޅަސް ކައުންސިލްގެ ރައީސް އަޙްމަދު ޙުސައިން ވިދާޅުވީ، މި ކޯސް މައިގަނޑުގޮތެއްގައި އަމާޒު ކޮށްފައިވާނީ ކިނޮޅަހަށް ނިސްބަތްވާ ޒުވާނުންނަށް ކަމަށާ ނަމަވެސް، ރަށުގެ ފަރާތްތަކަށް ފުރުސަތު ދީފައި ބާކީ ޖާގަ ހުރެއްޖެނަމަ ރަށުން ބޭރު ފަރާތްތަކަށް ވެސް އެ ފުރުސަތު ލިބިގެން ދާނެކަމަށެވެ. 

މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހެއެވެ.   

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ