މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފައިނު އޮންލަައިން

ރ. އަތޮޅު ކައުންސިލުން 30,000 ރުފިޔާގެ ފުޓްސަލް މުބާރާތެއް

އެއްވަނަ ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމު ދޭ ގޮތަށް ރ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ރ. އަތޮޅު ކައުންސިލުން އިއުލާނުކޮށްފިއެވެ.

މިމަހުގެ ހަ ވަނަ ދުވަހު އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. 

އެކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ މުބާރާތުގެ މަގުސަދަކީ އަތޮޅުގެ ރަށްރަށުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ކުޅިވަރުގެ ރޫހު ދިރުވާ އާލާކުރުމާއި، އަދި އަތޮޅުގެ ފުޓްސަލް ކުރިއަރުވަން އެހީތެރިވުން ކަމަށެވެ. 

މީގެ އިތުރުން ވެސް، އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި، ފުޓްސަލްގެ ހުނަރު އިތުރުކުރުމަކީ މުބާރާތް ބޭއްވުމުގެ މުހިއްމު އެއް މަގުސަދު ކަމަށް ވަނީ ފާހަގަކޮށްފައެވެ.  

ބޮޑު ފައިސާގެ އިނާމެއް:
އެއްވަނަ ޓީމަށް- 30،000 ރުފިޔާ
ދެވަނަ ޓީމަށް- 20،000 ރުފިޔާ

މި މުބާރާތުގައި ކޮންމެ ރަށަކުން ވެސް ބައިވެރިވެވޭނީ އެއް ޓީމަށެވެ. ދެން މުބާރާތުގައި ބައިވެރިވާނީ އަތޮޅު ކައުންސިލުން ހާއްސަ ދައުވަތު ދީގެން ބައިވެރިވާ ޓީމުތަކެވެ. މިގޮތުން މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވާ ޓީމުތައް ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
33%
ދެރަވި
33%
ހިނިއައި
33%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ