މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ފައިނު ސްކޫލް ސްޕޯރޓްސް ފެސްޓިވަލް މިއަދު ފަށައިފި

ފައިނު ސްކޫލްގެ ސްޕޯޓްސް ފެސްޓިވަލް މިއަދު ފެށިއްޖެއެވެ. 

ނެޓްބޯޅަ އާއި ފުޓްސަލް މުބާރާތެއް ހިމެނޭ މިފެސްޓިވަލްގައި ފައިނު ސްކޫލްގެ ހައުސްތަކުން ކޮންމެ ހައުސްއަކުންވެސް ޓީމެއް ބައިވެރިވެއެވެ. ނެޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗް މިއަދުވަނީ ކުޅެފައެވެ. މިމެޗްގައި ބައްދަލުކުރީ، ބެރެބެދި ހައުސް އާއި ހަލަވެލި ހައުސްއެވެ. މިމެޗް 10 ލަނޑު 9 ލަނޑުން ކާމިޔާބު ކޮށްފައިވަނީ ބެރެބެދި ހައުސްއެވެ. މިމެޗްގެ ކުއީން އޮފްދަ މެޗްގެ މަޤާމް ހޯދާފައިވަނީ ބެރެބެދި ހައުސްގެ ލިޔުޝާ ޢަލީއެވެ. 

މިފެސްޓިވަލްގައި ހިމެނޭ ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗް މިއަދު ހަވީރު 4:20 ގައި ފައިނު ފުޓްސަލް ދަނޑުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިމެޗްގައި ބައްދަލު ކުރާނީ، ބެރެބެދި އަދި ހަލަވެލި ހައުސްއެވެ. 

މިމުބާރާތްތަކުގެ މެޗްތައް ކުރިޔަށް ދާއިރު، ޕީޓީއޭގެ ފަރާތުން ފަންޑްރެއިސް ކުރުމަށް ކެންޓީންގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާކަން ފާހަގަ ކޮށްލެވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ