މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިބްރާހީމް ވަސީމް

ފައިނު މުއައްސަސާތަކުގެ މެދުގައި ކުޅޭ ފުޓްސަލް މުބާރާތް ފެށިގެން ކުރިއަށް

ފައިނުގައިހުރި ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންގެ މެދުގައި ކުޅޭ "އިންޓަރއޮފީސް ފުޓްސަލް ޗެލެންޖު" ފެށިގެން ކުރިއަށް އެބަދެއެވެ.

އިއްޔެރޭ ފެށި މި މުބާރާތުގައި ފުރަތަމަ ބައްދަލުކުރީ ފައިނު ސްކޫލާއި ފައިނު ސިއްހީ މަރުކަޒުގެ ޓީމެވެ. އެ މެޗުކާމިޔާބުކުރީ ފައިނު ސްކޫލްގެ ޓީމެވެ. ދެން ކުޅުނީ ފައިނު ކައުންސިލާއި ފެނަކަ ބްރާންޗްގެ ޓީމެވެ. އެ މެޗް ކާމިޔާބު ކުރީ ފައިނު ކައުންސިލްގެ ޓީމެވެ. 

މި މުބާރާތުގައި މިރޭވެސް ދެ މެޗު ކުޅުނެވެ. ފުރަތަމަ މެޗު ފެނަކައާއި އެކު ކުޅެ މޮޅުވީ ސްކޫލެވެ. ދެވަނަ މެޗުގައި ފައިނު ކައުންސިލްގެ ޓީމާއިކުޅެ ކުރި ހޯދީ ފައިނު ސިއްހީ މަރުކަޒުގެ ޓީމެވެ. 

މި މުބާރާތުގައި މާދަމާވެސް ދެ މެޗް އޮންނާނެއެވެ. މާދަމާ އޮންނަ ފުރަތަމަ މެޗުގައި ކުޅޭނީ ފެނަކަ އަދި ސިއްހީ މަރުކަޒެވެ. ދެވަނަ މެޗުގައި ކުޅޭނީ ސްކޫލް އަދި ކައުންސިލްގެ ޓީމެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ