މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިސްމާޢީލް ޝަފީޢު

ފައިނު ސްކޫލް ސްޕޯޓްސް ފެސްޓިވަލް - މިއަދުގެ 2 މެޗުވެސް ކާމިޔާބުކުރީ ވަރުކަނދު

ފައިނު ސްކޫލް ސްޕޯޓްސް ފެސްޓިވަލްގައި ހިމެނޭ ފުޓްސަލް މުބާރާތުގައި ބެރެބެދި އަދި ވަރުކަނދު ހައުސް ބައްދަލު ކުރި މެޗް 4-1 ން ވަރުކަނދު ހައުސް ކާމިޔާބު ކޮށްފިއެވެ.

މިމެޗްގައި ބެރެބެދި ޓީމުން ގޯލް ޖަހާފައިވަނީ، އައްފާން (1) އެވެ. ވަރުކަނދު ހައުސްގެ ޓީމުން ގޯލްތައް ޖަހާފައިވަނީ، އަހުސަން (2)، ޒިޔާން (1)، މުންތާޒް (1) އެވެ. 

މިމެޗްގެ މޭން އޮފްދަ މެޗްގެ މަޤާމް ހޯދާފައިވަނީ، ވަރުކަނދު ހައުސްގެ އަހުސަން އަޙުމަދު ރަޝީދެވެ. 

މިފެސްޓިވަލްގައި ހިމެނޭ ނެޓްބޯޅަ މުބާރާތުގެ މެޗެއްވެސް މިއަދުވަނީ ކުޅެފައެވެ. މި މެޗްގައި ވާދަކުރީވެސް ހަމަ މި 2 ހައުސްއެވެ. މިމެޗް 14 - 7 ން ކާމިޔާބު ކޮށްފައިވަނީ، ވަރުކަނދު ހައުސްއެވެ. 
މިމެޗްގެ ކްއީން އޮފް ދަ މެޗްގެ މަޤާމް ހޯދާފައިވަނީ ނަފްހާ ނަސީމްއެވެ. 

މިފެސްޓިވަލްގައި ހިމެނޭ 2 މުބާރާތުގެވެސް މެޗެއް މާދަމާ އޮންނާނެއެވެ. މާދަމާގެ މެޗްތަކުގައި ވާދަކުރާނީ ވަރުކަނދު ހައުސް އާއި ހަލަވެލި ހައުސްއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ