މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިސްމާޢީލް ޝަފީޢު

ސީ.ވައި.އެސްއިން ފައިނު ސްކޫލް ސްޕޯޓްސް ފެސްޓިވަލްއަށް ޓްރޮފީ ހަދިޔާކޮށްފި

ފައިނު ސްކޫލް ސްޕޯރޓްސް ފެސްޓިވަލްގައި ހިމެނޭ މުބާރާތްތަކަށް ބޭނުންވާ ޓްރޮފީއާއި މެޑަލް ކުލަބް ޔަންގް ސްޓަރސްގެ ފަރާތުން އެސްކޫލަށް ހަދިޔާ ކޮށްދިއެވެ.

މިތަކެތި އެސްކޫލާއި ޙަވާލު ކުރެވިފައިވަނީ، މިއަދު ފައިނު ސްކޫލްގައި ބޭއްވުނު ބައްދަލުވުމެއްގައެވެ. ކުލަބް ޔަންގް ސްޓަރސްގެ ރައީސް ޢަބްދުއް ސަލާމް އިބްރާހީމް ވިދާޅުވީ، މިއީ، ވަރަށްވެސް މުހިންމު މަޤްޞަދެއްގައި ވެދެވުނު އެހީއެއްކަމަށާއި މިކަމުގެ މައިގަނޑު ބޭނުމަކީ، މިމުބާރާތްތަކަކީ ފޯރިގަދަ، އަދި ކާމިޔާބު މުބާރާތްތަކަކަށް ހެދުންކަމަށެވެ. އަދި، މިކަމުގެ ސަބަބުން، ދަރިވަރުންގެ ހިތްތަކުގައި އިޖުތިމާޢީ ގޮތުން މަސައްކަތް ކުރުމުގެ ރޫޙް އާލާކުރުމަކީވެސް މިކަމުގެ އެއް ބޭނުންކަމުގައި ވިދާޅުވިއެވެ.
2019 ވަނަ އަހަރުގެ ސްޕޯޓްސް ފެސްޓިވަލްގެ ޓައިޓްލް ސްޕޮންސަރއަކީވެސް ކުލަބް ޔަންގްސްޓަރސް
ކުލަބް ޔަންގް ސްޓަރސްގެ ފަރާތުން ވަނީ ފާއިތުވި 2019 ވަނަ އަހަރު ފައިނު ސްކޫލްގެ ސްޕޯޓްސް ފެސްޓިވަލްގެ ޓައިޓްލް ސްޕޮންސަރގެ ގޮތުގައި، އެފަހަރުގެ މުބާރާތްތަކަށްވެސް ބޭނުންވާ މެޑަލްއާއި ޓްރޮފީ އަދި ދަނޑު ތައްޔާރު ކުރުމުގައި ބޭނުންވާ ކެނވަސްތައްވެސް ތައްޔާރު ކޮށްދީފައެވެ. އަދި މުބާރާތްތައް ކުރިޔަށް ދިޔައިރު ސޯޝަލް މީޑިއާގައި މުބާރާތް އިސްތިހާރު ކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްދީފައެވެ. މުބާރާތްތަކުގެ ވަނަތަކަށް، ގިނަ ޓްރޮފީތަކަކާއި މެޑަލް ދެވިފައިވާތީ، އެއަހަރުގެ މުބާރާތްތަކަކީ މިހާތަނަށް ފައިނު ސްކޫލުން ކުރިޔަށް ގެންދިޔަ އެންމެ ފުރިހަމަ މުބާރާތްތައްކަމުގައި ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

މިލިޔުން ކިޔާލުމުން

25%
އުފާވި
25%
ދެރަވި
25%
ހިނިއައި
25%
ރުޅިއައި

3 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހަސަން 4 years ago

ޝުކުރިއްޔާ ސީވައިއެސް

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އާދަނު 4 years ago

ހާދަ ހިންގާލާ ކުލަބެކޭދޯ! ސާބަހޭ ކުދިންނޭ.

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ