މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިސްމާޢީލް ޝަފީޢު

ފައިނު ސްކޫލް ސްޕޯޓްސް ފެސްޓިވަލް - ކުޅުނު 2 މެޗުން މޮޅުވެ ވަރުކަނދު ފައިނަލަށް

ފައިނު ސްކޫލް ސްޕޯޓްސް ފެސްޓިވަލްގައި ހިމެނޭ ފުޓްސަލް މުބާރާތާއި ނެޓްބޯޅަ މުބާރާތުގައި ވަރުކަނދު ހައުސްގެ ޓީމް ކުޅުނު ފުރަތަމަ 2 މެޗްވެސް ކާމިޔާބުކޮށް ފައިނަލަށް ދަތުރު ކޮށްފިއެވެ.

އެގޮތުން 25 ފެބްރުއަރީގައި ހަލަވެލި އަދި ވަރުކަނދު ހައުސް ބައްދަލު ކުރި ފުޓްސަލް މެޗް 4-1 ން ވަރުކަނދު ހައުސް ވަނީ ކާމިޔާބު ކޮށްފައެވެ. މިމެޗްގައި ވަރުކަނދު ހައުސްގެ ޓީމުން ގޯލްތައް ޖަހާފައިވަނީ އަހުސަން (3) އަދި ޒިޔާން (1) އެވެ. ހަލަވެލި ހައުސްއިން ގޯލްޖަހާފައިވަނީ، ވިޝާމްއެވެ. 

މިމެޗްގެ މޭން އޮފްދަ މެޗްގެ މަޤާމް ހޯދާފައިވަނީ، ވަރުކަނދު ހައުސްގެ އަހުސަން އަޙުމަދު ރަޝީދެވެ. އަހުސަން ވަނީ މިމެޗްގައި 3 ގޯލްޖަހާ ހެޓްރިކް ހަދާފައެވެ. 

މިފެސްޓިވަލްގައި ހިމެނޭ ނެޓްބޯޅަ މުބާރާތުގެ މެޗެއްވެސް މިއަދުވަނީ ކުޅެފައެވެ. މި މެޗްގައި ވާދަކުރީވެސް ހަމަ މި 2 ހައުސްއެވެ. މިމެޗް 14 - 11 ން ކާމިޔާބު ކޮށްފައިވަނީ، ވަރުކަނދު ހައުސްއެވެ. މިމެޗްގެ ކްއީން އޮފް ދަ މެޗްގެ މަޤާމް ހޯދާފައިވަނީ ނަފްހާ ނަސީމްއެވެ. 

މިފެސްޓިވަލްގައި ހިމެނޭ 2 މުބާރާތުގެވެސް ފައިނަލް މެޗް މާދަމާ އޮންނާނެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ