މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިސްމާޢީލް ޝަފީޢު

ފައިނު ސްކޫލް ސްޕޯޓްސް ފެސްޓިވަލް - 2 މުބާރާތުގެވެސް ޗެމްޕިއަން ވަރުކަނދު

ފައިނު ސްކޫލް ސްޕޯޓްސް ފެސްޓިވަލްގައި ހިމެނޭ ފުޓްސަލް މުބާރާތާއި ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވަރުކަނދު ހައުސް ހޯދައިފިއެވެ.

މިއަދު ކުޅުނު މި ދެ މުބާރާތުގެ ތެރެއިން ނެޓްބޯޅަ މުބާރާތުގެ ފައިނަލްގައި ބައްދަލުކުރީ، ބެރެބެދި އައި ވަރުކަނދު ހައުސްގެ ޓީމެވެ. މިމެޗް 14 – 8  ން ކާމިޔާބު ކޮށްފައިވަނީ ވަރުކަނދު ހައުސްއެވެ. މިމެޗްގެ ކްއީން އޮފްދަ މެޗްގެ މަޤާމް ހޯދާފައިވަނީ ވަރުކަނދު ހައުސްގެ ނަފްހާ ނަސީމްއެވެ. 
ޗެމްޕިއަން ވަރުކަނދު - ފޮޓޯ: އިސްމާޢީލް ޝަފީޢު
ފުޓްސަލް މުބާރާތުގެ ފައިނަލް މެޗްގައި މިއަދު ބައްދަލުކުރީ ހަލަވެލި އަދި ވަރުކަނދު ހައުސްގެ ޓީމެވެ. މިމެޗް 4 – 1 ން ކާމިޔާބު ކޮށްފައިވަނީ ވަރުކަނދު ހައުސްއެވެ.
މުބާރާތުގެ ފުޓްސަލް ކިންގް އަޙުސަން - ފޮޓޯ: އިސްމާޢީލް ޝަފީޢު
މިއަދު ހަވީރު ކުޅުނު މިމެޗަށްފަހު މިފެސްޓިވަލްގައި ހިމެނޭ ދެމުބާރާތުގެ ވަނަވަނައަށް އައި ފަރާތްތަކަށް ޓްރޮފީއާއި މެޑަލް އަދި ހަނދާނީ ލިޔުންވަނީ ހަވާލުކޮށްފައެވެ. 

ނެޓްބޯޅަ މުބާރާތުގެ ޓޮޕް ސްކޯރަރގެ މަޤާމް ހޯދާފައިވަނީ ވަރުކަނދު ހައުސްގެ އައިޝަތު ޝާނީއެވެ. އަދި އެންމެ މޮޅު 7 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ، ނަފްހާ ނަސީމް، އައިޝަތު ޝާނީ، މަރިޔަމް ސަވާ ޢަލީ، ނަޖުލާ ޢަލީ، ޖެނިފާ، ރިޒްނާ ޢަބްދުއް ރަހީމް، ޝިފްނާ ޢަބްދުއް ރަޝީދުއެވެ. މިމުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޝިހާމާއެވެ. 
މުބާރާތުގެ ކްއީން ނަފްހާ ނަސީމް - ފޮޓޯ: އިސްމާޢީލް ޝަފީޢު
ފުޓްސަލް މުބާރާތުގެ ޓޮޕް ސްކޯރަރގެ މަޤާމް ހޯދާފައިވަނީ ވަރުކަނދު ހައުސްގެ އަޙުސަން އަޙުމަދު ރަޝީދެވެ. އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ، އަހުސަން، ސިނާހް، ޝާފިޢު، ނަޖާޙް އަދި ޝިޒާންއެވެ. 

މިމުބާރާތުގެ ކިންގްގެ މަޤާމް ހޯދާފައިވަނީ ވަރުކަނދު ހައުސްގެ އަޙުސަންއެވެ. އަދި މުބާރާތުގެ އެންމެމޮޅު ކޯޗްގެ މަޤާމް ހޯދާފައިވަނީ އަޙުމަދު ރަޝިދެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ