މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިސްމާޢީލް ޝަފީޢު

ކައުންސިލުން ގަސްކާނާ ގަނޑުކޮަށް ގެނެސްދިނުން - ދަނޑުވެެރިންނަށް ބޮޑު ލުޔެއް

ފައިނުގެ ދަނޑުވެރިންނަށް ބޭނުންވާ ގަސްކާނާއާއި ބޭސް ގަނޑުކޮށް ގެނެސް ދަނޑުވެރިންނަށް ފޯރުކޮށްދިނުމުގެ މަސައްކަތަކީ ދަނޑުވެރިކަން ކުރުމަށް ދަނޑުވެރިންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ކައުންސިލުން ދޭ ޚިދުމަތްތަކުގެ ތެރެއިން ޚިދުމަތެވެ.

އެގޮތުން، އިއްޔެވަނީ ގިނަ ޢަދަދެއްގެ ގަސްކާނާއާއި ބޭސް ގެނެސް ދަނޑުވެެރިންނަށް ދޫކުރުމުގެ މަސައްކަތް ކައުންސިލުން ކޮށްފައެވެ. ދަނޑުވެރިންނަށް ބޭނުންވާ ގަސްކާނާ ކައުންސިލުން ގެނެސް ފޯރުކޮށްދެމުން ގެންދަނީ އެކަމަށް އެދި ދަނޑުވެރިން ފޯމަކުން ހުށަހެޅުމުންނެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ފާއިތުވި އަހަރުތަކުގައިވެސް ގަސްކާނާއާއި ބޭސް ފޯރުކޮަށްދީފައިވަނީ، ބާޒާރުގައި އެތަކެތި ލިބެން ހުންނަ އަގަށްވުރެ ވަރަށް ބޮޑުތަން ހެޔޮކޮށެވެ. މިގޮތަށް ކާނާއާއި ބޭސް ފަނޑުކޮށް ގަތުމުން, ބާޒާރުގެ އަގުތަކަށްވުރެ 20% އާއި 30% އާއި ދެމެދުގައި އަގުހެޔޮ ވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. 
ގަސްކާނާ އާއި ބޭސް ދަނޑުވެރިންނަށް ދޫކުރަނީ - ފޮޓޯ: އިސްމާޢީލް ޝަފީޢު
ދަނޑުވެރިންނަށް ފޯރުކޮށްދޭ ކާނާއާއި ބޭހުގެ އަގު ޢަދާ ކުރުމަށް އެފަރާތްތަކަށް 3 މަސް ދުވަހުގެ މުއްދަތެއް ކައުންސިލުން ދެއްވައެވެ. އެހެންކަމުން، ކާނާއާއި ބޭސް ހޯދަން ދަތިވެ ދަނޑު ނުހެއްދި ތިބެން ނުޖެހޭކަން ދަނޑުވެރިން ފާހަގަކުރެއެވެ. އެހެންކަމުން، މިޚިދުމަތަކި ދަނޑުވެރިން ވަރަށް ބޮޑަށް ބަލައިގެންފައިވާ ޚިދުމަތެކެވެ. 

ފާއިތުވި 3 އަހަރުވެސް ކައުންސިލުން ވަނީ ފައިނުގެ ދަނޑުވެރިންނަށް ގަސްކާނާއާއި ބޭސް ފޯރުކޮށްދީފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

7 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ދަނޑުވެރިޔާ 4 years ago

ވޯޓަށް ޖަހާލި މަޅިއެއް

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އަލީ 4 years ago

ތޮއްޑޫ މީހުންނަށް ނުކެރޭ ދޯ މިވަރުކޮށްލަންވެސް

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ނަދީމް 4 years ago

ކަލޭމެން ބުނާނެ ކައުންސިލުން ކަމެއް ނުކޮށްދެއޭ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ނަން 4 years ago

ސަޅިކަމެއް

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

މާލޭ މީހާ 4 years ago

ވވަރަށް ބަރާބަރު ކައުންސިލެއް ދޯ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޕަލް 4 years ago

ކިހާވަރެއްގެ ފައިދާ އެއް ލިބޭބާ

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ