މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވިއެޓްނާމުން ކޮރޯނާ ވައިރަހަށް ފަރުވާއެއް ހޯދީތަ؟

މިހާރު ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ނުރައްކާތެރި ނޮވެލް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ޖެހުނު ވިއެޓުނާމުގެ 16 ބަލި މީހުންވެސް ހާލަތު ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮއްލައިފިއެވެ.

އެގައުމުން މައުލޫމާތު ދީފައިވާ ގޮތުގައި ކޮރޯނާ ވައިރަސް ޖެހުނު އެގައުމުގެ އެންމެން ވެސް މިހާރު ވަނީ ރަނގަޅު ވެފައެވެ.  ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ މި ވައިރަހުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި މިއަދާ ހަމައަށް 2924 މީހުން ވަނީ މަރުވެފައެވެ. އެހެންނަމަވެސް ވިއެޓްނާމުގައި  މި ފެބުރުއަރީ މަހުގެ 14ގެ ފަހުން ކޮވިޑް 19 ގެ އިތުރު ކޭހެއް ނުފެންނަ ކަމަށް އެގައުމުން ވަނީ ހާމަ ކޮއްފައެވެ. މިބަލިން ސަލާމަތްވި މީހުންގެ ތެރޭގައި އުމުރުން 73 އަހަރުގެ މީހެއްވެސް ހިމެނެއެވެ. މިވެރިން މިބައްޔަށް ހޯދީ އަނެއްކާ ކޮން ފަރުވާއެއް ބާ؟ 

ވިއެޓުނާމުގެ ހެލްތު މިނިސްޓަރު ވިދާޅުވެފައި ވަނީ، ކޮވިޑް 19 އަކީ ހަނގުރާމަ އެއްކަމުގައި ވާނަމަ ފުރަތަމަ ރައުންޑުން މޮޅުވެއްޖެ ކަމަށާއި ނަމަވެސް މުޅި ހަނގުރާމަ އިން އަދި ނަސްރު ނުލިބޭ ކަމަށެވެ. މިކަމާއި ގުޅިގެން ވޯލްޑް ހެލްތު އޮގަނައިޒޭޝަނުން ވަނީ ވިއެޓްނާމުގެ ސަރުކާރަށް ތައުރީފު ކޮއްފައެވެ. ޑަބްލިއު އެޗް އޯ އިން ބުނެފައި ވަނީ މި ވައިރަސް ވިއެޓުނާމުގައި ކޮންޓްރޯލް ކުރެވުނީ އެގައުމުގެ ސަރުކާރުން އެކަމަށް ދިން އަވަސް އަދި ހިކުމަތްތެރި ރައްދުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް އެގައުމުގެ ޑެޕިއުޓި މިނިސްޓަރ އޮފް ހެލްތު، ވިދާޅުވެފައި ވަނީ މިބަޔަށް އަދިވެސް ފަރުވާ އެށް ހޯދިފައި ނުވާކަމަށެވެ. 

މިހާރު އުފެދޭ ސުވާލަކީ އެ 16 ބަލިމީހުން ރަނގަޅުވީ ކޮން ފަރުވާ އަކުން ތޯއެވެ؟ 
އާދެ އެގައުމުން މައުލޫމާތު ދީފައިވާ ގޮތުގައި ކޮވިޑް 19 އިން ސަލާމަތް ވި 16 ބަލިމީހުންވެސް ސަލާމަތް ވީ ދާދި އެއް ފަރުވާ އަކުންނެވެ. އެގޮތުން އެންމެ ފުރަތަމަ ހަމަ ހުންއައިސްގެން ބަލިވުމުން ދޭ ފަދަ ފަރުވާ ދެއެވެ. އަދި އެއަށް ފަހު ސާފު ސީދާ ސިއްހީ ޑައިޓެއްގެ މަތިން ކެއުމުގެ ކަންކަން ބަލަހައްޓައެވެ. އަދި ގާތުން އޮކްސިޖަން ސަޗުރޭޝަން މިންވަރު ސަމާލު ކަމާއިއެކު ބަލައެވެ. ނަމަވެސް މިއީ ސީދާ ފަރުވާ އެއް ނޫނެވެ. 

މިބަލީގެ ނުރައްކާތެރިކަން ބޮޑު ވުމާއި ގުޅިގެން، އެންމެންވެސް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަކީ ކޮންމެ ހެން ކުރަން ޖެހޭނެ ކަމެކެވެ. އަދި ވަކިން ހާއްސަ ގޮތެއްގައި ރާއްޖެ ފަދަ އެކި ގައުމު ތަކުން ފަތުރުވެރިން އައިސް ގޮސް ހަދާ ގައުމެއްގައި މިބަލި ފެތުރުމުގެ ނުރައްކާ ވަރަށް ބޮޑެވެ. އެހެންކަމުން އެންމެހާ ދިވެހިންވެސް މިކަމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅާ ސިއްހީ މިންގަޑު ތައް ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދިއުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. މާތް ﷲ ނުރައްކާތެރި ކޮރޯނާ ވައިރަސް އަށް ޝިފާ އެއް މިންވަރު ކުރައްވާ އަޅަމެންގެ ކުޑަ ކުޑަ ރާއްޖެ ރައްކާތެރި ކުރައްވާ އެންމެހާ މުސްލިމު އަޚުންނާއި އުޚުތުންނަށް ރައްކާތެރި ކުރައްވާށި. އާމިން.

މިލިޔުން ކިޔާލުމުން

33%
އުފާވި
67%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ