މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ނޫސްވެރިންނަށް މިއަދު މިވަނީ ފުރިހަމަ މިނިވަންކަން ލިބިފައި – މުޙައްމަދު ވަހީދު

މިއަދު ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ލިބިއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

މުޙައްމަދު ވަޙީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މީގެ ދޮޅުއަހަރު ކުރިން ނޫސްވެރިކަމުގެ މިނިވަންކަމެއް ނެތްތަނުގައި، ނޫސްވެރިންނަށް ފާޅުގައި ހުރަސްއަޅައި، އަނިޔާކޮށް، ރެކޯޑް އަދަދަކަށް ދިވެހި ނޫސްވެރިން ހައްޔަރު ކުރި ކަމަށެވެ. އަދި މިއަދު އިރާދަކުރެއްވިއްޔާ އެކަން މާޒީއަށްވެ، ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ލިބިއްޖެކަމަށް ވިދާޅުވެފައިވެއެވެ. 

މީގެ އިތުރުން، ޤައުމަށް އަންނަ އެންމެ ނާޒުކު ޙާލަތްތަކުގައި އޭގެ ނަހަމަ އެޑްވާންޓޭޖް ނަގައި، ދޮގާ މަކަރާ ފިތުނަފަސާދައާއި ބިރުވެރިކަން ފެތުރުންކަމުގައި "މިނިވަން ނޫސްވެރިކަން" ނުހެދުމަށް ގޮވާލައްވާފައިވެއެވެ. 

ރާއްޖެއިންވެސް މިހާރު ފެނިފައިވާ ކޯވިޑް19 އާއި ގުޅޭގޮތުން އެކި މީޑިއާތަކުން ޙަޤީގަތް އޮޅޭގޮތަށް މަޢުލޫމާތު ފަތުރާކަމަށާއި އެކަންކަން އެގޮތަށް ނުކުރުމަށް ސަރުކާރުންވެސްވަނީ ތަކުރާރުކޮށް އެދިފައެވެ.

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ