މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ކޯވިޑް 19 އާއި ގުޅިގެން ރޮނާލްޑޯގެ އަސަރުގަދަ މެސެޖެއް!

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ވަބާ ކޯވިޑް 19 އާއި ގުޅިގެން ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ އަސަރު ގަދަ މެސެޖެއް އާންމު ކޮށްފިއެވެ.

މި މެސެޖުގައި ރޮނާލްޑޯ ވަނީ، މި ނުރައްކާތެރި ވަބާ އާއި ގުޅިގެން، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ އިން ދޭ އިރުޝާދު ތަކަށް ފުރިހަމައަށް ޢަމަލު ކުރުމަށް ގޮވާލާފައެވެ. ޔުވެންޓަސްއަށް ކުޅޭ ޑިފެންޑަރު ޑެނިއަލޭ ރުގާނީ، މި ވައިރަހަށް ޕޮޒިޓިވް ވުމާއި ގުޅިގެން ރޮނާލްޑޯވެސް އަދި މުޅި ޔުވެންޓަސްގެ ޓީމުވެސް ވަނީ އެކަހެރި ކުރެވިފައެވެ. ނަމަވެސް ރޮނާލްޑޯ އާއި އޭނާގެ އާއިލާގެ މީހެއްގެ ފަރާތުން ވެސް ވައިރަހުގެ  އަލާމާތެއް ނުފެނެއެވެ. 

ކޮރޯނާ ވައިރަހާއި ގުޅިގެން، ދުނިޔޭގެ ފޯރިގަދަ ފުޓުބޯޅަ ލީގުތައް  ވަނީ ވަގުތީ ގޮތުން މެދު ކަނޑާލާފައެވެ. މިވައިރަހާ ގުޅިގެން ރޮނާލްޑޯ ބުނެފައި ވަނީ " އަހަރެން މި ވާހަކަ ދައްކަނީ ފުޓުބޯޅަ ކުޅުންތެރިޔެއްގެ ހައިސިއްޔަތަކުން ނޫން، ދަރިއެއް، ބައްޕައެއް އަދި ފަހުގެ ކުރިއެރުންތަކާއި ގުޅިގެން ދުނިޔެއަށް ވަމުންދާ ގޮތާއި މެދު ކަންބޮޑުވާ އާދައިގެ މީހެއްގެ ހައިސިއްޔަތުން.  އެންމެ މުހިންމު ކަމަކަށް ވާން ޖެހޭނީ އިންސާނީ ނަސްލުގެ ރައްކާތެރިކަން ކަށަވަރުކުރުން." 
އަދި މީގެ އިތުރުން އޭނާ ބުނެފައި ވަނީ، މިވަބާއާއި ގުޅިގެން، ގާތްތިމާގެ މީހުން މަރުވެފައި ވާ އެންމެނަށް އޭނާގެ ހިތުގެ ފުންމިނުން ތައުޒިޔާ ކިޔާ ކަމަށެވެ. އަދި ހުއްޓުމެއް ނެތި އެހެން އިންސާނުންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިންނަށް، އޭނާގެ ސަޕޯޓް އަބަދުވެސް އޮތް ކަމަށެވެ. 

މިވަބާއާއި ގުޅިގެން މިހާތަނަށް މަޝްހޫރު ބޮޑު 4 ފުޓުބޯޅަ ޓީމެއްގެ ހުރިހާ އެންމެން ވަނީ އެކަހެރި ކުރެވިފައެވެ. އެގޮތުން، އާސެނަލްގެ މެނޭޖަރ މިކެލް އާޓެޓާ މިވައިރަހަށް ޕޮޒިޓިވް ވުމާއި ގުޅިގެން އާސެނަލްގެ ޓީމުވެސް އަދި މީގެ އިތުރުން، ބާސްކެޓް ބޯލް ޓީމުގެ ކުޅުންތެރިއަކުވެސް ވައިރަހަށް ޕޮސިޒިޓިވް ވުމާއި ގުޅިގެން ރެއާލް މެޑްރިޑްގެ މުޅި ޓީމުވެސް ވަނީ އެކަހެރި ކުރެވިފައެވެ. މީގެ އިތުރުން، ޗެލްސީގެ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ ހަޑްސަން އޮޑޯއީވެސް މިވައިރަހަށް ވަނީ ޕޮސިޓިވްވެފައެވެ. މިކަމާއި ގުޅިގެން އެ ޓީމުވެސް ވަނީ އެކަހެރި ކުރެވިފައެވެ.

ދުނިޔޭގެ ނަން މައްޝޫރު ފުޓުބޯޅަ ލީގުތައްވެސް ވަނީ ވަގުތީ ގޮތުން މެދު ކަނޑާލާފައެވެ.  އެހެންކަމުން، ހުރިހާ ރައްޔިތުން ވެސް، ޞިއްޙީ ހުރިހާ އިރުޝާދު ތަކަކަށް ތަބާވެ ފަރުދީ ޒިންމާ ޢަދާކުރުމަކީ ކޮންމެހެން މި ދަނޑިވަޅު ކުރަން ޖެހިފައިވާ ކަމެކެވެ. މާތް ﷲ ގެ ތަނަވަސް ރަޙްމަތުން މިވަބާއިން، މުޅި ދުނިގެ ސަލާމަތް ވާނެއެވެ. އިންޝާ ﷲ!

މިލިޔުން ކިޔާލުމުން

33%
އުފާވި
33%
ދެރަވި
17%
ހިނިއައި
17%
ރުޅިއައި

7 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ލޮލް 4 years ago

މެސީ ނަމަދޯ.

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

މެސީ 4 years ago

އަހަރެން ނަމަ؟

ލޮލް 4 years ago

ޔޫ ނަަމަ އައި ވަރަށް ހެޕީވީހޭ.

މެސީ 4 years ago

އޯކޭ ފޭންސް، ލަވް ޔޫ އޯލް.

ލޮލް 4 years ago

ދެންން ޔޫ!!🤭 އައި ޝައިވެއްޖެ!

ރަނގަޅުގޮތް 4 years ago

ކޯވިޑް 19 އެއްނޫން ކޯވިޑް19. ސްޕޭސްއެއް ނީންނާނެ.

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ނުބައިގޮތް 4 years ago

ހަމަ އެކައްޗެއްނު

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ