މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
އަލިބާބާގެ ފައުންޑަރ ޖެކް މާ

ކޮވިޑް19 އާއި ގުޅޭ ޕްލެޓްފޯމެއް އަލިބާބާއިން އިފްތިތާޙްކޮށްފި

މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް19 އާއި ގުޅިގެން، އެބަލިން ރައްކާތެރި ވުމަށްޓަކައި ކުރާ މަސައްކަތްތަކާއި ހިޔާލާއި މަޝްވަރާ ޙިއްސާ ކުރުމަށް އޮންލައިން ޕްލެޓްފޯމެއް އަލިބާބާއިން އިފްތިތާޙް ކޮށްފިއެވެ.

އަލިބާބާގެ ފައުންޑަރ ޖެކް މާ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޑޮކްޓަރުންނާއި ނަރުހުން، އެމީހުންގެ ހިޔާލުތަކާއި ތަޖުރިބާތަކާއި އަދި ކޮވިޑް19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ބަދަލު ކުރުމަށް އޮންލައިން ޕްލެޓްފޯމެއް ޤާއިމް ކުރެވިފައިވާ ކަމަށެވެ. އަދި މިޕްލެޓްފޯމް މެދުވެރިކޮށް ދުނިޔޭގެ ހޮސްޕިޓަލްތަކުން ޗައިނާގެ ހޮސްޕިޓަލްތަކާއި ގުޅިގެން މިމަސައްކަތް ކުރުމަށް ޖެކް މާ ވަނީ ގޮވާލާ އެކަމަށް މަރުހަބާ ކިޔާފައެވެ. 
ކޮވިޑް19 މިވައިރަސް އެންމެ ފުރަތަމަ ފެނުނު ޤައުމު ކަމަށްވާ ޗައިނާއަށް ނިސްބަތްވާ އަލިބާބާއިން ފާއިތުވި ހަފްތާގައި ވަނީ، ރާއްޖެ ހިމެނޭގޮތަށް އޭޝިޔާގެ ޖުމުލަ 10 ޤައުމަކަށް ޞިއްޙީ ކަމާއި ގުޅޭ އާލާތްތައް ހަދިޔާ ކުރަން ނިންމާ އެކަން އިޢުލާން ކޮށްފައިކަންވެސް ފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ