މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ސަން

އަމިއްލަ އަތުން ތިބާގެ ލޯބިވާ ޤައުމު ނުރައްކަލަށް ނުލާ!

ޤައުމު ނުދެކޭހާ ބޮޑު ނުރައްކަލަކާ މިއަދު މިވަނި ކުރިމަތިލާންޖެހިފައެވެ. ދުނިޔެ ހައިރާންކޮށް ސިއްސުވާލައި އެހާ ހަލުއިމިނުގައި ފެތުރިފައިމިވާ ބޮޑު ބަލިމަޑުކަމުގެ އަސަރު ދިވެހި ރާއްޖެއަށްވެސް މިވަނީ ކޮށްފައެވެ.

އާދެ، ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ ދުނިޔޭގެ އެންމެ ބޮޑު އާބާދިކަމަށްވާ ޗައިނާގެ ވޫހާން ސިޓީންނެވެ. މިހާ ހަލުއި ބާރުމިނުގައި އަދި އެހާ ފަސޭހައިން ފެތުރޭ މި ވައިރަސް ރާއްޖެއިން ވެސް މިވަނީ ފެނިފައެވެ. އަދި ދިވެއްސަކު މި ވަރިސްއަށް ފައްސިވެއްޖެއެވެ. މިހާތަނަށް މި ވައިރަސް އަށް ވެކްސިނެއްވެސް އުފެއްދިފައި ނުވާއިރު ފަރުވާއެއް ހޯދަން ނަގާނެ މުއްދަތެއްވެސް އެނގިފައެއްނެތެވެ. 

ޞިއްޙީ ދާއިރާގެ ޤާބިލްކަން ކުޑަ އެހެނިހެން ގޮތްގޮތުންވެސް ނިކަމެތި ދިވެހި ރާއްޖެ ފުރަތަމަ ފަހަރަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްބޮޑެތި ބަދަލުތަކަކާއި ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެއްޖެއެވެ. ސްކޫލްތަކާއި ކޮލެޖްތައް އަދި މިސްކިތްތައްވެސް ބަންދު ކޮށްފިއެވެ. ދަރިވަރުންނަށް ސްކޫލަށް ދެވޭނެ ދުވަހެއް ނޭންގެއެވެ. ބައެއް ސަރަޙައްދުތަކުގައި ޖަމާއަތުގައި ނަމާދު ކޮށްލެވޭނެ ދުވަހެއްނޭންގެއެވެ. 

ހަމަ އެކަނި މިވަގުތު ތައްކަތުވާނެ ހަމަ އެކަނި ފަރުވާ އަކީވެސް ބޭރުތެރޭގިނައިން ނޫޅެ ގޭގައި މަޑުކޮށް ގިނައިން އަތްދޮވެ ސާފްތާހިރުވުމެވެ. މީހުން އެއްވާތަންތަނަށް ނުދާން ތަކުރާރުކޮށް ބުނަމުންދާއިރުވެސް ގިނަބަޔަކު އަދިވެސް ގިނަވަގުތު ބޭރުތެރޭގައި އެއްވެ އުޅޭކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ.

ފަރުދީ ޒިންމާ އަދާނުކުރެވޭނަމަ މި ބަލިމަޑުކަމުން ސަލާމަތް ވުމަކީ އުނދަގު ކަމެކެވެ. ސޯޝިއަލް މީޑިއާގައި ޕޯސްޓެއް ލިޔުމަކުން ނުވަތަ ޝެއާ ކުރުމަކުން އަދި ފަރުދީ ޒިންމާ އަދާ ކުރެވުނީއެއް ނޫނެވެ. މި ޤައުމު މި ބަލިމަޑުކަމުން ސަލާމަތް ކުރެވޭނީ ދިވެހި ރައްޔިތުންގެ އެއްބާރުލުމާއި އެކުއެވެ. 

ދުނިޔޭގެ އެންމެ ބޮޑު އާބާދީ ކަމަށްވާ ޗައިނާގެ ވޫހާން ސިޓީގައި މިވައިރަސް އެކަށް ފެތުރިފައިވާއިރު 4 ލައްކަ ކިރިޔާ ހަމާ މި ދިވެހި ރާއްޖޭގައި މި ވައިރަސް ފެތުރިއްޖެ ނަމަ މިޤައުމު އޮންނާނެ ޙާލަތާމެދު ފިކުރުކޮށް ފަރުދީޒިންމާ އާދާކުރާށެވެ. ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ބޯލަނބާށެވެ. ދިވެހިންނަކީ، މިފަދަ ދަނޑިވަޅުތަކުގައި ކިޔަމަންތެރިކަން ދައްކާ އެކުވެރިކަމާއި ބަދަހިކަމާއިއެކު މިފަދަ ދަތި ޙާލަތްތަކުން އަރައިގަތް ބައެކެވެ. އަދިވެސް އިންޝާ ﷲ ދިވެހިންނަށް މިކަމުން އަރައިގަނެވޭނެއެވެ.

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

3 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޖަޒޫ 4 years ago

ވަރަށް އިބުރަތްތެރި ލިޔުމެއް.. މާޝާ ﷲ....

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ފޭންއެއް 4 years ago

ވަގުތު ނޫހުގެ ތަޖުރިބާ ހުންނާނެ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ފޭން 4 years ago

ސާބަހޭ ޝާހީން، މިކަހަލަ ގިނަ ލިއުންތަކެއް ފެންނާނެ ކަމަށް އުންމީދު ކުރަން

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ