މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފައްޔާޒްމޫސާ / އިންޓަރނެޓް

އަދިވެސް ކައިވެނި ކުރާކަށް ނުވިސްނަންތަ؟

ތިބާގެ އުމުރުން ކިހާ ވަރެއް ހެއްޔެވެ؟ ދިރިއުޅުމުގެ މިހާ ހިސާބަށް އައި އިރު ކިތައް ކުދިންނާއި ރައްޓެހިވެއްޖައިން ހެއްޔެވެ؟ ކިތައް ކުދިންނާއި އެކު "ޑޭޓް" ކޮށްފިންހެއްޔެވެ؟ އަދިވެސް މީހަކާ އިންނާކަށް ނުވޭ ހެއްޔެވެ؟ މި ސުވާލުތައް ތިބާގެ އަމިއްލަ ނަފްސާ ކޮށްލަބަލާށެވެ. ދެނީ ކޮން ޖަވާބެއްތޯ ބަލާލަން ވަގުތުކޮޅަކަށް ހިމޭންވެލާށެވެ.

ޣައިރު މުސްލިނުންގެ އާދަތައް އަހަރެމެންގެ ސައްތަ އިން ސައްތަ އިސްލާމީ ގައުމުގައި މިވަނީ ވަރަށް ބޮޑަށް އަށަގަނެފައެވެ. އެގޮތުން ހަޔާތުގެ ބައިވެރިއެއް ހޯދުމަށް ކުއްޖަކާއި ރައްޓެހިވުމުގެ އާދަ ވަނީ އަހަރެމެންގެ ތެރޭގައި ދެވި ހިފާފައެވެ. ކައިވެނި ކުރުމުގެ ނިޔަތުގާ ނޫނަސް ކުއްޖަކާއި ރައްޓެހިވުމަކީ ލާޒިމް ކަމެކޭ މިހާރު އަހަރެމެންނަށް މިވަނީ ވިސްނިފައެވެ. ގިނަ ކުދިންނާއި ރައްޓެހިވުމަކީ ސަޅި "ކޫލް" ކަމަކަށް ވަނީ ވެފައެވެ. 

ނަމަވެސް މީ އަހަރެމެންގެ ދީނުގައި މިކަން އޮތް ގޮތްތޯއެވެ؟ މިއީ  އަހަރެމެންގެ ރަސޫލާ ﷺ އުނގަންނަވާއި ދެއްވި ގޮތެއް ނޫނެވެ. ދެން އަހަރެމެން މިގޮތައް އުޅެންވީ ސަބަބަކީ ކޮބާތޯއެވެ؟ އަހަރެމެންގެ ދީނުގައި ވަނީ ކައިވެނި ކުރުމުގެ ކުރިން މިފަދަ ގޮތަކަށް ރައްޓެހިވެގެން އުޅުން މަނާ ކުރައްވާފައެވެ. އަހަރެމެންގެ ދީނުގައި  މިކަންކަން މިގޮތަށް ނިންމަވާފައިވާނީ ވަރަށްވެސް ބޮޑު ހިކުމަތަކަށްޓަކައެވެ. 

ހަޤީގަތުގައި އިސްލާމްދީން އަންގަވާފައިވާ ގޮތަށް ޝަރުޢީ އިމުގެ ތެރެއިން ކުރާ ކައިވެނިތަކުގައި މާތް ﷲ ބަރަކާތް ލައްވާނެއެވެ. އެފަދަ ޒަވާޖީ ހަޔާތްތައް ކާމިޔާބުވެފައި މާއުޖާލާވާނެކަން ޔަޤީނެވެ. 

ނަމަވެސް އަހަރެމެންގެ އީމާންތެރިކަން ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ފާހިޝް ޢަމަލުތައް ދަނީ އިތުރުވަމުންނެވެ. ޝަހުވާނީ އެދުންތަކުން  ތިމާއަށް ތިމާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވޭ ކަމުގައި ވާނަމަ އުމުރުގެ ކުރީ ކޮޅުގައިވި ކަމުގައިވިޔަސް ކައިވެނި ކުރުމުގެ ކުޅަދާނަކަން ލިބިފައިވާނަމަ އަވަހަށް ލަސްނުކޮށް ރަނގަޅު ބައިވެރިޔަކު އިޙްތިޔާރު ކުރުމަށްފަހު ކައިވެނިކުރާށެވެ. އަދި އުފާވެރި ދިރިއުޅުމެއް އުޅުމަށް ދެބައިވެރިން އެކުގައި މަސައްކަތް ކުރާށެވެ. 

މިލިޔުން ކިޔާލުމުން

40%
އުފާވި
30%
ދެރަވި
10%
ހިނިއައި
20%
ރުޅިއައި

13 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އޭނަ 4 years ago

ވަރަށް ކާމިޔާބު ނޫހެއް.... މާޝާ ﷲ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ފައިނު 4 years ago

އަދި އަވަސްކަމުން

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ތާހިރުއަލީ 4 years ago

ދިވެހި އަންހެނުންނަށް ކަމުދަނީ ބޯދިގުކޮށްގެން ތިބޭ ފަތްބޯ ފިރިހެނުން. އަހަންނަކީ އޭގެ މީހަކަށް ނުވީމަ އިންނާނެ މީހަކުނުވޭ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޢަލީ 4 years ago

ތީ ތެދެއް

ފަޒޫ 4 years ago

އަސްލު ވަރަށް އިންޓެރެސްޓިން 😍😍😍

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އެކުވެރިޔާ 4 years ago

މުޖުތަމަޢުގެ ހާލަތު 😭😭😭

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހަހަ 4 years ago

ހާދަ ހީވޭ މީހަކަށް ގަޅިއުކާފާހެން ހަހަ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ކުޑޭ 4 years ago

ރައްދުވާ މީހާ މި އެނގުނީ

އަލި 4 years ago

މީހަކާ އިނދެގެން މިއުޅެނީ.. ނޮޓް ރިލެޓިވް

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޙެޔޮ ދުޢާ 4 years ago

އޭގާ މުހިއްމީ ތިމާ ކައިވެނި ކޮއްގެން ހުރިތޯ ބެލުމެއް ނޫން.... މުޖުތަނައު ވިސްނަންވީ..މީހަކާ އިނދެގެން ލިބޭ ދަރި ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރަން ވީ.....

އެކުވެރިޔާ 4 years ago

ތީ ތެދު ވާހަކަ އެއް

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޕަސް 4 years ago

މީހަކާ އިންނަނ ވީ ދޯ ހަހަަހހަ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޕަސް 4 years ago

ޕަކާސް ޕަސް

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ