މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ޑރ. ޝަހީމް ފެއްޓެވި ޗެލެންޖްގައި ބައިވެރިވާންވީނު!

ކޮވިޑް19 އާއި ގުޅިގެން ގިނަބަޔަކު ގޭގައި މަޑުކޮށްގެން ތިބޭއިރު މީސްމީޑިޔާގެ ތެރޭގައި އެކިކަހަލަ ގޭމްތައް ކުޅުމާއި ޗެލެންޖުތައް އަންނަނީ ކުރަމުންނެވެ. އޭގެތެރެއިންވެސް އެންމެ ތަފާތު އަދި މިހާރު މުޅި މީސްމީޑިޔާވެސް ގުގުމާލާފައި މިވަނީ، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ފެއްޓެވި ޗެލެންޖެވެ.

އާދެ، ޝެއިޙް ފެއްޓެވީ، ކީރިތި ޤުރުއާން ކިޔެވުމުގެ ޗެލެންޖެކެވެ. އަދި ޤުރުއާން ހަތިމް ކުރުމުގެ މަސައްކަތެވެ. ފޭސްބޫކް މެދުވެރިކޮށް މި ޗެލެންޖް އިޢުލާން ކުރެއްވުމާއިއެކު އެތައްބައެއްގެ ތަރުހީބު މިވަނީ މިކަމަށް ލިބިފައެވެ. އޭގެތެރޭގައި ލޯބިލޯބި ތުއްތު ކުދިންގެ އިތުރުން، ޒުވާނުންނާއި މެދު އުމުރުފުރައިގެ މީހުންނާއި ދެޖިންސް ހިމެނޭގޮތަށް ގިނަބަޔަކު މިވަނީ މި ޗެލެންޖްގައި ޝާމިލްވެފައެވެ. ޚާއްޞަކޮށް ސިޔާސީ ބޭފުޅުންނާއި ބައެއް މަޝްހޫރު އެހެނިހެން ފަރާތްތަކުންވެސް ގެންދަނީ މިޗެލެންޖުގައި ބައިވެރިވަމުންނެވެ. 

އޭގެތެރެއިންވެސް އެންމެ ފާހަގަކޮަށްލެެވެނީ، މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކްވެސް މިޗެލެންޖްގައި ބައިވެރިވެލައްވާފައިވުމެވެ. މުފްތީގެ ކިޔަވާ ވިދާޅުވުން ޑރ. ޝަހީމްގެ ފޭސްބޫކް ޕޭޖްގައި އާންމުކުރައްވާފައިވެއެވެ. 

މިޗެލެންޖްގެ އިތުރުން ކޮންމެ ދުވަހަކުވެސް ދީނީ ފިލާވަޅުތައް ހިމެނޭ ދަރުސްތައް ފޭސްބޫކް ލައިވް މެދުވެރިކޮށް އެމަނިކުފާނު ގެންދަވަނީ ޙިއްސާ ކުރައްވަމުންނެވެ. 

ކޮންމެއަކަސް، މިޗެލެންޖް މިހާރު މިވަނީ ވަރަށް ބޮޑަށް ވައިގާހިފާފައެވެ. ގޭގައި ބަންދުވެފައި ތިބި މިދުވަސްވަރު މީސްމީޑިޔާ ބޭނުންކުރެވޭ މިންވަރު އިތުރުވެފައިވާއިރު، ފޭސްބޫކްގެ ނިއުސްފީޑްވެސް ފަތަހަ ކޮށްފައިމިވަނީ މިޗެލެންޖްގައި ހިމެނޭ ކިޔެވުންތަކުންނެވެ. ވަރަށްވެސް އުފާވެރި މަންޒަރެކެވެ. ނުރައްކާތެރި ބަލިމަޑުކަމެއްގެ ތެރޭގައި ތިބޭއިރު މިފަދަ ދީނީ ކަންކަމަށް ސަމާލުކަން ދިނުން އިތުރުކުރުމަށް ޑރ. ޝަހީމް ކުރައްވާ މަސައްކަތްޕުޅަށް އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ. 

މިޗެލެންޖްގައި ތިބާވެސް ބައިވެރިވެ ޤުރުއާންގެ ކޮންމެވެސް މިންވަރެއް ކިޔަވާލަމާތޯއެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ