މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ރ. މަޑުއްވަރި ކައުންސިލް ފޭސްބޫކްޕޭޖް

ރ. މަޑުއްވަރީގެ ކުލީބިންތަކުގެ 2 މަހުގެ ކުލި މަޢާފްކޮށްދީފި

ރ. މަޑުއްވަރީ ކައުންސިލުން އެރަށުން ދޫކޮށްފައިވާ ކުލީ ބިންތަކުގެ 2 މަހުގެ ކުލި މަޢާފް ކޮށްދިނުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ، މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރަން ފަށާފައިވާތީ ރ. މަޑުއްވަރީ ރައްޔިތުންނަށް ލުޔެއް ދިނުމުގެ ބޭނުމުގައި ކަމަށް އެކައުންސިލުން ބުނެފައިވެއެވެ. މިއަދު ބޭއްވި މަޑުއްވަރީ ކައުންސިލްގެ 3 ވަނަ ދަޢުރުގެ 2020 ވަނަ އަހަރުގެ 12 އާންމު ޖަލްސާއިން ނިންމާފައިވަނީ ކައުންސިލުން ދޫކޮށްފައިވާ ކުލީ ބިންތަކަށް ދައްކަންދެހޭ ކުލީގެ ތެރެއިން މިއަހަރުގެ އޭޕްރީލް އަދި މެއި މިދެމަހުގެ ބިމުކުލި މަޢާފް ކުރުމަށެވެ. 

މަޑުއްވަރީ ކައުންސިލްގެ 2019 ވަނަ އަހަރުގެ މާލީ ހިސާބު ދައްކާގޮތުން އެކިއެކި ބިންތައް ކުއްޔަށް ދޫކޮށްގެން 2019 ވަނަ އަހަރުގެ ތެރޭގައި ޖުމުލަ 240354.39 ވަނީ ލިބިފައެވެ.

ކޮވިޑް19 އާއި ގުޅިގެން ދީމާވެފައިވާ ހާލަތާއި ގުޅިގެން އެކި ކައުންސިލްތަކުން މިހާރު ގެންދަނީ ރައްޔިތުންނަށް މާލީގޮތުން ލުއިކަން ލިބޭނެ އެކި ކަންކަން ކުރައްވަމުންނެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ