މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ކޮވިޑް19 ޖެހުނު މީހުންގެ އަދަދު މިލިޔަނަކަށް އަރައިފި

މުޅި ދުނިޔޭގައިވެސް މިހާރު ފެތުރެމުންދާ ކޮވިޑް19 ޖެހުނު މީހުންގެ ޢަދަދު 1 މިލިއަނަށް އަރައިފިއެވެ.

އެމެރިކާގެ މަޝްހޫރު ޔުނިވަރސިޓީއެއްކަމަށްވާ ޖޯންސް ހޮޕްކިންއިން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ޗައިނާގެ ވޫހާން ސިޓީން ފެނުނު މިވައިރަސް ދުނިޔޭގެ 1 މިލިއަން މީހުންނަށް ވަނީ ޖެހިފައެވެ. އަދި 20949 މީހުން މިބަލިން ރަނގަޅުވެފައިވެއެވެ. އަދި މުޅި ދުނިޔެއިން މިބަލީގައި 51335 މީހުން މަރުވެފައިވެއެވެ. 
2019 ވަނަ އަހަރު ޗައިނާއިން ފެނުނު މިބަލި ފެތުރުން އާދައިގެ ވަރެއްގައި އޮތުމަށްފަހު މާރޗް މަހުގެ ތެރޭގައި މިވަނީ އާދަޔާއި ޚިލާފަށް އިތުރުވެފައެވެ. މިހާތަނަށް ރާއްޖެއިން މިބަލި ޖެހިފައިވާ 19 މީހުން ވަނީ ފެނިފައެވެ. އަދި މިބަލިން  13 ރަނގަޅުވެފައިވެއެވެ. 

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ލަފާކޮށްފައިވާ ގޮތުގައި މިބަލި މުޅި ދުނިޔޭގެ 70 އިންސައްތަ މީހުންނަށް ޖެހުން ގާތެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ