މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ސަން

ކައުންސިލަރުން އައްޔަންކުރުމަކީ ހުދުމުހުތާރު ސިފައެއް - އާދަމް ޝަރީފް

ކައުންސިލަރުން އައްޔަން ކުރުމަކީ ހުދުމުހުތާރު ސިފައެއްކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅޭގޮތުން ޤާނޫނު އަސާސީ އިސްލާޙް ކުރުމަށް ހުށަހަޅާފައިވާ ބިލާއި ގުޅޭގޮތުން މަޖިލީހުގައި ބަހުސްތައް ފަށާފައިވާ ދަނޑިވަޅެއްގައެވެ. އާދަމް ޝަރީފް ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ޤާނޫނު އަސާސީ އިސްލާޙްކުރުން ވެފައިވަނީ މަލިކު ލަވަލަށް "ކުރެވޭކަށް ނެތް – ނުކޮށް ވާކަށް ނެތް" ކަމަށެވެ. އަދި "ކައުންސިލް އިންތިޚާބު ލަސްކުރުމުގައި" އިޙްތިޔާރު ކުރަންޖެހޭނީ ޑިމޮކްރަސީގެ ހަމަތަކުން އެންމެ ގެއްލުން ކުޑަވާނެ ގޮތަކަށް ކަމަށެވެ. އަދި ޤާނޫނު އަސާސީގެ 253 އާއި ޤާނޫނު ނަމްބަރު 7/2012 ގެ 33 ވަނަ މާއްދާ އެއްވަރު ނުވާނެކަމަށެވެ. 

ކައުންސިލްތަކުގެ ދައުރު ދިގުކުރުމަށް ހުށަހެޅިފައިވާ އިސްލާޙާއިމެދު މަޖިލީހުގެ މެންބަރުންގެ މެދުގައިވަނީ ހިޔާލު ތަފާތުވުންތައް އުފެދިފައެވެ. ބައެއް މެންބަރުން ބުނަމުންދަނީ، މިދަނޑިވަޅުގައި ޤާނޫނު އަސާސީ އިސްލާޙްކުރުން ރަނގަޅު ނުވާނެ ކަމަށެވެ. މިއާއި ޚިލާފަށް އަނެއްބައި މެންބަރުން ބުނަމުންދަނީ މިއީ އެންމެ ރަނގަޅު ކަމެއްކަމަށެވެ. އަދި މިހާރުތިބި ކައުންސިލަރުންގެ ދަޢުރު ދިގު ކުރުމުގެ ބަދަލުގައި ރައީސް އައްޔަން ކުރައްވާ ކައުންސިލަރަކު ބެހެއްޓުމަށްވެސް ބައެއް މެންބަރުން ތާއީދުކޮށް ވާހަކަ ދައްކާފައިވެއެވެ. 

ޤާނޫނު އަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާޙްގެ ބޭނުމަކީ، ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް19 އާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ދިވެހިރާއްޖޭގައި އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއް އިޢުލާން ކޮށްފައިވާއިރު އެގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި އެބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކެއް ހިމެނޭތީ، 18 އޭޕްރިލް 2020 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބް 2020، އެތާރީޚަށް ބޭއްވޭނެކަމަށް ނުފެންނާތީ، އެއިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ޤާއިމް ކުރެވެންދެން އެއިންތިޚާބު ބޭއްވުމަށް މަގުފަހި ކުރުމަށްޓަކައި، އެ އިންތިޚާބު ބާއްވާ، އައު މެންބަރުން އިންތިޚާބުވެ މަޤާމާއި ހަވާލުވަންދެން،  މިހާރު އިންތިޚާބުވެފައިތިބި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ މެންބަރުން، އެމީހުންގެ މަޤާމްގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުމަށްކަމަށް ބިލް ހުށަހެޅި މެންބަރު ބުނެފައިވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ