މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ރައީސް އޮފީސް

ކިނޮޅަހު ގޭބިސީތަކަށް ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ކައުންސިލުން ދެނީ

ކުރިޔަށް އޮތް ރަމަޟާން މަހު ރ. ކިނޮޅަހުގެ ގޭބިސީތަކަށް ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ކައުންސިލުން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

ކިނޮޅަސް ކައުންސިލުން އާންމުކޮށްފައިވާގޮތުގައި، އެރަށުގެ ކޮންމެ ގޭބިސީއަކަށް ކުރިޔަށް އޮތް ރަމަޟާންމަހު 1 ބަސްތާ ހަނޑު، 1 ބަސްތާ ހަކުރު، 16 ކިލޯ ފުއް، 12 ދަޅު އަލަނާސި، 10 ކިލޯ ފިޔާ، 1 ކިލޯ ކަދުރު އަދި ½ ކޭސް ބިސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. 

މީގެ އިތުރުންވެސް، ކޮވިޑް19 އާއި ގުޅިގެން އިތުރު ބައެއް ކަންކަންވެސް އެކައުންސިލުން މިހާރުވަނީ ނިންމާފައެވެ. އޭގެ ތެރޭގައި، އެކައުންސިލުން ހިންގާ ޤުރުއާން ކުލާހުގެ ފީ އޭޕްރިލް، މެއި މިދެމަހު މަޢާފްކޮށްދިނުމަށާއި، ކުނި އުކާލުމުގެ ފީ މެއި މަހަށް މަޢާފް ކޮށްދިނުމަށް ވަނީ ނިންމާފައެވެ. 
ކޮވިޑް19 އާއި ގުޅިގެން ރާއްޖެއަށް ދިމާވެދާނެ އިޤްތިޞާދީ ދަތި ހާލަތަކަށް ބަލައި އެރަށުން ވަގުތީ ދަނޑުބިން ދޫކުރަންވެސް މީގެ ކުރިންވަނީ ނިންމާ އެކަން އިޢުލާން ކޮށްފައެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

2 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ފައިނޯ 3 years ago

ދެނީ އެއްނޫން. ދޭން ނިންމާނީ. ރަނގަޅު ކޮށްބަލަ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ބޯހަލާކު 3 years ago

ހަމަ އެކައްޗެއްނު....

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ