މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ހިތް ތެޅުނުވަރުން - 7

އަދި އާޒިމް އަށް ގޮވާލިއެވެ. ކީއްކުރަންތޯ އައީ ސުވާލުކޮށްލިއެވެ. މިފަދަ ވަގުތެއްގައި އާޒިމް އައުމުން ނީނާއަށް ކުޑަކޮށް އުނދަގޫވިއެވެ. އެހެންނަމަވެސް އިށީންނުމަށް އާޒިމްއަށް ދަޢުވަތު ދިނެވެ. އާޒިމް ނީނާގެ ގާތުގައި އިށީންދެލިއެވެ. " މިއީތަ ނީނާގެ ގެއަކީ" އާޒިމް ގޭތެރެއަށް އިޝާރާތްކޮށްލުމަށްފަހު ސުވާލުކޮށްލިއެވެ. އާއެކޭ ބުނުމުގެ ގޮތުން ނީނާ ބޯޖަހާލިއެވެ. " އާޒިމް މިވަގުތު މިތަނަށް ތިޔައީ ކީއްކުރަންތަ؟ " ނީނާ ސުވާލުކޮށްލިއެވެ. "ނީނާއާއި ވާހަކަދައްކާލަން، އަހަރެން އައީމަ ހިތްހަމަ ނުޖެހުނީތަ؟ އޯކޭ ދަނީ" އާޒިމް ތެދުވެ ދާން އުޅުމުން ނީނާ އާޒިމްގެ އަތުގައި ހިފެހެއްޓިއެވެ. އަދި މަޑުކުރާށޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ. ޒާހިރުއައިސް ގޯތިތެރެއަށްވަނީ އެވަގުތުއެވެ. ސިއްސައިގެންގޮސް ނީނާ އާޒިމްގެ އަތުން ދޫކޮށްލިއެވެ. އެމަންޒަރު ޒާހިރުއަށް ވަރަށް ރަނގަޅަށް ފެނުނެވެ. އަދި ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ. ޒާހިރު ފެނުމުން އާޒިމް ކޮޅަށް ތެދުވިއެވެ. ނީނާގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހާސްކަމެވެ. ނީނާ ތެދުވެގެން ދުވެފައިގޮސް ގޭތެރައަށްވަނެވެ. ފަހަތުން ޒާހިރުވެސް ވަނެވެ. ގޮތްހުސްވެފައި އާޒިމްއަށް އެދިމާލަށް ބަލަން ހުރެވުނެވެ. ނީނާ ގޮސް ކޮޓަރިއަށް ވަނެވެ. ޒާހިރު އައިސް ނީނާގެ އަތުގައި ހިފިއެވެ. އަދި ހަރުކަށި ކަމާއެކު އަހާލިއެވެ." އެއީ ކާކު" ރައްޓެއްސެއް" ޒާހިރުގެ އަތް ފޮޅާލާފައި، ނުރުހުންވެ ހުރެ ނީނާ ބުނެލިއެވެ. "ރައްޓެއްސެއްވީމަތަ އަތުގައި ހިފައިގެން އިނީ" އަހަރެން ރަށުގައި ނެތިސް ފިރިހެނުންވެސް މިގެއަށް ވައްދަން ފެށީތަ؟ ރުޅިވެރި ގޮތަކަށް ޒާހިރު ބުނެލިއެވެ. " "އަހަރެންގެ ރައްޓެއްސެކޭ ބުނެފީމެއްނު، އެހެން ނޫނަސް އަހަރެން އުޅޭގޮތް ބަލާކަށް ޒާހިރުއަކާ ނުޖެހޭނެ" އަހަރެން އަދި ޒާހިރުއަކާއި ކައިވެންޏެއް ނުކުރަން" ނީނާވެސް ނީނާގެ ގޮތުގައި، ހިތްހަމަ ނުޖެހި ހުރެ ބުނެލިއެވެ. ނީނާއަށް މިހެން ނުބުނެވި، ޒާހިރުގެ އަތުން އެތިފަހަރެއް ނީނާގެ ކޯތާފަތް މައްޗަށް އެރިއެވެ. ވީތަދުން ނީނާއަށް ރޮވުނެވެ. އަންބެއް ނޫނަކަސް އަހަރެން ބޭނުންވާ ހުރިހާ ގޮތެއް ހެދޭނެ، ނީނާ ތިއީ އަހަރެންގެ މީހެއް، ހަމަ އެކަނި އަހަރެންގެ މީހެއް، ނީނާ އެނދުމައްޗަށް ވައްޓާލުމަށްފަހު، ޒާހިރު ނީނާއަށް އަނިޔާކުރަން ފެށިއެވެ. އެ ފަކީރު އެހާލުގައި އޮވެ އަޑުން އަޑު ނަގާފައި ރޮމުން އެހެން ނުހެދުމަށް އެދި އާދޭސް ކުރަމުން ދިޔައެވެ. އެހެންނަމަވެސް ނީނާގެ އަޑު އިވޭނެ އެއްވެސް އިންސާނަކު އެތަނުގައި ހައްދަވާފައެއް ނެތެވެ. މާމައާއި ކޮއްކޮވެސް އޮތީ ނިދާފައިކަމުން ނީނާގެ ކޮޓަރީގައި ހިނގަމުންދާ ހައިޖާނުގެ ކަންފުޅެއްވެސް އެމީހުންނަށް އިޙުސާސްވާނެހެނެއް ހިއެއް ނުވެއެވެ.

އިރުކޮޅަކުން، ޒާހިރުގެ ގަމީހުގައި ފަހަތުން ހިފާ މީހަކު ކޮށްޕާލިއެވެ. (މީގެ ދިހަ ވަރަކަށް މިނެޓު ކުރިން އާޒިމްއަށް އަޑެއް އިވޭތީ މަޑުކޮށްލައިގެން ހުއްޓެވެ. އެއީ ނީނާގެ އަޑުތޯ ޔަގީންކުރުމަށްޓަކައި،ހުއްޓައި ކުއްލިއަކަށް ނީނާ ރޮއިގަތް އަޑު އިވެގެން ގޭތެރެއަށް ވަނީއެވެ. )ޒާހިރުގޮސް ޖެހުނީ،ޖެހިގެން ހުރި އަލަމާރީގެ ބިތަށެވެ. ރޮމުން، ބުރުގާ ރީތި ކުރަމުން ނީނާ ތެދުވިއެވެ. އެވަގުތު ޒާހިރުވެސް ކުއްލިއަކަށް ތެދުވިއެވެ. "އޭ" ކަލޭތީ ކާކު" މިދޭތެރެއަށް ވަންނަން" ރުޅިއައިސް ތުރުތުރު ލަމުން ހުރި ގޮތަކަށް ޒާހިރު އަހާލިއެވެ. " އާޒިމްވެސް ހުރީ ހިތްހަމަނުޖެހިފައެވެ. "އެއްވެސް މީހެއްނޫން، އެކަމު ކަލޭ ދެން ނީނާއަކަށް އަނިޔާއެއް ނުކުރާނެ،" ބޭ އިޚްތިޔާރުގައި އާޒިމަށް ބުނެވުނެވެ. މިހެން ބުނިއިރު އާޒިމް ހުރީ ކުޑަކޮށް ޖެހިލުންވެސް ވެފައެވެ.  " ކީއްވެ" ތިހެން ބުނަން ކަލޭތީ ކާކު؟ މިއީ އަހަރެންގެ ވާން އުޅެ އަނބިމީހާ..އަހަރެން ބޭނުން ގޮތެއް ހަދާނީ، ނުކުމޭ މިތަނުން، ވަރަށް ބާރަށް ޒާހިރު ބުނެލިއެވެ. އޭރުވެސް ނީނާ ރޮމުން ގެންދިޔައެވެ. ޒާހިރު މިހެން ބުނުމުން އާޒިމް ނީނާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. އާޒިމްގެ ލޮލުން ހަމްދަރުދީއާއި އަޅާލުން ނީނާއަށް ފެނުނެވެ. ހަދާނެ ގޮތް ހުސްވެފައިވާ ނީނާ ލޮލުގެ އިޝާރާތުން ދިއުމަށް ބުނެލިއެވެ. އާޒިމްގެ ލޮލުން ކަރުނަ ހިލުނެވެ. އަދި  އެތަނުން ނުކުމެގެން ވަރަށް ބާރަށް  ހިނގައިގަތެވެ.

ނީނާގެ ކޮނޑުގައި ހިފައްހައްޓާފައި ޒާހިރު ރުޅިވެރިކަމާއެކު ބުނެލިއެވެ. " މާދަމާ ރަން ކިޔަން ތައްޔާރުވޭ!!!" މިހެން ބުނުމަށްފަހު ޒާހިރު ނުކުމެގެން ހިނގައްޖެއެވެ. ނީނާގެ މޫނުގައި އަތް އަޅާފައި ބާރަށް ރޮއެގަނެވުނެވެ. ޒާހިރުއާއި ކައިވެނި ކުރާކަށް ނީނާ އެއްވެސް ވަރަކަށް ބޭނުމެއް ނުވެއެވެ. މަޖުބޫރު ކުރުވަނީ އެންމެ ކަމެކެވެ. ނީނާގެ މަންމަ ބަލިވެގެންވީ އެގްރީމެންޓެވެ. ނީނާ ކައިވެނި ނުކޮށްފިނަމަ އެ އަދަދު ޒާހިރުއަށް ދައްކަން ޖެހޭނެއެވެ. ނީނާގެ މަންމަގެ ބޭސް ފަރުވާއަށް ހަރަދުވި ފަސް ލައްކަ ރުފިޔާ ނީނާ ދައްކާނީ ކިހިނެއް ހެއްޔެވެ. މިހާރުވެސް ލިބޭ މުސާރައިން ދެކޮޅުޖެހެނީ ކިރިޔާއެވެ. އިތުރަށް ބޭނުންވާ ހަރަދެއްވެސް ކޮށްދެނީ ޒާހިރުއެވެ. ނީނާއަށް އެ ނޫން ގޮތެއް ނެތީއެވެ. ރޮއެ ގިސްލަމުން އެދަނީ ނީނާގެ އަމިއްލަ ހާލާމެދުގައެވެ. ނީނާއަށް ޖެހޭނީ ޒާހިރުއާއި ކައިވެނި ކުރާށެވެ. މާމަވެސް ބޭނުންވަނީ އެގޮތެވެ.

އެއްބައެއް ލޯބި ނުލިބި  ހިތް ޒަޚަމްވަމުން ދާއިރު އަނެއްބައެއްގެ ދިރިއުޅުންދަނީ ލޯބިން ފުރެމުންނެވެ. ފާތުން އާއި އިއްބެގެ ގުޅުން ދަނީ އިތުރަށް ހަރުދަނާވެ ވަރުގަދަވަމުންނެވެ. މިރޭ އިއްބެ އެގެއިން ނުކުމެގެން އެދަނީ ފާތުންއާއި ކައިވެނި ކުރާނެ ތާރީޚެއް ކަނޑައަޅާފައެވެ. އާޒިމް ވިސްނަމުންދިޔައީ ނީނާއާއި ދޭތެރޭގައެވެ. ނީނާ ގާތުގައި ލޯބިވާ ވާހަކަ ބުނާނެ ގޮތަކާއި ދޭތެރޭގައެވެ. އަދި ޒާހިރުގެ އަނިޔާވެރިކަމުން ނީނާ ސަލާމަތްކުރާނެ ގޮތަކާއި ދޭތެރޭގައެވެ. 

ގަޑިން ހެނދުނު އަށެއް ޖަހަނީއެވެ. އާޒިމަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. އެކޮޅުން ގުޅަނީ އާޒިމްގެ މަންމަ އެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސާލުމަށްފަހު މަންމައާއި ވާހަކަދައްކަންފެށިއެވެ. އޭރު އިއްބެއައިސް ކޮޓަރިއަށް ވަންނަނީއެވެ. " ހޭލެވިއްޖެތަ؟ ފާހާނާއަށް ވަދެފަ އާދެބަލަ ސައިބޯން، ނީނާ އައިސް އެބައުޅޭ ސައިހަދަން" މިހެން ބުނުމަށްފަހު އިއްބެ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. އާޒިމް މަންމައާއި ވާހަކަ ދައްކާލުމަށްފަހު ފޯނު ބާއްވާފައި ފާހާނާއަށް ވަނެވެ. އާޒިމް ސައިބޯން އައިރު އިއްބެއާއި ނީނާ ކާކޮޓަރިގައި ތިއްބެވެ. ދެމީހުން ތިބީ އޮލަވާހަކައެއްގައެވެ. އާޒިމް ފެނުމުން ނީނާ ހަމަހިމޭން ވިއެވެ. އެބަ އަންނަމޭ ކިޔާފައި އިއްބެ ނުކުމެގެން ދިޔައީއެވެ. މިހާރު އެތަނުގައި ތިބީ އެދެމީހުން އެކަންޏެވެ.

ދެމީހުންކުރެ އެކަކަށްވެސް ވާހަކަ ދައްކާކަށް ނުކުރުނެވެ. އާޒިމް ހުރީ ރޭގައި ކަންތައްވީ ގޮތުން ނިނާއާއި ވާހަކަދައްކަން ޖެހިލުންވެފައެވެ. ނީނާގެ ހާލަކީވެސް އެއީއެވެ. ނީނާގެ މޫނުމަތީގައިވާ މޮޅިވެރިކަމާއި ހިތާމަ އާޒިމްއަށް ފާހަގަކުރެވުނެވެ. ނީނާ ކޮންމެވެސް ކަމަކާ ވިސްނާކަން އާޒިމަށް އަބަދުވެސް ފާހަގަވެއެވެ. ނީނާ އެތަނުން ދާން ތެދުވިއެވެ. ނީނާ ތެދުވުމުން އާޒިމްގެ ހިތުން ނުދިޔުމަށް އެދި ގޮވަން ފެށިއެވެ. ނަމަވެސް އާޒިމްގެ ދުލާ ހިސާބަށް އެޖުމްލައެއް ނުފޯރިއެވެ. ނީނާ ދޮރާއި ހަމައަށް ނުދެވި އާޒިމް ކޮށިއަރައިގެން ކެއްސަން ފަށައިފިއެވެ. ނީނާ އަވަހަށް އައިސް ފެންތައްޓެއް އަޅާފައި އާޒިމަށް ދިއްކޮށްލިއެވެ. ފެންތަށީގައި ހިފުނީ ނީނާގެ އަތާއި އެއްކޮށެވެ. ނީނާ އާޒިމާއި ހަތަރުކަޅި ހަމަވީ އެވަގުތު އެވެ. އާޒިމްގެ ހިތުގައި ބައިވަރު ވާހަކަތައް ނީނާއާއި ހިއްސާކުރަން ބޭނުންވިއެވެ. ނީނާވެސް އާޒިމްދެކެ ލޯބިވެއެވެ. ދެމީހުންކުރެ އެކަކުވެސް ވާހަކަ ނުދައްކާ ހަމަހިމޭންވެފައި ތިބީއެވެ.

ދޮންތާ!! ސިއްސައިގެން ގޮސް ނީނާއަށް ބަލާލެވުނީ ދޮރާއި ދިމާލަށެވެ. އެވަގުތު ނީނާގެ ކޮއްކޮ އައިސް ބުނި ވާހަކައިން ނިނާގެ މޫނުމައްޗަށް ނުތަނަވަސްކަމާއި މާޔޫސްކަންވެރިވިއެވެ. އާޒިމްގެ ހިތަށް ހީވީ މީހަކު ހޫނުފެންއެއްޗެއް އޮއްސާލިހެންނެވެ. ކަންބޮޑުވެފައި އިން ކަހަލަ ގޮތަކަށް އާޒިމް ނީނާގެ މޫނަށް ބަލާލިއެވެ. ނީނާ އިސްޖަހާލިއެވެ. 
 
ނުނިމޭ)


(މިވާހަކައަކީ ހަފްތާއަކު އެޕިސޯޑެއް ނެރޭގޮތަށް ޝާއިޢު ކުރެވޭ ވާހަކައެކެވެ.)

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ