މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ރ. މީދޫ އައިޓީ ސޮލިއުޝަންސްގެ ކަސްޓަމަރުންގެ ހުރިހާ ދަރަންޏެއް މަޢާފްކޮށްދީފި

ރ. މީދޫ އައިޓީ ސޮލިއުޝަންސްގައި ލޭންދޭނަށް ނަގާފައިވާ ތަކެއްޗަށްވާ ފައިސާ އެފިހާރައިން މަޢާފް ކޮށްދީފިއެވެ.

އައިޓީ ސޮލިއުޝަންސްގެ ފޭސްބޫކް ޕޭޖްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ކޮވިޑް 19 ގެ މި ނުރައްކާތެރި ވަގުތަކީ އެންމެނަށްވެސް ވަރަށް ދަތި ވަގުތަކަށް ވާތީ، މި ދަތިކަމުން އަރައިގަތުމަށް މި ވަގުތު އެންމެ މުހިންމުކަމަކީ އެކަކު އަނެކަކަށް ވެވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުންކަމަށްވުމާއި، އަދި ކުރިޔަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސްކަމަށްވުމުން އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކުރުމަކީ މުހިންމު ކަމެއްކަމުގައި ދެކޭތީވެ، އައިޓީ ސޮލިއުޝަންސްގެ ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން 2020 އޭޕްރީލް 10 ވަނަ ދުވަހާ ހަމައަށް ވަކިވަކި ފަރުދުންގެ ދަރަނީގެގޮތުގައި އެފިހާރައިގައި ރެކޯޑްކުރެވިފައިވާ 37،215.47 (ތިރީސް ހަތްހާސް ދުއިސައްތަ ފަނަރަ ރުފިޔާ، ސާޅީސް ހަތްލާރި) މަޢާފުކޮށްދީފައިވާ ކަމަށެވެ. 

އަދި ރެކޯޑްނުކުރެވި ވަކިވަކި ފަރުދުން ދަރަނީގެގޮތުގައި ގެންގޮސްފައިވާތަކެއްޗަށްވެސް އެއްވެސް ފައިސާއެއް ދައްކަވަން ނުޖެހޭނެ ކަމަށްވެސް އެފިހާރައިން ބުނެފައިވެއެވެ. 

އައިޓީ ސޮލިއުޝަންސް އަކީ ރ. މީދޫގައި އައިޓީއާއި ގުޅޭ ގިނަ ޚިދުމަތްތަކެއް ފޯރުކޮަށްދޭ ފިހާރައެކެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
100%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ