މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

އިނގުރައިދޫއާއި މާކުރަތުގެ ގެއެއް މޮނިޓަރިންއަށް ގެނެސްފި

ރ. އިނގުރައިދޫއާއި މާކުރަތުގެ ގެއެއް މޮނިޓަރިންއަށް ގެނެސްފިއެވެ.

އެޗްޕީއޭއިން ދެންމެ ނެރުނު ކަރަންޓީންއާއި މޮނިޓަރިންގައި ހުރި ތަންތަނުގެ މަޢުލޫމާތު ހިމެނޭ ލިސްޓްގައިވާގޮތުން، މި ދެރަށުގެވެސް 1 ގެ ވަނީ މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ. އެއީ، ރ. މާކުރަތު ހުދުވެލި އަދި ރ. އިނގުރައިދޫ ޑިމްލައިޓް ނަމަކަށް ކިޔާ ގެއެކެވެ. އެހެންކަމުން މިދެގެއަށްވެސް މީހުން ވަދެ ނިކުމެ ހެދުން މިހާރުވަނީ މަނާކޮށްފައެވެ. 

ކޮވިޑް19 އަތޮޅު ތެރެއަށް ފެތުރުނު އެއް ކްލަސްޓަރގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އަމާޒް ބޯޓުން ދަތުރު ކުރި މީހަކު ރ. އިނގުރައިދޫގައި އެބަހުއްޓެވެ. އަދި މިބައްޔަށް ޕޮޒިޓިވްވެފައިވާ އެބޯޓްގެ ކެޕްޓަން އާއި ކޮންޓެކްޓްވި މީހަކު ރ. މާކުރަތުގައިވެސް އެބަހުއްޓެވެ. މީގެ ތެރެއިން ރ. އިނގުރައިދޫގައިހުރި މީހާގެ ސާމްޕަލް މިހާރުވަނީ ނަގާފައެވެ. ނަމަވެސް، ރ. މާކުރަތުގައި ހުރި މީހާގެ ސާމްޕަލް ނެގުމުގައި ދަތިތަކެއް ހުރިކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ސަމޫދު 3 years ago

ރ. މާކުރަތުގައި ހުރި މީހާ ވަނީ ސާމްޕަލް ދޭން ދެކޮޅު ހަދާފައި. އެހެންވެ އުނގޫފާރުން އައި ޓީމް ދިޔައީ... އަދި މާކުރަތު މީހާ ގޭގައި މަޑެއް ނުވޭ... ޕޕމ ސަރުކާރު ނޫންވީމާ އެއްބާރުލުން ނުދޭންވެގެން އުޅެނީ...

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ