މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ސަން

"ކޮވިޑް19 އާއިގުޅޭ ކޮރަޕްޝަން ހުއްޓުވަން އިދިކޮޅު ހިމަނައިގެން ކޮމެޓީއެއް އެކުލަވާލާ"

ކޮވިޑް19 އާއި ގުޅިގެން ހިނގާ ކޮރަޕްޝަންގެ ކަންކަން ހުއްޓުވުމަށް އިދިކޮޅު ހިމެނޭގޮތަށް ކޮމެޓީއެއް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ގޮވާލައްވައިފިއެވެ.

މެންބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން ކުރާ ކަންކަމުގައި ކޮރަޕްޝަން ވަރަށް ބޮޑަށް ހިނގާ ކަމަށެވެ. އަދި ސްޕަރމެޖޯރިޓީގެ ބިރަށް އޭ.ސީ.ސީއަށް ފިޔަވަޅު ނޭޅޭ ކަމަށާއި  އެކަމުގެ ހުރިހާ ގެއްލުމެއް ވަނީ ރައްޔިތުންނަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ. 

އާދަމް ޝަރީފް އިތުރަށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ބޭރު ޤައުމުތަކުން ލިބޭ އެހީ ޚަރަދު ކުރާގޮތް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ. އަދި މުސާރަ ނުލިބޭ މީހުންނަށް ލޮކްޑައުންގައި އޮންނަ ދުވަސްވަރު ބޮލަކަށް -/3000 ރުފިޔާގެ އިނާޔަތެއް ދޭން ޖެހޭ ކަމަށާއި، ރައްޔިތުންގެ ގިނަބަޔަކު ދަނީ ހާލުގައި ޖެހެމުން ކަމަށާއި ލަސްނުކޮށް އެހީ ދޭން ފަށަން ޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. 

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ، ރިސޯޓްތައް ބަންދުވެ ގިނަ ބައެއްގެ ވަޒީފާ ގެއްލި އަދި އަމިއްލަ މަސައްކަތް ކުރާ ގިނަބަޔަކަށްވެސް އާމްދަނީ ލިބޭނެ މަގުތައް ބަންދުވެފައިވާތީ، އެކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އިޤްތިޞާދަށް ލިބޭ ގެއްލުމުގެ ސަބަބުން އެކަމުން އަރައިގަތުމަށް އެހީތެރިވުމަށް ސަރުކާރުން ވަނީ ޚާއްޞަ ޕެކޭޖްތަކެއް ތަޢާރަފް ކޮށްފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ