މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ޑޫޒިއަންސް ފައުންޑޭޝަނުން މުޅި ރ. އަތޮޅަށް މަދަހަ މުބާރަތެއް ބާއްވަނީ

ރ.އަތޮޅުގެ ހުރިހާ ރަށަކަށް ބައިވެރިވެވޭ ގޮތަށް  ޑޫޒިއަންސް ފައުންޑޭޝަނުން މަދަހަ މުބާރަތެއް ބާއްވަން ނިންމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޑޫޒިއަންސް ފައުންޑޭޝަންގެ ފޭސްބުކް ޕޭޖުގައެވެ. ‎އެޕޭޖުގައި ޝާއިޢުކޮށްފައިވާ ލިއުމުގައި ވާގޮތުގައި މިމުބާރާތުގައި ބައިވެރިވުމަށް 3 މިނެޓާއި 4 މިނެޓާއި ދެމެދުގެ ވީޑިޔޯއެއް ނެގުމަށްފަހު އެ ފައުންޑޭޝަނުން ޚާއްޞަ ކޮށްފައިވާ މެއިލްއަކަށް ފޮނުވުމުން މުބާރާތުގައި ބައިވެރިވެވޭނެއެވެ. 

މި މުބާރާތުގައި ބައިވެރިވެވޭނެ އުމުރުފުރާތަކަކީ 7 އަހަރުން ދަށުގެ އުމުރުފުރާއާއި 8 އަހަރާއި 12 އަހަރާއި ދެމެދުގެ އުމުރުފުރާއާއި 13 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާއެވެ. ‎

މި މުބާރާތުގައި ބައިވެރިވުމަށް ފޮނުވާ އެއްވެސް ވީޑިޔޯއެއް ނެގުމަށްފަހު ވަކިން އަޑު އެޅުން ނުވަތަ އެފެކްޓްސް ގެނެސްފައިވާނަމަ އެ ވީޑިޔޯއެއް ބަލައިނުގަނެވޭނެކަމަށް އެ ފައުންޑޭޝަނުން  ބުނެފައިވެއެވެ. މީގެ އިތުރުން މި މުބާރާތުގައި ބައިވެރިކުރެވޭނީ ހަމަައެކަނި ދިވެހި މަދަހަކަމަށާއި ވީޑިޔޯ ރިކޯޑު ކުރާއިރު އަޑު ސާފުވާނެހެން ކުރުމަށް ސަމާލުކަން ދިނުމަށްވެސް އެދިފައިވެއެވެ.

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

3 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އަލީ 3 years ago

16 އަހަރުން މަތި މީހުންނަށް ބައިވެރި ނުވެވެނީ ކީއްވެ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޖަރީމާ 3 years ago

ރަނގަޅު ކަމެއް

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

Sadya 3 years ago

ސަޅަ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ