މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

ރޯދަމަސް ނިމޭއިރު ބަރުދަނަށް އައީ ކޮންކަހަލަ ބަދަލެއް!

ރަމަޟާން މަހަކީ ފަޤީރުންނާއި ނިކަމެތިންގެ ޙާލު އިޙްސާސް ކޮށްލުމަށް ލިބޭ ފުރުޞަތެކެވެ. ދުވާލު އަހަރެމެން އެންމެންވެސް މިތިބެނީ ނުކައެވެ. ރަމަޟާން މަހުގެ ރޯދަ ހިފުމަކީ އެތައްގޮތަކުން ފައިދާހުރި ކަމަކެވެ. 

ރަމަޟާން މަސް ނިމުމާއިއެކު އާންމުކޮށް ގިނަބަޔަކު ދައްކާ އެއް ވާހަކައަކީ، އެމަސްތެރޭ ބަރުދަނަށް އައި ބަދަލުތަކުގެ ވާހަކައެވެ. 

"ރޯދަ ވީއްލައިގެން ފެންތައްޓެއް އެކަނި ބޯލައިގެން ހުއްޓަސްވަނީ ފަލަ" މިއީ، ރަމަޟާން މަހު އެކި ފަރާތްތަކުން ބުނާ އެއް ވާހަކައެވެ. "މިވަރަށް ކާއިރުވެސް މިރޯދަމަހު ހިކުނީ" މިއީވެސް އެކި ފަރާތްތަކުން ބުނާ ވާހަކައެވެ. 

ނަމަވެސް، އެންމެ ގިނަބަޔަކު ކުރާ ޝަކުވާއަކީ ރަމަޟާންމަސް ނިމޭއިރު ފަލަވާކަމުގެ ޝަކުވާއެވެ. މިކަމާއި ޚިޔާލު ހޯދާލުމަށް ވާހަކަ ދައްކާލި 10 މީހުންގެ ތެރެއިން 2 މީހަކު ނޫނީ ބުނެފައިވަނީ އެހެން މަސްތަކާއި ޚިލާފަށް މިމަހު ބަރު ވެއްޖެ ކަމަށެވެ. 

ދުވާލު ނުކައި ހުއްޓެއްކަމަކު، ބަރުވާންޖެހޭ ސަބަބެއް އޮންނާނެތާއެވެ. ރޭގަނޑު މާގިނައިން ކެވެނީ ދެއްތޯއެވެ. ނޫނީ، ކެވޭ ބާވަތްތަކުގެ ގޮތުން ހަށިގަނޑުން އެކަން ފެންނަގޮތް ވަނީ ދެއްތޯއެވެ. 

ތިބާގެ ބަރުދަނަށް ގެނުވީ ކޮން ބަދަލެއްތޯއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

2 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

މުހައްމަދު 3 years ago

ފެންނަ މީހުން ބުނަނީ ހިކުނީއޭ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހަމީދު 3 years ago

ބަރުވީ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ