މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

މިއަންނަ މަހު 8 ގައި ލަލީގައި ފަށަނީ!

ކޯވިޑް19 ވަބާއާއި ގުޅިގެން މެދުކަނޑާލާފައި އޮތުމަށް ފަހު، ސްޕެއިންގެ ފުޓުބޯޅަ ލީގު، ލަލީގައި މިއަންނަ ޖޫން މަހުގެ 8 ވަނަ ދުވަހު އަލުން ފެށުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން ދީފިއެވެ. މީގެ ދުވަސް ތަކެއް ކުރިން ޓީމު ތަކުގެ ފަރިތަކުރުންތައްވެސް ވަނީ ފަށާފައެވެ. 

ލަލީގައި އަލުން ފެށުމުގެ ހުއްދަ ދިން ކަމުގައި ވީނަމަވެސް، ދަނޑުތަކަކަށް ސަޕޯޓަރުންނަކަށް ނުވަދެވޭނެއެވެ. އަދި ލީގު ކުރިޔަށް ދާނީ ހަރުކަށި ޤަވާއިދު ތަކަކާއި އެކުއެވެ. މި ހިނގާ މެއި މަހުގެ 16 ވަނަ ދުވަހު ޖަރުމަނުގެ ބޮންޑެސްލީގުވެސް ވަނީ އަލުން ފަށާފައެވެ. އެގޮތުން ކޯވިޑް19 އާއި ގުޅިގެން މެދުކަނޑާލުމަށް ފަހު އެންމެ ފުރަތަމަ އަލުން ފެށީވެސް އެލީގެވެ.

އިނގިރޭސި ޕްރިމިއާ ލީގުވެސް އަންނަ ޖޫން މަހުގެ ފަހު ކޮޅު އަލުން ފެށޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ސީދާ ފެށޭނެ ތާރީޚެއްވެސް އަދި ފެށޭނެ ކަމެއްވެސް އެލީގަކުން އަދި ކަށަވަރެއް ނުކޮށްދެއެވެ. އެހެންނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން، އިނގިރޭސި ޕުރިމިއާ ލީގުން ވެސް އަންނަނީ މިއަންނަ މަހު އަލުން ފެށުމަށް ތައްޔާރު ވަމުންނެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ