މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފައިނު އޮންލައިން ފޮޓޯ: އިސްމާޢީލް ޝަފީޢު

ފައިނު ޓާސްކްފޯސްގެ ބައެއް ނިންމުންތަކުން ލުއި ދީފި

ކޮވިޑް19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ފައިނުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކުން ލުއިދީފިއެވެ.

ކޮވިޑް19 ފައިނު ޓާސްކްފޯސްއިން މަޢުލޫމާތު ދިން ގޮތުގައި، ސަރުކާރުންވެސް ބައެއްކަހަލަ ލުއިތައް ދެމުންދާ މިދުވަސްވަރު، ފައިނުގައިވެސް ޓާސްކްފޯސްގެ ފަރާތުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ވަނީ ނިންމާފައެވެ. 

އެގޮތުން، މޮނިޓަރިން އާއި ލޮކްޑައުންގެ ހާލަތުގައި ނެތް ރަށްރަށުން ގެންނަ މުދާ ވަކި ވަގުތެއް ވަންދެން ބަނދަރުގައި ބަހައްޓާގޮތަށް ކުރިން ނިންމާފައިވީނަމަވެސް، މިހާރު އެގޮތަށް ގެންނަ ތަކެތި ބަނދަރުގައި ބަހައްޓަން ނުޖެހޭނެކަމާއި، މީގެ އިތުރުން، ރަށުގެ ގޭބިސީތަކުގެ ކައިރީ ބަހައްޓާފައިހުންނަ ޖޯލިފަތިތަކާއި އުނދޯލިތައް އެގެއްގެ ބަޔަކު ތިބޭގޮތަށް މިހާރު ބޭނުން ކުރެވޭނެކަމަށްވެސް މަޢުލޫމާތު ދީފައިވެއެވެ. 

ކޮވިޑް19 ފެތުރޭ މިންވަރު ރާއްޖޭގައި މަދުކުރެވިފައިވާތީ ސަރުކާރުންވެސް އަންނަނީ ބައެއްކަހަލަ ލުއިތައް ދެމުންނެވެ. އަދި ޓާސްކްފޯސްތަކުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށްވެސް އެކި ރަށްރަށުގައި މިހާރު އަންނަނީ ލުއިތައް ދެމުންނެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ