މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

އިންތިޚާބު ކުރުމާއި ވޯޓް ދިނުމަކީ ހަމައެކަނި ރައްޔިތުންގެ ޙައްޤެއް - މުޙައްމަދު ވަހީދު

އިންތިޚާބު ކުރުމާއި ވޯޓް ދިނުމުގެ ޙައްޤަކީ ހަމައެކަނި ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު ވިދާޅުވެއްޖެއެވެ. 

މުޙައްމަދު ވަޙީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ‏އިންތިޚާބުކުރުމާ ވޯޓުދިނުމުގެ ހައްޤަކީ ހަމައެކަނި ރައްޔިތުންނަށް ލިބިގެންވާ ހައްޤެއް ކަމަށާއި އިންތިޚާބީ މުއްދަތެއް އެހެންގޮތަކުން އިތުރު ނުކުރެވޭނެ ކަމަށެވެ.

މުޙައްމަދު ވަޙީދު މިހެން ވިދާޅުވެފައިވަނީ، ކައުންސިލަރުންގެ ދަޢުރު ދަންމާލުމާއި ގުޅޭގޮތުން މަޖިލީހުގައި ބަހުސްތައް ކުރިޔަށްދާ ދަނޑިވަޅެއްގައެވެ.

މުޙައްމަދު ވަޙީދުގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ، މިއީ އެންމެގިނައިން އަޑުއުފުލައި އިހްތިޖާޖުކުރަމުން އައި އެއްއަސާސް ކަމަށާއި އިންތިޚާބުކުރުމާ ޢައްޔަންކުރުމާ އެއީ މުޅިން ދެކަމެއް ކަމަށެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލުމަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް އެ ވިޕާއި ޚިލާފަށް ވޯޓް ދެއްވި ހަތަރު މެންބަރުން ތެރޭގައި މުޙައްމަދު ވަޙީދު ހިމެނެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ