މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ސަން

ސްޕްރީމް ކޯޓްގެ ލަފާ ހޯދަން މަޖިލީހުން ނިންމުމަކީ މައިނޯރިޓީން ހޯދި ކާމިޔާބީއެއް

ކައުންސިލަރުންގެ ދަޢުރު ދަންމާލުމަށް ޤާނޫނު އަސާސީ އިސްލާޙް ކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖުލީހުން ސްޕްރީމް ކޯޓްގެ ލަފާ ހޯދަން ނިންމުމަކީ، މެޖޯރިޓީގެ މައްޗަށް މައިނޯރިޓީން ހޯދި ކާމިޔާބީއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. 

އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤާނޫނު އަސާސީއަށް އިސްލާހް ގެންނަންވާނީ، ސްޕްރީމް ކޯޓްގެ ލަފަޔާއިއެކު ކަމަށް ތަކުރާރުކޮށް ދަންނަވަމުން ގޮސްފައިވާނެކަމަށެވެ. އަދި މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ ސްޕްރީމް ކޯޓްގެ ލަފައެއް ހޯދަން ކަމަށާއި، މިއީ، މެޖޯރިޓީގެ މައްޗަށް މައިނޯރިޓީން ހޯދި ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ޙައްޤުގައި ކުރި މަސައްކަތަށް ލިބުނު ނަސްރެއް ކަމަށްވެސް މެންބަރު އާދަމް ޝަރީފް ޢުމަރުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ. 

މެންބަރު އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ ކައުންސިލަރުންގެ ދަޢުރު ދަންމާލުމާއި ގުޅޭ މައްސަލައިގައި ވެރިކަންކުރާ މައި ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އަލީ 3 years ago

މައިނޯރޮޓިން ބުނީމަ ގަބޫލު ނުކުރީތާ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ