މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

ﷲ ގެ މަގުގައި ހޭދަކުރުމަކީ މަތިވެރި އަޖުރާއި ޘަވާބު ލިބޭކަމެއް- ޚުތުބާ

ﷲގެ މަގުގައި ހޭދަކުރުމަކީ މަތިވެރި އަޖުރާއި ޘަވާބުލިބެނިވި ހެޔޮވެގެންވާ ޢަމަލެއްކަމުގައި މިއަދުގެ ޚުތުބާއިން ދިވެހި އިސްލާމީ އުއްމަތަށް ހަނދާން އައުކޮށްދީފިއެވެ. އެގޮތުން އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމްކަމުގެ ނިޢުމަތްކަމާއި އެދީނުގެ އެންމެހައި ޙުކުމްފުޅުތަކަށް ޢަމަލުކުރުމުން އެމީހެއްގެ ދަރަޖަ މަތިވެރިވެގެންދާނެކަންވަނީ ބަޔާންކޮށްދެއްވަފައެވެ.

މިފަދައިން ﷲގެ ރުހިވޮޑިގަތުން ލިބޭނެ އަދި ފާފަފުއްސެވުން ލިބޭނެ އެއްމަގަކީ ﷲގެ މަގުގައި ހޭދަކުރުންކަންވަނީ ހަނދާންކޮށްދީފައެވެ. ޙައްޞަކޮށް ޞަދަޤާތްދިނުމަކީ ވަކި ޙާއްޞަމަހަކަށް، ނުވަތަ ވަގުތަކަށް އޮންނަކަމެއް ނޫންކަމާއި ކޮންމެ ވަގުތެއްގައިވެސް ކޮންމެ ހާލެއްގައި ކުރުމުން މުދަލުގައި ބަރަކާތް ލައްވާކަން އެނގެން އޮންނަކަންވެސްވަނީ ފާހަގަކުރައްވާފައެވެ. 

އިންސާނުންނަކީ މުދަލަށް ލޯބިކުރުން ބޮޑުބައެއްކަމާއި އެފަދަ މުދަލަކުން ހޭދަކުރުމަށް ދާންދެން އަހަރެމެންނަށް ހެވެއް ނެތްކަމުގައި ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތަކާއި ނަބަވީ ބަސްފުޅުތަކުގެ އަލީވަނީ ބަޔަންކޮށްދީފައެވެ. މުދަލަކީ އިމްތިޙާނެއްކަމާއި، ތިމާ ނަރަކައަށް ވެއްދޭ ސަބަބެއްކަމުގައި ވެދާނެކަމާއި، ﷲގެ މަގުގައި ހޭދަކޮށްފި ކޮންމެ އެއްޗަކީ އެނާގެ އާޚިރަތަށް ރައްކާކުރި މުދަލެއްކަމާއި، މަރުވުމަށްފަހުގައިވެސް ޘަވާބު ލިބިލިބ ހުންނާނެ 3 ޢަމަލެއްގެ ތެރެއިން އެއްކަމަކީ ދެމިގެންވާ ޞަދަޤާތެއްކަންވެސްވަނީ ހަނދާންކޮށްދީފައެވެ. މީގެ އިތުރުންވެސް ޞަދަޤާތްކުރަންވީ ވީހައިވެސް ސިއްރުންކަމާއި އެކަމުގައި ލަސްކުރުމެއްނެތި ތިމާއަށް ކެރިކުޅަދާޅަވީ މިންވަރަކުން ހޭދަކުރުމުގެ މާތްކަމާއި މަތިވެރިކަންވެސް ވަނީ ބަޔާންކޮށްދީފައެވެ.

ލޮބުވެތި ކިޔުންތެރިން! މިފަދަ ދަރުސްތަކުން ފިލާވަޅު ލިބިގަނެ، އަހަރެމެންނާއި އަހަރެމެންގެ މިކުޑަކުޑަ މުޖުތަމަޢުއާއި ދުނިޔޭގެ އެކިއެކި ކަންކޮޅުގައި ހާލުގައި ތިބި ލޮބިވެތި މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ފަސޭޙަގޮތްތައް މަގުފަހުވެފައިވާ މިފަދަ ދަނޑިވަޅެއްގައި ސިއްރިޔާތުގައި ﷲގެ ޙަޟްރަތުން ޘަވާބާއި ދަރުމަޔަށް އެދިގެން ހޭދަކުރުމާއި ހިނގާށެވެ. މުދަލުގައި ބަރަކާތްލައްވާ އެމުދާ އިތުރުކުރަން އެދޭމީހާއަށް މިފަދަ ދީނީ އަޅުކަމެއް އަދާކުރަމާތޯއެވެ. އަދި ހޭދަކުރުމުގައި މީހުންގެ ރުހުމަކީ ތިބާގެ އެހޭދައިގެ ސަބަބުން ތިބާގެ އެޢަމަލު ބާޠިލްވާނެކަމެއްކަން ދަނެ ސިއްރިޔާތުގައި ކުރަމާތޯއެވެ. މިފަދައިން ﷲގެ މަގުގައި ހޭދަކޮށް ފުރިހަމަ އަޖުރާއި ޘަވާބު ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ލިބުމަތް އެދިގެންކުރަން އަވަސްވެ ގަންނާށެވެ. ކުޑަނަމަވެސް ޞަދަޤާތެއް ކުރެވޭތޭތޯ ބަލަމާ ހިނގާށެވެ. 

އަޙްމަދު ޝަރީފް

Ahmed Shareef

އަޙުމަދު ޝަރީފަކީ ފައިނު ސްކޫލްގައި ވަޒީފާ ޢަދާ ކުރަމުންގެންދާ މުދައްރިސެކެވެ. އަދި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރަށު ފެންވަރުގައި އިސްވެ އުޅުއްވާ ފަރާތެކެވެ.

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ