މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ނުވީހޭ ނުވެވުނުނަމަ 7

ޝާއިންގެ ކާރުގައި ސަރާ އާއި ދެމީހުން މަޑުމަޑުން ދުއްވާލަމުން ދިޔައީ ހުޅުމާލޭގެ މަގުތަކުގައެވެ. ދެމެދުގައި މާ ބައިވަރު ވާހަކަތަކެއް ނުދެކެއެވެ. ޝާއިންގެ ސަޕްރައިޒެއް އޮތްކަމަށް ބުނުމުން ސަރާ ވިސްނަމުން ދިޔައީ އެކަމާއެވެ. ޚިޔާލުތައް ގުޅިފައިވަނީ ދެމީހުންއެކުވެ އުޅޭނެ ހިތްގައިމު ދިރިއުޅުމަށެވެ. އެމީހުންގެ ކުޑަކުޑަ އާއިލާ އުޅޭނެ ގޮތުގެ ޚިޔާލީ ތަސްވީރުތައް ކުރަހާ ކުލަޖައްސަމުން ދިޔައީ އަންނަން އުޅޭ ތޫފާނުގެ ފެނުގެ އަސަރުން މަންޒަރު ތަޣައްޔަރުވާނެ ކަމަށް އުއްމޫދު ކޮށްގެންނެއް ނޫނެވެ. މިވީ ކުޑަ ދުވަސްކޮޅުތެރޭ ޝާއިން ކިތަންމެ ރަނގަޅަކަށް އެނގުނު ނަމަވެސް ޝާއިންގެ އާއިލާގެ އެއްވެސް މީހެއް ސަރާއަކަށް ނޭންގެއެވެ. ސަރާ ވިސްނައިގެން ހުރީ އަދި ވަގުތު ޖެހުމުން ދެ އާއިލާވެސް ތައާރަފުވާނެ ކަމަށެވެ. ވިއްސަކަށް މިނެޓުގެ ދަތުރަކަށްފަހު ކާރު މަޑުކޮށްލީ ހިތްގައިމު ރެސްޓޯރެންޓަކަށެވެ. ސަރާ ވިސްނުމަކަށް ގެއްލިފައި އިންދަ ޝާއިން އައިސް ކާރު ދޮރުހުޅުވާލާ ސަރާގެ އަތުގައި ހިފައިގެން މިސްރާބު ޖެހީ އެތެރެއަށްވަނުމަށެވެ. ތަނުގެ ތަނަވަސްކަން ފެނި ސަރާ ހުރީ އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައެވެ. ހީވަނީ ހުވަފަެނެއްގައި އުޅެވޭހެންނެވެ. ސަރާ ކަހަލަ އާދައިގެ ކުއްޖަކު ޝާއިންފަދަ ހުރިހާ އަންހެން ކުދިން ހިތްކިޔާ ފިރިހެނަކާ އެކު މިފަދަ ސާންދާރު ތަނެއްގައި ހުރުމަކީ ކޮންމެ އަންހެން ކުއްޖެއްގެވެސް ހުވަފެނަކަށް ވާނެއެވެ. ޝާއިން ކަރުކެހިލުމުން ތެޅިގަނެފައި ސަރާ ބަލާލީ ވީ ކިހިނެއްތޯ އަހާލާ ފަދައަކުންނެވެ. ޝާއިން ކުރިމައްޗަށް އިޝާރާތްކޮށް އިށިއިންނަންވީ ގޮނޑި ދަމާލުމަށްފަހު ސަރާ ބޭންދިއެވެ. އަދި ކުރިއަށްއޮތީ އިތުރު ހައިރާންވާނެ ކަމެއްކަމުގައި ޝާއިން ވަރަށް ސީރިއަސް ރާގެއްގައި ބުނެލިއެވެ. އަދި އެބަލާލި ލޮބުވެތި ނަޒަރުން ސަރާގެ ހިތުގެ ވިންދު އަވަސްވިއެވެ. އުޅެވެނީ ހުވަފެނެއްގައޭ ހީވާކަހަލައެވެ. ޝާއިންގެ ކޮންމެ ހަރަކާތަކުންވެސް ސަރާއަށް ފެނުނީ ލޯތްބެވެ. މިއީ ސަރާ ދުވަހަކުވެސް ފެންނާނެކަމަށް އުއްމީދުކުރި ރެއެއްނޫނެވެ. މިހާ އުފާވެރި ރެއެއްގައިވެސް ސަރާއަށް ރުއިންނޫންކަމެއް ނުކުރެވެުނެވެ. އުފަލުންނެވެ. ބިރުވެރިކަމެއްވެސް ވަށައިގެންވިއެވެ. މިއުފާވެރިކަމަށް ނިމުމއެއް އައިސްދާނެކަމުގެ ބިރެވެ. ވާންވީ ވަރަށް އުފާވާންވެސް ހަނދާންނުވިއެވެ.

ނޭނގޭ ބިރަކުން ހިތް ނުތަނަވަސްވަނީއެވެ. ވަރަށް އަމާންކަމާއެކު ކެއުން ނިންމާލިއެވެ. ހިތްދަތިވާނެ އެއްވެސް ކަމެއް ދިމާނުވިނަމަވެސް ސަރާއަށް ހަމަޖެހުމެއް އިހްސާސްއެއް ނުވިއެވެ. ކެއުން ނިމެންދެން ޝާއިން އިނީ ކެތްތެރިކަން ކުޑަވެފައެވެ. ސަރާ ގާތު ބުނަންބޭނުންވާ ވާހަކައިގެ ބޮޑުކަމުންނެވެ. ޝާއިންގެ ވެސް ހިތްވަނީ އަވަސްވެފައެވެ. ކުރަން އުޅެނީ ރަނގަޅުކަމެއް ބާވައޭވެސް ހިތަށްއެރިއެވެ. ނަމަވެސް މިހާ ދުރަށް އައިސް ފަހަތަށް ޖެހޭކަށް ނުރުހެވުނެވެ. ސަރާ އޭނަގެ އެދުމަށް ދެކޮޅު ނުހަދާނެކަމުގެ ޔަޤީންކަން އޮތްލެއް ބޮޑުކަމުންނެވެ. ޝާއިންގެ ހަޔާތުގެ ބައިވެރިއަކަށް ސަރާއަށް ވުރެ ކަމުދާ ކުއްޖެއް ނުފެނުނެވެ. ޝާއިންގެ ލޯތްބަށް އެދި ސަލާންޖަހާ އެތައް އަންހެން ކުދިންނެއް ތިއްބެވެ. ޝާއިންގެ ހިތުން އަލަށްވެސް ޖާގައެއް ހޯދި ހަމައެކަނި އަންހެން ކުއްޖާ މިއިނީ ކުރިމަތީގައެވެ. ޝާއިންއަށް މުޅި ދުނިޔެ މިލުކުވި އިހްސާސްވިއެވެ. އެހާވެސް އުފާވެރިކަން އިހްސާސްވީ ސަރާ އޭނަގެ ހުށައެޅުން ޤަބޫލުކުރުމުންނެވެ. ދެހިތެއް ލޯބިން ގުޅުނީއެވެ. ތަޤުދީރުގަ އޮތްގޮތް އިނގޭނީ ކާކަށްހެއްޔެވެ.

ސަނާއަށް އަޑުއިވުނު ގޮތެއްކަމަށް ހީކޮށް އަލުން އިމްދާދުއަށް ގުޅިއެވެ. އެއީ ކޮންމެ ކުއްޖެއް ނަމަވެސް ސަނާ ބޭނުންވީ ވާހަކަ ދައްކާށެވެ. ސަނާއަށް އެނގިފައިވާ ގޮތުން އިމްދާދުގެ އާއިލާގައިވެސް އަންހެން ކުއްޖެއް ނުހުރެއެވެ. މިވީ ދުވަސްތަކުގައި އިމްދާދުގެ އާއިލާވެސް އެއްކޮށް އުޅެނީ ހުޅުމާލޭގައެވެ. ސުވާލުތަކުން ފުރިގެންވާ ހާލު ފޯނު ކަންފަތުގައި ޖަހާލިއެވެ. ތެޅިތެޅި އޮތް ހިތަކާ އެކީ ސަނާ ވާހަކަދެއްކިއެވެ. "ހަލޯ؟ އިމްދާދު އުޅޭތަ؟" އެކޮޅުން ފޯނުނެގި ކުއްޖާ އަނގައިންވެސް ނުބުނެ އިމްދާދުއާއި ފޯނު ހަވާލުކުރިއެވެ. ސަނާގެ ނުތަނަވަސްކަމށް ކުޑަވެސް ބަދަލެއްއައީ އިމްދާދު އާއި ވާހަކަ ދެކެވި އެއީ ކޮންކުއްޖެއްކަން އެނގުމުންނެވެ. ބޭކާރު ވިސްނުންތަކެއް ވިސްނާ އިމްދާދު އާއި ދޭތެރޭ ނުބައި ގޮތަކަށް ވިސްނުމުން ހިނިވެސްއާދެވުނެވެ. އިމްދާދު އަކީވެސް މިހާރު ހަރުދދަނާ ވަޒީފާއެއް އަދާކުރާ މަސްއޫލިއްޔަތު ބޮޑު މަޤާމެއްގައި ހުރި މީހެކެވެ. އެއީ މީގެ އަހަރުތަކެއް ކުރިން ސަނާ މެންނާއި އެކު ހީމަޖާ ކުރަންއުޅުނު އިމްދާދުއެއްނޫނެވެ. އެހެންނަމަވެސް އިމްދާދުގެ ހިތުގައި ސަނާ އާއި ދޭތެރޭ އެއްވެސް ޖަޒުބާތެއް ނުވާނަމަ އެހެން ކުއްޖަކާ ދޭތެރޭ ނަމަވެސް އެގޮތަށް ދެކޭނެކަން ސަނާއަށް އިނގެއެވެ. ސަނާ ވަރަށް ވިސްނުމަށްފަހު ނިންމީ ބޮއްކުރާދޮށަށް އޮޑި ކަނބާށެވެ. ހިތާމަ ކުރަންޖެހެނީ ނަމައިގެ ރިހަ ނުކެއްކިގެންނެވެ.

އެކަމަކު ދެމީހުން ދެމެދުގައި އޮތް އެކުވެރިކަންވެސް ގެއްލިދާނެ ކަމުގެ ބިރާ ހެދި އެކަމާ އުޅެންފަސް ވެސް ޖެހެއެވެ. ނަމަވެސް އަތް އުރާލައިގެން ހުރެވޭކަށްނެތެވެ. ކިތަންމެ ހިތަވަރެއް ހޯދައިގެން ގުޅިކަމުގައި ވިޔަސް ހާލު ބަލާލުން ފިޔަވައި އިތުރު ކަމެއް ނުކުރެވުނެވެ. އެކަހަލަ މިކަހަލަ ވާހަކަތަކެއް ދެއްކުމަށްފަހު ކޮންމެވެސް ދުވަހެއް ބައްދަލުވުމަށް ކަނޑަ އެޅުމަށްފަހު ފޯނު ކޯލު ކުރުކޮށްލީއެވެ. ސަނާގެ ޚިޔާލުތައް އިމްދާދުއާއި ގުޅިފައިވީ ފަދައިން އިމްދާދުގެ ޚިޔާލުތައް ގުޅިފައިވީ ސަރާއަށެވެ. ސަރާގެ ހާލު ބަލާލަން އިމްދާދު ގަސްދުކުރިއެވެ. އެކަމަކު ކުރިން އޮތްވަރުގެ އެއްވެސް ގާތްކަމެއް މިހާރު އެދެމެދު ނެތުމުން އިމްދާދުވެސް ފަސްޖެހިނީއެވެ. ކުރަން ކުރަން ތިއްބާ ތެޔޮނާށި ކާޅު ޖަހައިގެން އިރުވެސް އިމްދާދުއަށް ޚަބަރެއްވެސް ނުވިއެވެ. ސަރާގެ ދިރިއުޅުމުން އިމްދާދުއަށް ޖާގައެއް ނެތީ ކަމަށްވާނަމަ އިމްދާދުއަށް ސަނާއަށް ހިތްދެވިދާނެބާއެވެ. ސަނާއާއި ދޭތެރޭ އެނަޒަރުން ދެކެވިދާނެބާވައެވެ. ސަނާ އާއި ސަރާ އާއި ބަލާލުމަށް މާބޮޑު ތަފާތެއް ނެތްނަމަވެސް ދެކުދިންގެ މިޒާޖު މާ ބޮޑަށްވެސް ތަފާތީއެވެ. ލޯބިވެވެނީ ހަމައެކަނި ބޭނުން ފެންނަ ސިފައެއް ދެކެ ނޫނެވެ. ސަރާ އިމްދާދުގެ ހިތުން ޖާގަ ހޯދީ ސަރާގެ ހިތްގައިމު މަޑުމައިތިރި މިޒާޖެވެ. ލަދުވެތިކަމެވެ. އެއިން އެއްވެސްކަމެއް ސަނާގެ ނުހުރެއެވެ. އެހާ ރުޅިގަދައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ