މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
މިއަހަރުގެ ކިޔެވުން ފެށުމަށް ކުރިޔަށް ގެންދިޔަ އޮރިއެންޓޭޝަންގެ ތެރެއިން - ފޮޓޯ: މައިކޮލެޖް މީދޫ ކެމްޕަސް

މައިކޮލެޖް ރ. މީދޫ ކެމްޕަހުގައި ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަންޒު އިންޓަނޭޝަނަލް ކޮލެޖް (މައި ކޮލެޖް) ގެ ރ. މީދޫ ކެމްޕަހުގައި މިއަހަރު ޖުލައި މަހު ފަށާ ކޯސްތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 

މައިކޮލެޖް ރ. މީދޫ ކެމްޕަހުން އާންމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ޖުލައި މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު 30 ޖޫން 2020 އަށް ހުޅުވާލެވިފައިވާކަމަށެވެ. މިކޯސްތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހަފްތާ ބަންދުގައި މައިކޮލެޖް މީދޫ ކެމްޕަހުގައި ކަމަށާއި މިކެމްޕަހުގައި ބެޗެލަރސް ޑިގްރީ ކިޔަވާ ދަރިވަރުންނަށް ހަޔަރ އެޑިޔުކޭޝަންގެ އުޞޫލުތަކުގެ ތެރެއިން ހިލޭ ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް އެކެމްޕަހުން ބުނެފައިވެއެވެ. 

ޖުމުލަ 28 ކޯހެއް މިއަހަރުގެ ޖުލައިމަހު މައިކޮލެޖް މީދޫ ކެމްޕަހުގައި ފެށުމަށް ހަމަޖެހިފައިވެއެވެ. މިކޯސްތަކުގެ އިތުރު މަޢުލޫމާތު އެ ކެމްޕަހުގެ ފޭސްބޫކް ޕޭޖްގައި އާންމުކޮށްފައިވެއެވެ.

ކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް މައިކޮލެޖްގެ ވެބްސައިޓް www.micollege.edu.mv އަދި އިރާ އެކަޑަމީން ލިބެން ހުންނާނެކަމަށާއި ފޯމް ފުރިހަމަ ކުރުމަށްފަހު meedhoo.mic@gmail.com އަށް މެއިލް ކުރުމަށް އިޢުލާނުގައި އެދިފައިވެއެވެ. 

2014 ވަނަ އަހަރުގެ އޮގަސްޓްގައި ހުޅުވި މައިކޮލެޖް މީދޫ ކެމްޕަހަކީ މިފަހަކަށްއައިސް ރ. އަތޮޅުގެ ގިނަ ދަރިވަރުންތަކެއް މަތީ ތަޢުލީމު ޙާސިލްކުރަމުން ގެންދާ ކެމްޕަހެކެވެ. މީގެ އިތުރުން ބ. އަތޮޅުންވެސް ބައެއް ދަރިވަރުން މިކެމްޕަހުގައި މަތީތަޢުލީމް ޙާޞިލް ކުރަމުން ދާކަމަށް މަޢުލޫމާތު ލިބިފައިވާއިރު، މީދޫ ކެމްޕަހުގައި އެޑްވާންސް ލެވެލްއިން ފެށިގެން މާސްޓަރ ލެވެލްގެ ކޯސްތައްވެސް ކުރިޔަށް ގެންދެއެވެ. މިއަހަރު އަލަށް ގުޅުނު 48 ދަރިވަރުންނާއިއެކު ޖުމުލަ 148 ދަރިވަރުން މިއަހަރު މިކެމްޕަހުގައި ދަނީ މަތީ ތަޢުލީމް ހާޞިލް ކުރަމުންނެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ