މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ހިތް ތެޅުނުވަރުން - 14

ކޮޓަރިތެރޭގައި ނީނާ އުޅެމުންދިޔައީ ކައިވެނީގެ ހަފްލާއަށް ދިޔުމަށް ރީތި ހެދުމެއް ހޯދުމަށެވެ. ނީނާގެ އަތުގައި މާބައިވަރު ހެދުމެއް ނުވެސް ހުރެއެވެ. އެހެންނަމަވެސް ޢީދު ކަހަލަ ހާއްސަ ދުވަސް ދުވަހު ލައިފައި ހުންނަ ހެނދުން ނީނާ ބަހައްޓާފައި ހުރެއެވެ. އެހެންކަމުން އެ އަހަރު ޢީދުގައި ލީ ހެދުން ލުމަށް ނީނާ ނިންމިއެވެ. ހެނދުން ހޯދައި ނިމުނުއިރު ގަޑިން ފަސްގަނޑިބައި ހައެއް ޖަހައިފިއެވެ. ގަޑި ބަލާލާފައި ތައްޔާރުވުމަށް ނީނާ އަވަސްވެގަތެވެ. ފާތުން ތައްޔާރުކުރަން ނީނާއަށް ދެވޭނީ އޭނާވެސް ތައްޔާރުވެގެންނެވެ. އެހެންކަމުން ފާހާނާއަށް ވަދެ ފެންވަރައިގެން ނުކުމެ ތައްޔާރުވާންފެށިއެވެ. އިރުކޮޅަކުން މީހެއްގެ ހިލަންވެގެން ނީނާ ކޮޓަރީން ބޭރު ބަލާލިއެވެ. ދޮރުމަތީގައި ހުރި މީހާ ފެނިފައި ނީނާ ހައިރާންވެ ދެލޯ ބޮޑުވިއެވެ.

"ޒާހިރު" ނީނާ އަށް ކިޔާލެވުނެވެ.  ޒާހިރު ކޮންއިރަކުއައީ؟ ޒާހިރު ފެނުމުން ނީނާގެ ހިތުތެރޭގައި އުފެދުނީ ނޭނގޭ އިހުސާސްތަކެކެވެ. ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް ނީނާއަކަށް ނުވިސްނުނެވެ. ޒާހިރުގެ ގާތުގައި ހުރިހާ ޝަކުވާތަކެއް ބަނޑުންކޮށްލަންވެސް ނީނާގެ ހިތްއެދުނެވެ. ޒާހިރުގެ ކުރިމަތީގައި ހުއްޓިލައިގެން ނީނާއަށް ހުރެވުނީއެވެ. ޒާހިރުގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. އާއެކެވެ. އިއްބެގެ ކައިވެންޏަށް މައިޝާއާއި އެކީގައި ޒާހިރުވެސް އައެވެ. ރަށަށް ނައުމަށްޓަކާ ޒާހިރުއަށް ދެއްކެން ހުރި ހުރިހާ ބަހަނާއެއް ދެއްކިއެވެ. ނަމަވެސް ކައިވެންޏަށް އެހާ ގިނަދުވަސް ނުވާތީ މައިޝާގެ އާދޭހާއެކީގައި ރަށަށް އަންނަން ޒާހިރުއަށް މަޖުބޫރުވީއެވެ. ރަށަށް އައުމުން ވެދާނެގޮތް ޒާހިރުއަށް މާކުރިން އެނގެއެވެ. މައިޝާއާއި ޒާހިރުއާއި ދެމެދު ގުޅުމެއް އޮތްކަން ނީނާއަކަށް ނޭންގޭނެއެވެ. އެނގިއްޖެނަމަ ނީނާ ޒާހިރުއާއި ނީންނާނެއެވެ. ޒާހިރު ކޮންމެހެންވެސް ނީނާއާއި ކައިވެނި ކުރަން ބޭނުންވެއެވެ.

އިއްބެ ތައްޔާރުވީއިރު މައިޝާއާއި އާޒިމް ކައިރީގައި ތިއްބެވެ. ލޯގަނޑުކުރިމަތީގައި ހުއްޓިލައިގެން އިސްތަށިގަނޑު އެކިއެކި ގޮތްގޮތް ހަދަމުން ދިޔައިރު އާޒިމާއި މައިޝާ ދިޔައީ އިއްބެއާއި ދިމާކުރަމުންނެވެ. އޭގައި އިއްބެވެސް ދިޔައީ އުފަލާއެކު ބައިވެރިވަމުންނެވެ. މައިޝާއާއި އިއްބެ ސަކަރާތްޖަހަމުން ދިޔައިރު އާޒިމްގެ ސަމާލުކަން ގެއްލި ހުއްޓިފައި އިނީ ނީނާގެ ފިކުރުގައެވެ. ނީނާގެ ގާތުގައި ހަގީގަތް ހާމަކުރަން އާޒިމް ނިކަން ބޭނުންވެއެވެ. ނީނާއާއި މިވަގުތުވެސް ބައްދަލުކުރަންދާން އާޒިމް ބޭނުންވިއެވެ. އިރުކޮޅަކުން އިއްބެގެ މަންމަ ދޮރުމަތީގައިހުރެ އިއްބެއަށް ގޮވާލާފައި އައުމަށް އެދުނެވެ. އިއްބެ ނުކުންނަން ހިނގައިގަތީ އާޒިމް ގާތުގައި ތައްޔާރުވެގެން އަންނަން ބުނެފައެވެ. މައިޝާވެސް އިސްތަށިގަނޑު ރީތިކޮށްލަމުން ނުކުތެވެ. އާއެކޭ ބުނުމުގެ ގޮތުން އާޒިމް ބޯ ޖަހާލިއެވެ. ތައްޔާރުވެލައިގެން އާޒިމް ފުރަތަމަވެސް ދިޔައީ ނީނާމެންގެ ގެއަށެވެ. އާޒިމް ދިޔައިރު ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އާޒިމް އެތެރެއަށް ވަދެގެން ދިޔައިރު ޖަހާފައި ހުރި ފަންކާގެ އަޑު ފިޔަވާ އިތުރު އަޑެއް ގެތެރެއަކުން ނީވެއެވެ. އާޒިމް މިސްރާބުޖެހީ ނީނާގެ ކޮޓަރިއާއި ދިމާލަށެވެ. ކޮޓަރިއާއި ކައިރިވީ ވަރަކަށް ފަނޑު އަޑެއް އިވޭހެން އާޒިމްއަށް ހީވިއެވެ. އެއީ ނީނާގެ އަޑު ކަމަށް އާޒިމް ނިންމިއެވެ. އެހެންކަމުން ނީނާމެން ކޮޓަރީގެ ދޮރުމައްޗަށް އާޒިމް އެރިއެވެ. ނީނާ އިން ހާލު ފެނުމާއެކު އާޒިމް ދިޔައީ ސިއްސައިގެންނެވެ. ލައިގެން އިން ހެދުމުގެ ކޮނޑުމަތިން އޮތީ ވީދިފައެވެ. އާޒިމަށް އެ އިވުނީ ނީނާގެ ރުއިމުގެ އަޑެވެ. 

(އާޒިމް އައުމުގެ ކުޑަ އިރުކޮޅެއްކުރިން) "ނީނާ" އަހަރެން މިއައީ ވާހަކައެއް ބުނަން" ޒާހިރު ވާހަކަދައްކަން ފެށިއެވެ. ޒާހިރު މަޑުމައިތިރިކަމާއެކީގައި ނީނާއާއި ވާހަކަދެއްކި މީ ފުރަތަމަ ފަހަރެވެ. އެހެންކަމުން ޒާހިރުގެ ވާހަކަ އަޑުއަހަން ނީނާއަށް ހުރެވުނީ ހައިރާންވެފައެވެ. ހަރުކަށި ރުޅިގަދަ ޒާހިރު މިހާ މަޑުމައިތިރިކޮށްވާހަކަ ދައްކަން ދަސްކުރީ ކޮންއިރަކުބާއޭ ނީނާގެ ހިތަށް އަރަމުން ދިޔައެވެ. މި ހިޔާލުގައި ހުއްޓާ ޒާހިރުގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. " ނީނާ އަހަރެން ވަރަށް އަވަހަށް ނީނާއާއި ކައިވެނިކުރަން ބޭނުން" މިއޮތްހާ ދުވަހު އަހަންނަށް ނީނާއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތާމެދު އަހަރެން މާފަށް އެދެން، އެކަމާ އަހަރެން ވަރަށް ދެރަވޭ!!!  އިސްޖަހާލައިގެން ހުރެ ޒާހިރު ވާހަކަ ދައްކަން ފެށިއެވެ. ޒާހިރު ހަމަ އަސްލުގައިވެސް ބަދަލުވީބާއޭ ނީނާގެ ހިތައް އަރަމުންދިޔައެވެ. ޒާހިރުއާއި ކައިވެނި ކުރުމަކީ މިވަގުތައް ނީނާއަށް އެންމެ ރަނގަޅު ގޮތްކަމުގައި ނީނާއަށް ވިސްނެންފެށިއެވެ. އެހެންކަމުން ޒާހިރުއާއި އިންނަން ނީނާވެސް އެއްބަސްވިއެވެ. ޒާހިރުގެ ރާގު ބަދަލުވެފައިވާތީ ނީނާވެސް ގަބޫލުކުރީ އެގޮތް އެއީ ނީނާއަށްވެސް އެންމެ ރަނގަޅު ގޮތްކަމުގައެވެ. ނަމަވެސް ހިތުގެ އެންމެ އަޑިން ނިނާގެ ހިތްނުތަނަވަސްކުރުވަމުން ދިޔައެވެ. ޒާހިރުއާއި ކައިވެނި ކުރަން އެއްބަސްވެވިއްޖެއެވެ. އެހެންނަމަވެސް ހިތަކަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. ނީނާގާތުގައި މަޑުކޮށްލުމަށްފަހު ޒާހިރު ފާހާނާއަށް ވަންނަން ހިނގައިގަތެވެ. ޒާހިރުގެ ފޯނާއި ވޮލެޓު ރީތިވާ މޭތުމަތީގައި ބާއްވާފައި ފާހާނާއަށް ވަނެވެ. ޒާހިރު ފާހާނާއަށް ވަނުމުން ނީނާވެސް ރީތިވާ މޭޒާއި ދިމާލަށް އެނބުރިލާފައި ބުރުގާ ރީތިކޮށްލިއެވެ. އެވަގުތު ޒާހިރުގެ ފޯނު ވައިބުރޭޓް ވާން ފެށިއެވެ. ފޯނުގެ ސްކްރީނުން ފެންނަން ހުރި ނަމުން ނީނާގެ މޫނުމަތީގައި  ހީވީ މީހަކު އެތިފަހަރެއްޖެހިހެންނެވެ. ފޯނުގެ ސްކްރީނުގައި އޮތީ "ވައިފު"..ފޯނު ނަގައި ސްކްރީނަށް އަރައި އިން ފޮޓޯއަށް ރަނގަޅަށް ނީނާ ނަޒަރު ހިންގާލިއެވެ. ފޮޓޯގައި އިނީ ޒާހިރުއާއި އެހެން އަންހެނެކެވެ. ކައިވެނީގެ ހެދުމުގައެވެ. އިރުކޮޅަކުން ފޯނު ކެނޑުނެވެ. "ވައިފު" ޖަހާފައި އިން ނަމްބަރުން 10 ފަހަރު ގުޅާފައި އޮތެވެ. ނީނާގެ ދެލޯ ފެންކަޅިވިއެވެ. ޒާހިރުގެ މަކަރުވެރިކަން ނީނާއަށް އެވަގުތު ވިސްނުނެވެ. ކައިވެނިކޮށްގެން ހުރެ ނީނާއާއި ކައިވެނި ކުރަން ޒާހިރު ބޭނުންވުމުންނެވެ. ޒާހިރު ކައިވެނިކޮށްގެން އުޅޭތާ ކިތައް އަހަރު ވެދާނެބާއޭ ނީނާގެ ހިތަށް އަރަމުންދިޔައެވެ. 

މައިޝާ އިރުއިރުކޮޅާ ފޯނުން ކޮންމެވެސް މީހަކަށް ގުޅާލަ ގުޅާލައި ހުރި މަންޒަރު އާޒިމަށް ފެނުނެވެ. ޒާހިރު ފޯނު ނުނަގާ ކޮންމެ ފަހަރަކު މައިޝާގެ މޫނު ކުނިކޮށްލާފައި ތުން އަނބުރާލައެވެ. މިމަންޒަރު ބަލަން ދުރުގައި ހުރި އާޒިމް ކައިރިއަށް އައިސް ބުނެލިއެވެ. "މައީ" ކިހިނެއްވީ ؟؟ ކާކަށް ނުގުޅިގެން ތިއުޅެނީ؟ "ޒާހިރ، މިހާރު ކޮން އިރެއް ގުޅާތާ..ފޑަކަށް މޫނު ހަދާލަމުން މައިޝާ ބުނެލިއެވެ. "ވެދާނެ ގުޅާކަން ނޭންގެނީ ކަމަށް !! ފާޑަކަށް އާޒިމް ބުނެލިއެވެ. މިހެން ބުނުމަށްފަހު އާޒިމް ހިނގައިގަތީ ނީނާ މެންގެއާއި ދިމާލަށެވެ. ނީނާ ކޮބައިތޯ ބެލުމަށެވެ. ފާތުން ނީނާ ހޯދަން އުޅޭތީއެވެ. ނީނާގެ ފޯނަށް ގުޅާ ގުޅާ ނުގުޅިގެން އެގެއަށް ގޮސް ބަލާލަދޭން އެދުމުންނެވެ. " އާޒިމް ކޮންތާކަށް ތިދަނީ!! އާޒިމް ހިނގައިގަތް ވަގުތު މައިޝާ ސުވާލުކޮށްލިއެވެ. "އެބަ އަންނަން ރައްޓެއްސެއް ގޮވައިގެން" 
ކައިވެނީގެ ވަގުތު ކައިރިވަނީއެވެ. އިއްބެއާއި ފާތުން ތިބީ މިހާރު ގެސްޓު ހައުސްގެ ޓެރަސްމަތީގައެވެ. އަދިވެސް ނީނާއެއް ނާދެއެވެ. ފާތުން އިރުއިރުކޮޅާ ސިޑިއާއި ދިމާލަށް ބެލެނީ ނީނާ ކޮބައިތޯ ބެލުމަށެވެ. އިއްބެގެ މައިންބަފައިންނާއި ފާތުންގެ މައިންބަފައިންނާއި ތިމާގެ މީހުންނާއި އެކުވެރިންނާއި އެންމެން ތިއްބެވެ. އެތަނުގައި މިހާރު ނެތީ ނީނާއާއި އާޒިމެވެ. މައިޝާ އެތެރެއަށް ވަދެގެން އައިސް އިއްބެއާއި ފާތުންގެ ކައިރީގައި މަޑުކޮށްލިއެވެ. "ކޮބާ އާޒިމް' އިއްބެ އަހާލިއެވެ. " ރައްޓެއްސެއް ގޮވައިގެން އެބަ އަންނަމޭ ކިޔާފައި ގޮއްސި" އާދައިގެ ގޮތަކަށް މައިޝާ ބުނެލިއެވެ. " އާޒިމް ދިޔައީ އަހަރެން ބުނެގެންނޭ..ނީނާ ކޮބައިތޯ ބަލާލަން..މިހާރު ކޮންއިރެއް!! އަދިވެސް ނިނާއެއް ނާދެއެއްނު... އަހަންނަށް ހީވަނީ ނީނާއަށް ކަމެއްވީހެން... ދެލޯ ބޮޑުކޮށްލައިގެން ހާސްވެފައިހުރެ ފާތުން ބުނެލިއެވެ...

ކައިވެނީގެ ހެދުމުގައި ފާތުން ފެންނަލެއް ވަރަށް ފުރިހަމަވެފައި ރީއްޗެވެ. އެވަގުތުވެސް އިއްބެއަށް ހުރެވުނީ ފާތުންއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. " ފާތުން ހާސްނުވެބަލަ" ނީނާ އަންނާނެއޭ" އެހެން ނޫނަސް އަންހެން ކުދިން ތައްޔާރުވާން ވަގުތު ނަގައެއްނު ދޯ މައި" މައިޝާއަށް ދޯ ދެމުން ހެމުން އިއްބެ ބުނެލިއެވެ. " ހޫމް އަބަދުވެސް ކޮންމެވެސް ސަމާސާއެއް ކުރެވޭތޯ ބަލާތި! އިއްބެގެ މުލައްދަޑީގައި ޖަހާލަމުން  މައިޝާ ބުނެލިއެވެ. އެވަގުތު ފާތުންއަށްވެސް ހެވުނެވެ. "ތިހެން ހިނިތުންވެލައިގެން ހުރެބެލަ" ފާތުންގެ ކޮލުގައި ފިރުމާލަމުން އިއްބެ ބުނެލިއެވެ. " ލަވް ބާރޑްސް ވާހަކަ ދައްކާލަން ތިބޭ...އެބަ އަންނަން..ހިނިތުންވެލާފައި މިހެން ބުނަމުން މައިޝާ ދިޔައި އިއްބެގެ މަންމަގެ ގާތަށެވެ.
ނީނާ ފޯނަށް ބަލަހައްޓައިގެން ހުރި މަންޒަރު ފާހާނައިން ނުކުތް ޒާހިރުއަށް ފެނުނެވެ. އަވަސް ހިނގުމެއްގައި ގޮސް ނީނާގެ އަތުން ފޯނު އަތުލިއެވެ. "ކީއްތިކުރަނީ" ވަރަށް ބާރަށް ރުޅިއައިސްފައިހުރެ ޒާހިރު ބުނެލިއެވެ." ޒާހިރު ކީއްކުރަންތަ ތިއުޅެނީ" މީހަކާއި އިނދެގެން ހުރެ އަހަންނާއި ކައިވެނިކުރަން" ތިއީ ބޮޑު ދޮގުވެރިއެއް، މަކަރުވެރިއެވެ" ޒާހިރުގެ މޭގައި އަތްއަޅާ ކޮއްޕާލަމުން ރުޅިވެރިކަމާއެކީގައި ނީނާ ބުނެލިއެވެ. " ނީނާގެ އަތުގައި ހިފާފައި އަނެއްކޮޅަށް ޒާހިރު ނީނާ އަނބުރާލިއެވެ. "ދެން ކީއްތަވީ" ކިތަންމެ ވަރެއްކުރިޔަސް މަށާ އިންނަން ޖެހޭނީ" އެހެންނޫނީ މަންމަނެގި ލޯނު ކިހިނެއް ދައްކާނީ" ރުޅިވެރިކަމާއެކީގައި ނީނާ ޒާހިރުއާއި ދިމާލަށް ބަލާލިއެވެ. "ހެޔޮ އަހަރެން ލޯނު ދައްކާނަން" އެކަމަކު ކަލެއަކާ ނީންނާނަން..އެހެން ނޫނަސް ކަލޭ ކަހަލަ ހިތެއްނެތް ރުޅިގަދަ ހަރުކަށި މީހަކާއި އިންނާނީ ކާކު" ނީނާވެސް ދުލެއް ނުކުރިއެވެ. " ނީންނާނަންތަ؟ދަތް ބާރުކޮށްލާފައި ޒާހިރު އަހާލިއެވެ. "އާން" ޒާހިރުގެ މޫނަށް ބަލަހައްޓައިގެން ރުޅިވެރިކަމާއެކީގައި ނީނާވެސް ބުނެލިއެވެ.

ހުރެބަލަ މުޅި ރަށަށް ބޭޒާރުކޮށްލާނަން، އަހަންނާއި އިންނަވަރުކުރާނަން، މިހެން ބުނުމަށްފަހު ނީނާގެ ބުރުގާގައި ހިފާދަމައިގަތެވެ. އެވަގުތު ބުރުގާގައި ޖަހާފައި ހުރި ޕިންތަކުގެ ސަބަބުން ނީނގެ ކޮނޑަށްވި ތަދުން ބާރަށް ހަޅޭލަވައިގަތެވެ. ނީނާ ލައިގެން ހުރި ހެނދުމުގެ ކަރުވަޅިގައި ހިފާ އިރާލިއެވެ. އަދި ޖަނަވާރެއްފަދައިގެން ނީނާގެ ގަޔަށް އަރައި ގަދަކަމުން ނީނާގެ އިއްފަތް ފޭރިގަތެވެ. ރޮމުން ހަޅޭލަވަމުން ދިޔަ ނީނާއަށް އެހީތެރިވެދޭނެ މީހެއް އެވަގުތު އެތާކު ނެތެވެ. މިއީ ޒާހިރު ނީނާއަށް މިގޮތަށް އަނިޔާކުރި ފުރަތަމަ ފަހަރެއް ނޫނެވެ...އެހެންނަމަވެސް ނީނާގއ އިފަތްތެރިކަން ޒާހިރު މިރޭ ނިގުޅައިގަނެފިއެވެ. ޒާހިރުގެ ހިތްފުރުމުން ނީނާ އޮތްގޮތަށް ބާއްވާފައި ނުކުމެގެން ހިނގައްޖެއެވެ. ނީނާ ފަކީރު ރޮއި ރޮއި ހަލާކުވެއްޖެއެވެ. ނީނާ އޮތްގޮތަށް އޮތީއެވެ.އިސްތަށިގަނޑު ވަނީ ހޭވިފައެވެ. އުނަގަނޑުން ތިރީގައި އަންނައުނެއް ނެތެވެ. ލައިގެންހުރި ހެދުމުގެ ކޮނޑުމަތިންވަނީ ވީދިފައެވެ. ކަރުވަޅުއޮތީ ހާމައަށް ފެންނާށެވެ. ޕިންތަކުން ލިބިފައިވާ ޒަހަމްތައް ހިސާބަކަށް ފެންނަން ހުއްޓެވެ. މަޑު ކުކުރުމެއްގައި ތެދުވެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ތެދުވެވޭހާ ހިތްވަރުނެތުމުން އެދުގައި ލެނގިލިއެވެ.

ނީނާއިން ހާލުފެނިފައި އެދިމާލަށް އާޒިމަށް ދުއްވައިގަނެވުނެވެ. އަދި ބެޑްޝީޓު ނަގައި ނީނާގެ ގައިގައި އޮޅާލިއެވެ. ނީނާއާއި ވާހަކަދައްކަން އާޒިމް މަސައްކަތްކުރިއެވެ. ނަމަވެސް ގޮވާ ގޮވާ ނީނާގެ އަނގައިން ބަހެއް ނުބުންޏެވެ. "ނީނާ ކިހިނެއްވީ!! މިއީ ކާކު ކުރިކަމެއް!! އަދިވެސް އާޒިމްގެ ސުވާލުތައް ނުހުއްޓެއެވެ... އަދިވެސް ނީނާ އެ އިންގޮތަށް އިނީއެވެ. ނީނާ އަހަރެން މިއައީ ފާތުން ބުނެގެން...ނީނާ ވާހަކަދައްކަބަލަ" ފާތުން އުޅެނީ ނީނާއަށް ނުގުޅިގެން ކަންބޮޑުވެގެން..ފާތުންގެ ކައިވެނީގެ ވަގުތު ޖެހެނީ..އަދިވެސް ނީނާ އިންގޮތަށް އިނީއެވެ.."އާޒިމް އެ ހުރިހާ ވާހަކައެއް ދެއްކިއިރުވެސް  ނީނާ އަޅާވެސް ނުލައެވެ.."ނީނާ" އާޒިމް ނީނާގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ... ނީނާގެ ރުއިމުގެ އަޑުގަދަވިއެވެ. އަޑުން އަޑުނަގާ ބާރުބާރަށް ރޯންފެށިއެވެ.އަދި އާޒިމްގެ ގައިގައި އޮޅުލައިގަތެވެ. "ޒާ...........ޒާ......ޒާހިރު ވަރަށް އުނދަގުލުން ނީނާއަށް ބުނެވުނެވެ. 

(ނުނިމޭ)


(މިވާހަކައަކީ ހަފްތާއަކު އެޕިސޯޑެއް ނެރޭގޮތަށް ޝާއިޢު ކުރެވޭ ވާހަކައެކެވެ.)

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އަހުރެން 3 years ago

ވަރަށް ވަރަށް ރީތި ވާހަކަ އެއް. ހަފުތާގެ ކޮންމެސް އެއް ދުަހެއް ހެދީމާ(ވަކި ދުވަހެއް) ވަރަށް ފުރިހަމަ ވާނެ.

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ