މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: މިތުރާނޫނީ ނެތޭ 6

އަހަންނަށް ނިދުމުން އަހްސަން ދިޔައެވެ. އަހަންނަށް ހޭލެވުނުއިރު އަހްސަން އޮފީހަށްވެސް ގޮސްސިއެވެ. އަހަރެން ތައްޔާރުވީ ނާސްތާ ކޮށްގެން ސުމާއާއި ގުޅާށެވެ. ގަދަ ވިއްސާރައަށް ފަހު ހެނދުނު އޮތީ ވަރަށް ހިމޭންކޮށެވެ. ކުޑަދޮރުން އަހަރެން ބޭރު ބަލަން ހުއްޓާ މުފީދާ ސައި އަހަންނަށް ގެނެސްދިނެވެ. ޑޮކްޓަރު އަރާމް ކުރަންބުނެފައި އޮތް ނަމަވެސް އަބަދު އޮށޯވެ އޮތުންވީ މާ ބޮޑުވޭނެކަށެވެ. އެހެންކަމުން މަދުމަދުން ނަމަވެސް އަހްސަން ނޫޅޭ ވަގުތުތަކުގައި އަހަރެން ހިނގާލާ މަސައްކަތް ކޮށްލާ ހަދަމެވެ. އެކަމާ މުފީދާވެސް ހާސަރުދަމައެވެ. އަހަރެން ހަމަ ނީވޭ ކަންފަތް ހަދައިގެން އުޅެނީއެވެ. ސައިބޮއި ރަނގަޅަށް ހަމަޖެހިލަމުން ސުމާއަށް ގުޅާލީމެވެ. ދެތިން ފަހަރު ރިންގްވުމަށްފަހު ފޯނު ކެނޑުނީއެވެ. އަހަރެން ނިންމީ ސުމާ އަދި ނިދާ ނުހޭލަނީކަމަށެވެ. އަހަރެންގެ ބޭނުމަކަށްވީ ސުމާ އާއި އަހްސަން އަލުން ގުޅުމެވެ. އަހަރެންނަކީ އެންމެގާތް އެކުވެރިޔާކަމަށެވެ. އޭނާ އަހަރެންނަށްދޭ ހިމާޔަތާއި ކުލުނަކީ އޭރުގެ އެހާދިސާއިން އަހަރެން ސަލާމަތްކޮށް ނުދެވުނީތީ އޭނައަށް ކުއްވެރިކަމުގެ އިހްސާސް ކުރެވޭތީ ވާގޮތެއްކަމަށެވެ. ކިތަންމެ ވަރަކަށް އަހްސަން އަހަރެންދެކެ ލޯބިވާ ކަމުގައި ބުނި ނަމަވެސް އަދި އަމަލުން އެކަން ފެނުނުނަމަވެސް އަހަރެން ކިތަންމެ ޤަބޫލުކުރަން ބޭނުންވި ނަމަވެސް އަހަރެން އެކަމް ޤަބޫލުކުރާހިތެއް ނުވެއެވެ.

ކިތަންމެ ވަރަކަށް އަހަރެންގެ ހިތަށް އަހަރެން ވިސްނައިދިން ނަމަވެސް ހިތުގައިވީ ޝަކުވާއެވެ. އަހަރެންގެ ހިތުންވެސް ބޭނުންވަނީ ތެދުވެރި ލޯތްބެވެ. ދިމާލަށް ލިބެން އޮތްއިރުވެސް އަތްލަން ނުކެރިގެން މިއުޅެނީ މީހެއްގެ ހައްގަކަށް އަރައިގަންނަ ބޭނުން ނުވާތީއެވެ. ކިތަންމެ ރަނގަޅަކަށް މިކަމާ މަސްވަރާތައް ކުރެވިފައި ވީ ނަމަވެސް، އަހަރެންނަށް ވިސްނެނީ މިއީ އެންމެ ރަނގަޅު ގޮތެއް ނޫންކަމުގައެވެ. ކުޑަނަމަވެސް ހިތަށް ހަމަޖެހުމެއް ލިބޭނީ ސުމާ މިކަމުގައި ދެކޭގޮތް އަހަންނަށް އެނގިގެންނެވެ. އަހަރެން ދަންނަ ސުމާއެއް އަހްސަންދެކެ އެހާ ބޮޑަކަށް ލޯތްބެއްނުވެއެވެ. އެކަމަކު އަހްސަން ނެތުމުގެ އުނިކަން އެންމެ ބޮޑަށް އިހްސާސްމިވީ އަހަންނަށް ފެންން ގޮތުގައި ސުމާއެވެ. ގޮތެއް ނިންމަން އެހާ އުނދަގޫވެގެން މިއުޅެނީ މިކަމުގެ އަހްސަންގެ ރުހުން ނެތުމުން ކަމެއް އަހަންނަކަށް ނުވިސްނުނެވެ. ގަދަކޮށްލަން ހަދައިގެން ކުޅެވެނީ އަހްސަންގެ ދިރިއުޅުމާކަމެއް އަހަރެން ނުވިސްނިއެވެ. އަމިއްލަ އެދުން އިސްކުރާ މީހަކަށް ނުވާން އަހްސަންގެ އެދުން ތަކުގައި ކޮޅުފައިން ޖެހުންކަމެއް އަހަރެން ނުދެނަހުރީމެވެ. އަހްސަންގެ ގަނޑުވަރު ބިނާކުރަން ތިމާގެ ގަނޑުވަރު ފަނާކުރެވޭކަށްވެސް ރޭކާވެސް ނުލިއެވެ. އަހަރެންވެސް މިވީ އެހެންމީހުން ފަދައިން އަމިއްލަ އެދުމުން ފޯވެފައި ހުރި މީހަކީ ހެއްޔެވެ. އެހެނެއް ނުވާނެއެވެ. އަހަރެންނަށް ނުލިބުނު ލޯބި އަހްސަނަށް ހޯދަދޭނަމަވެ.

އެދުވަހު ސުމާ ފަހުން ގުޅިއިރު އަހްސަން ހުރީ އަހަރެން ގާތުގައެވެ. ވީމާ އެކޯލަށް އަހަންނަށް ޖަވާބެއް ނުދެވުނެވެ. އަހަރެން ނިންމީ އެއީ އަހަރެމެން ތިން މީހުންނަށްވެސް އެންމެ ރަނގަޅު ގޮތްކަމުގައެވެ. ދެން އިތުރަށް ވިސްނާނެކަމެއް ނެތްކަމަށެވެ. ނަމަވެސް ތަޤްދީރު ރާވާ ކުޅިގަނޑު ނިކަން ދެކޭށެވެ. އަކުރަމުގެ ވިޔާނުދާ ކަމުގެ ސަބަބުން ދެން ޝިކާރައަކަށް ވެގެން ދިޔައީ ސުމާއެވެ. އަހަރެންގެ ފަރާތަކުން އަކުރަމުގެ އެއްވެސް ވާހަކައެއް އަހްސަން ނޫން މީހަކަށް ނޭންގޭނެއެވެ. އެހެންނަމަވެސް ސުމާއަށް ހަޤީގަތް އެނގުނީ އަކުރަމުގެ ދުލުންނެވެ. ސުމާއަށްވެސް ކަންތައް ދިމާވީ އަހަރެންނަށްވެސް ކަންތައްކުރިގޮތަށެވެ. އަކުރަމުގެ ކަރުހިއްކުން ފިލުވާލީ ސުމާގެ އިއްފަތްފޭރިގެންނެވެ. އެކަމުގެ ސަބަބުން ސުމާގެ ބޮޑާކަމާއި ކިބުރުވެރިކަންވެސް ފިލައިފިއެވެ. އަހްސަންގެ ކިބައިން މާފަށްއެދި އޭނަގެ އަމިއްލަ ހާލަށް އުޅޭނެ ކަމުގައި ބުނެ ފޮނުވި މެސެޖް އަހްސަން އަހަންނަށް ދެއްކިއެވެ. ސުމާ އަހަރެންދެކެ ކުރިން ނަފްރަތު ކުރިކަމަށާއި އަހްސަންއާއި އެކު އަހަރެން ފެނުމުން އުނދަގޫވާ ވާހަކަވެސް އޮތެވެ. ނަމަވެސް އަހަރެންގެ ކިބައިންވެސް މާފު އެދި ދެމީހުން އެއްކޮށް އުޅުމަށް ސުމާ އެދިފައިއޮތެވެ. އަހްސަންގެ ވާހަކަތަކުން އެނގުނުގޮތުން އަހްސަން ވަނީ ސުމާދެކެ ވަރަށް ބޮޑަށް ފޫހިވެފައެވެ. އެހެންނަމަވެސް އަހްސަންގެ ލޯތްބަށް ޤަދަރުކުރިކަމަށްޓަކައި ހިތް ވެސްވީ ޝުކުރުން ފުރިފައެވެ. ދެން އެއީ އަނެއްކާވެސް އަހަރެންގެ ހަޔާތަށް ބަހާރުމޫސުމެވެ.

ކޮންމެ މީހަކަށްވެސް ދިމާވާ އެންމެ ކަމެއްގެ ސަބަބުން މުޅި ދިރިއުޅުން ބަދަލު ކޮށްލައެވެ. އަނެއްމީހާ އުފުލާ ވޭނެއް ތިމާއަށް އެކަހަލަ ކަމެއް ނުޖެހޭހާ ހިނދަކު އިހްސާސެއް ނުކުރުވޭނެއެވެ. އަހަރެން ހުރި މަޤާމުގައި ހުރިނަމަ އަހަރެން ކުރާނެ އިހްސާސް މިއަދު ސަމާއަށް ކުރެވޭނެއެވެ. އެކަމާ  އަހަރެން އެއްވެސް އުފަލެއް ނުވަމެވެ. އެހެންނަމަވެސް އަހްސަން އާއި އަހަރެނާއި ގުޅުމަށް އެއްވެސް ހުރަހެއް ނެތުމުން ހިތްހަމަޖެހުމެއް ލިބުނެވެ. އެންމެ ބޮޑަށް އުފާވީ އަކުރަމް ކުރިކަންތަކުގެ ހިތި އަކުރަމަށް ބޯން ލިބުމުންނެވެ. އެހެން ކޮންމެ ކުއްޖަކާ އެކީ އަތުގައި ހިފައިގެން ހިތްވަރު ދޭކަށް އަހްސަނެއް ނުހުންނާނެއެވެ. އެހެން އެއްވެސް ކުއްޖަކަށް އަހަރެން ވޭތިކުރި ކަހަލަ ދުވަހެއް ހުވަފެނުންވެސް ފެންނާކަށް އަހަރެން ބޭނުމެއްނޫނެވެ. ބަދުނާމާ އެކަނިވެރިކަމަކީ ކިޔާލަން ފަސޭހަ ތަހައްމަލު ކުރަން ދަތި ކަންތައްތަކެކެވެ. އެދުވަހު އަހަރެން ކުރި އިންތިޒާރުގެ ނުމުން މިއަދު ވަރަށް ފޮންޏެވެ. އަހަރެންގެ ކެތްތެރިކަމުގެ އިންތިޒާރު ބޭކާރެއްނުވިއެވެ. އެދުވަހުވެސް މިއަދުވެސް އަހަރެން މިވީ ހިތްވަރުގަދަ މީހަކަށެވެ. ތަފާތަކީ އެދުވަސް ތަކުގައި އަހުރެންގެ ހިތްވަރަކަށް އަހަރެން ލޯބިވާ އެންމެން ތިބިކަމެވެ. ނަމަވެސް މި ތޫފާނުގައި ހިތްވަރުކުރަން ޖެހުނީ އެކަނިކަމަށް ވާކަމެވެ. ދެން ކޮންމެ ގޮތެއްވިޔަސް އަހަރެން އެކަނިވެރިކަން ދެކެ ބިރެއް ނުގަންނާނެއެވެ .

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ