މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

ރ. އަތޮޅުގައި އިތުރު އެއަރޕޯޓެއް އަޅާގޮތަށް ނެތްކަމަށް ޓްރާންސްޕޯޓުން ބުނެފި

މިހާރު އޮތް ޕްލޭންގައި ރ. އަތޮޅުގައި އިތުރު އެއަރޕޯޓެއް އަޅާގޮތަށް ނެތްކަމަށް ޓްރާންސްޕޯޓުން ބުނެފިއެވެ. 

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރ. އަތޮޅުގެ ދެކުނުގައި އެއަރޕޯޓެއް އަޅުއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށާއި، ނަމަވެސް، މިރޭ ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، މިހާރު އޮތް ޕްލޭންގައި ރ. އަތޮޅުގައި އެއަރޕޯޓެއް އެޅުމަށް ހަމަޖެހިފައި ނުވާކަމަށް ކަމަށެވެ. 

މެންބަރު އާދަމް ޝަރީފް އިތުރަށް ވިދާޅުވެފައިވަނީ، އިރާދަކުރެއްވިއްޔާ ޕީ.ޕީ.އެމް / ޕީ.އެން.ސީގެ ވެރިކަމެއްގައި ރ. އަތޮޅުގައި އެ އެއަރޕޯޓް އަޅާނެކަމަށެވެ. 

ރ. އަތޮޅުގައި މިހާރުވެސް ޑޮމެސްޓިކް އެއަރޕޯޓެއް އޮވެއެވެ. އަދި ފާއިތުވި ސަރުކާރުން ރ. ފައިނުގައިވެސް އެއަރޕޯޓެއް އެޅުމުގެ ގިނަ މަސައްކަތްތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ. ނަމަވެސް، ފައިނުގައި އެއަރޕޯޓް އަޅަން ހަމަޖެހިފައި ނުވާކަމަށް މިސަރުކާރުން ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ