މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ސަން

ޕީޕީއެމް / ޕީއެންސީގެ ވެރިކަމެއްގައި ރ. އަތޮޅުގައި އިތުރު އެއަރޕޯޓެއް އަޅާނެ - އާދަމް ޝަރީފް

ޕީޕީއެމް / ޕީއެންސީގެ ވެރިކަމެއްގައި ރ. އަތޮޅުގައި އިތުރު އެއަރޕޯޓެއް އަޅުއްވާނެކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
 
އާދަމް ޝަރީފް މިހެން ވިދާޅުވީ، ސަރުކާރުގެ މަސްޢޫލިއްޔަތު ޢަދާކުރާ މިންވަރު ބަލާ ކޮމެޓީގައި، މިހާރު އޮތް ޕްލޭންގައި ރ.  އަތޮޅުގައި އިތުރު އެއަރޕޯޓެއް އަޅާގޮތަށް ހަމަޖެހިފައި ނުވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާތީ އެކަމާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ. 

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، ރ. އަތޮޅުގެ ދެކުނުގައި އެއަރޕޯޓެއް އަޅުއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށާއި، ނަމަވެސް، މިރޭ ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، މިހާރު އޮތް ޕްލޭންގައި ރ. އަތޮޅުގައި އެއަރޕޯޓެއް އެޅުމަށް ހަމަޖެހިފައި ނުވާކަމަށް ކަމަށެވެ. ނަމަވެސް އިރާދަކުރެއްވިއްޔާ ޕީ.ޕީ.އެމް / ޕީ.އެން.ސީގެ ވެރިކަމެއްގައި ރ. އަތޮޅުގައި އެ އެއަރޕޯޓް އަޅުއްވާނެކަމަށެވެ. 

ރ. އަތޮޅުގައި މިހާރުވެސް ޑޮމެސްޓިކް އެއަރޕޯޓެއް އޮވެއެވެ. އަދި ފާއިތުވި ސަރުކާރުން ރ. ފައިނުގައިވެސް އެއަރޕޯޓެއް އެޅުމުގެ ގިނަ މަސައްކަތްތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ. ނަމަވެސް، ފައިނުގައި އެއަރޕޯޓް އަޅަން ހަމަޖެހިފައި ނުވާކަމަށް މިސަރުކާރުން ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޙުސައިން 3 years ago

ތީ ނާސިރު ދައުރުއްސުރެ ދައްކާވާހަކައެއް.

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ