މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
މެމްބަރު ހަސަން އަޙުމަދު - ފޮޓޯ: މިހާރު

އިޤްތިޞާދުގެ އެންމެ މުހިންމު އެއް ބަޔަކީ ވަޑިން - އެމްޕީ ޙަސަން

ދިވެހި ރާއްޖޭގެ އިޤްތިޞާދުގައި އެންމެ މުހިންމު އެއް ބަޔަކީ ވަޑިން ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙުމަދު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، މެންބަރު ހަސަން އަޙުމަދު ވިދާޅުވީ، އިނގުރައިދޫ ދާއިރާއަކީ ވަޑިން ގިނަ ދާއިރާއެއް ކަމަށާއި އަދި ރާއްޖޭގެ އިޤްތިޞާދުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވާހަކަ ދައްކާއިރު މިރާއްޖޭގެ ރިސޯޓެއް ހިންގަނީވެސް އެ ވަޑާންކުރާ މީހާ ކުރާ ބުރަ މަސައްކަތުގެ މައްޗަށްކަމަށެވެ. އަދި ޔޮޓް ފަހަރާއި ޑައިވިން ދޯނިފަހަރާއި އެކްސްކާޝަން ދޯނިފަހަރާއި ކާގޯ ބޯޓްފަހަރުގެ ބަނުމުގެ މުހިންމުކަން ފާހަގަ ކުރައްވާ މެންބަރު ވިދާޅުވީ، މުޅި މިރާއްޖޭގެ އިޤްތިޞާދުގެ ބޮޑު ބަޔަކީ ވަޑިން ކަން ފާހަގަ ކުރާ ކަމަށެވެ. 

އެހެންނަމަވެސް، ވަޑިންގެ މަސައްކަތްތައް ހުއްޓި އެފަރާތްތަކުން ގޭގައި މަޑުކުރަން ޖެހިފައިވާކަން ފާހަގަ ކުރާ ކަމަށާއި އެހެންކަމުން އެވަޑިންނަށްވެސް ދިމާވެފައިވާ ދަތި ހާލުން އަރައިގަތުމަށް އިނާޔަތެއް ދޭން ޖެހޭނެކަމަށް ޤަބޫލު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. 

މެންބަރު ޙަސަން އަޙުމަދު ނިސްބަތްވާ އިނގުރައިދޫ ދާއިރާ އަކީ، ގިނަ ޢަދަދަކަށް ވަޑިން ހިމެނޭ އަދި ވަޑާމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުން ގިނަ ރަށްތަކެއް ހިމެނޭ ދާއިރާއެކެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

3 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ފިޔާ 3 years ago

ބަޔަކު ދިން އެއްޗެއް ބަހާލަންވީނު ވަޑިންނަށް. އެވެސް އަމިއްލަ ނަމުގަ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ކޮމެންޓް ރިޕީޓް ނުކުރޭ 3 years ago

ވަޑިގެ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

Falaah 3 years ago

އެހެންވެ ކުރިން އަހަރެން ( ވަޑިއަކު) ހޮވާފަ ހުރީ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ