މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

ޙަޔާތުގެ ކޮންމެ ވޭނަކީ ދަރުސެއް - ޚުތުބާ

މުޅި ދުނިޔެ މިއަދު ދެކެމުންމިދާ ހިޔތްދަތިކަމާއި ނުތަނަވަސްކަމަކީ ފަހުގެ ތާރީޚެއްގައި ދުނިޔެދުއް އެންމެ ބޮޑު ތަދުމަޑުކަންކަމާއި ނުތަނަވަސްކަން މިއަދުގެ ޚުތުބާގައި ފާހަގަކޮށްފިއެވެ. މިފަދަ ދަނޑިވަޅުތަކުގައި ދީލަތިވަންތަ ﷲގެ ޙަޟުރަތުން ޢާފިޔަތާއި ރައްކާތެރިވުމަށްއެދުމުގައި ދެމި ތިބުމަށްވަނީ ނަސޭޙަތްތެރިވެފައެވެ. ދިގު މުއްދަތަކަށް ގޭގައި ބަންދުވެފައި ތިބެން ޖެހުމުން ތަފާތު އެތައް މައްސަލަތަކެއް ކުރިމަތިވެދާނެކަން ދަންނަންވާނެކަންވެސް ހަނދާންކޮށްދީފައެވެ. އެގޮތުން ފިކުރު ބޮޑޫވުމާއި ހާސްކަން އިތުރުވުމުގެ އިތުރުން، އަތްމަތި ދަތިވުމާއި، ހެލިވެފލިވެ ނޫޅެވުމުގެ ސަބަބުން ތަފާތި ސިއްޙީ މައްސަލަތަކަށް ޙުށަހޮޅި ހަށިގަނޑަށް ބުރަކަން އަތުވެދާނެކަންވަނީ ފާހަގަކޮށްފައެވެ. މިފަދަ ކަންކަމުން ސަލާމަށްވުމަށް ﷲގެ ޙަޟުރަތުން ޢާފިޔަތާއި ރަޙުމަތަށް އެދި ދުޢާކުރުމަށްވަނީ ކީތިރި ޤުރްއާނުގެ މޫރިތި އާޔަތްތަކާއި ލޮބުވެތި ނަބިއްޔާގެ ރިވެތި ސުންނަތުން ދަލީލާއިއެކު ނަސޭޙަތްތެރިވެފައެވެ.

މިފަދަ ޙާލަތްތަކުގައި ޢަމަލުކުރަންވީ ބަޔާންކޮށްދެއްވުމުގެ އިތުރުންވެސް ޚުތުބާގައިވަނީ މިފަދަ ކޮންމެ އުނދަގޫ ދުވަސްތަކަކަށްފަހު ފަސޭހަ ދުވަސްތަކެއްވެސް އަންނާނެކަން ޔަޤީންކުރުމަށާއި ﷲގެ ރަޙުމަތުން އުއްމީދު ކަނޑާނުލުމަށް ބާރުއަޅުއްވާފައެވެ. މީގެ އިތުރުންވެސް ނަފްސަށް އަޅާލުމަށާއި އަޅުކަމުގައި ހީވަގިވުމަށާއި ކަސްރަތާއި ސާފްތާހިރުކަމުގެ އިތުރުން ފައިދާހުރި ކާނާ ކެޔުމަށް ސަމާލުވުމަށްވެސްވަނީ މިދިވެހި އިސްލާމީ އުއްމަތަށް ގޮވާލައްވާފައެވެ. އަދި މިފަދަ ހުރިހާ ޙާލަތެއްގައިވެސް ޚިދުމަތްތެރިންނާއި އަޅައިލާ މީހުންނަށް އޯގާތެރިވުމަކީ އިސްލާމީ ރިވެތި އަޚްލާޤެއްކަންވެސްވަނީ ފާހަގަކޮށްފައެވެ. 

ޚުތުބާ ނިއްވަމާ ލައްވަމުން އަހަރެމެންގެ އިޖުތިމާޢީ ގުޅުމަށް ނުހަނު ބޭނުންތެރި ޙިކުމަތްތެރި ވަސްފުޅެއްވެސްވަނީ ހިއްސާކުރައްވާއެވެ. އެގޮތުން " މުއުމިނަކަށް ތިބާގެ ފުށުން ފައިދާއެއްނުކުރާނަމަ ގެއްލުމެއްވެސް ނުދިނުމަށާއި، އުފަލެއްނުދެވޭނަމަ ހިތާމައެއް ނުޖެއްސުމަށާއި، މުއުމިނ އެކުވެރިޔާގެ ޙައްޤުގައި ހެޔޮ ބަހެއް ނުބުނެވޭނަމަ އޭނާއަށް މަލާމާތްވެސް ނުކުރުން" މި ތިން ކަމަށް ސަމާލުވުމަކީ ބޭނުންތެރި އެހާނެ މުހިއްމު ކަމެއްކަމުގައިވަނީ ހަނދާންކޮށްދީފައެވެ. 

ވީމާ، މިފަދަ ޙިކުމަތްތެރި ބަސްފުޅުތަކުގައި ހިފާ ހަޔާތުން ލިޞޭ ކޮންމެ ވޭނަކުން ދަރުސްލިބިގަނެ އިޖުތިމާޢީ ނަފްސާނީ ގުޅުންތައް ބަދަޙިކުރަމާހިނގާށެވެ. 

އަޙްމަދު ޝަރީފް

Ahmed Shareef

އަޙުމަދު ޝަރީފަކީ ފައިނު ސްކޫލްގައި ވަޒީފާ ޢަދާ ކުރަމުންގެންދާ މުދައްރިސެކެވެ. އަދި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރަށު ފެންވަރުގައި އިސްވެ އުޅުއްވާ ފަރާތެކެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ