މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

މާލެއިން މާކުރަތަށް ދިޔަ މީހެއްގެގައިން ކޮވިޑްގެ އަލާމާތްތައް ފެނިގެން ކަރަންޓީންކޮށްފި

މާލެއިން ރ. މާކުރަތަށް ދިޔަ މީހެއްގެ ގައިން ކޮވިޑްގެ އަލާމާތްތައް ފެނިގެން އެމީހާ ކަރަންޓީން ކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިމީހާއާއިއެކު އިތުރު މީހަކުވެސް މާކުރަތަށް ގޮސްފައިވެއެވެ. އަދި ދެ މީހުންނަކީވެސް ކަންނެއްޔަށްދާން އުޅޭ ބައެއް ކަމަށާއި މާކުރަތަށް ގޮސްފައިވަނީ މާލޭގައި އުޅުމަށްފަހުކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި، މީގެ ތެރެއިން އެކަކު އެރަށު ޞިއްޙީ މަރުކަޒަށް ދައްކަން ގޮސްފައިވާ ކަމަށާއި އޭނާގެ ގައިން ކޮވިޑް19 ގެ އަލާމާތްތައް ފެނިގެން މިހާރުވަނީ ކަރަންޓީން ކޮށްފައެވެ. 

ދާދި ދެންމެއަކު، މާކުރަތު ކައުންސިލުން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ، މާލެ ފައިބާ އުޅުމަށްފަހު 22 ޖޫން 2020 ވީ ހޯމަ ދުވަހުގެ ރޭގެ އިރާކޮޅުގެ ވަގުތެއްގައި އެރަށަށް މާލެއިން ދިޔަ މީހުންގެ ތެރެއިން މީހަކު 23 ޖޫން 2020 (މިއަދު) ހެނދުނު އެރަށު ޞިއްޙީ މަރުކަޒަށް ދެއްކި އިރު ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައިވާކަމަށެވެ. އަދި އެރަށު، ގެދަމާގެ، ތަރިވިދާގެ އަދި ގުލްފާމްގެއަށް ވަދެނިކުތުން އެރަށު ކައުންސިލުން ވަނީ މަނާކޮށްފައެވެ.  އަދި މާލެއިން އެރަށަށް ދިޔަ މީހުން ގެއިން ނުނިކުމެ ގޭގައި ތިބުމަށާއި އަދި އެފަދަ މީހުން ގެއިން ބޭރަށް ނުކުންނަނަމަ ލަސްނުކޮށް ކައުންސިލަށް އެކަން އެންގުމަށްވެސް އެކައުންސިލްގެ އެންގުމުގައި އެދިފައިވެއެވެ.

މިލިޔުން ކިޔާލުމުން

8%
އުފާވި
77%
ދެރަވި
8%
ހިނިއައި
8%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޢަލީ 3 years ago

ނަޝީދު ބުނިތަން މިއޮށް އަންނަނީ.

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ