މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ރައީސް އޮފީސް

"އުތެމަ" އަށް ފިޔަވަޅު އެޅުމަށް ކިނޮޅަސް ކައުންސިލުން ގޮވާލައިފި

އިސްލާމް ދީނުގެ އަސާސްތައް ފުނޑުފުނޑުވާފަދަ ރިޕޯޓްތައް ނެރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެ "އުތެމަ" ޖަމްޢިއްޔާއަށް ފިޔަވަޅު އެޅުމަށް ރ. ކިނޮޅަސް ކައުންސިލުން ގޮވާލައިފިއެވެ.

އެކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެމް.ޑީ.އެންއިން މީގެ ކުރިން ނެރުނު ދީނާ ޚިލާފް ވާހަކަތައް ހުރި ރިޕޯޓާއި ގުޅިގެން އެޖަމްޢިއްޔާ ހިންގި ފަރާތްތަކަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާއިރު، އޭގެ ތާޢީދުގައި އެފަދަ އެހެން ޖަމްޢިއްޔާއެއް ނިކުމެ އިސްލާމް ދީނުގެ އަސާސްތައް ފުނޑުފުނޑުވާފަދަ ރިޕޯޓްތައް ނެރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އެމް.ޑީ.އެންގެ ރިޕޯޓް ތަޙުޤީޤްކުރި އުޞޫލުން އުތެމައިގެ ރިޕޯޓްވެސް ތަޙުޤީޤްކޮށް، އެކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުމަށް އެކައުންސިލްގެ ނޫންބަޔާނުގައި ވަނީ ގޮވާލާފައެވެ. 

އުތެމަ ޖަމްޢިއްޔާގެ ފަރާތުން ނެރުނު ރިޕޯޓްގެ މައްސަލައިގައި ގިނަ ދީނީ ޢިލްމުވެރިންތަކެއްވެސް މިހާރުދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މީގެ އިތުރުން ބައެއް ކައުންސިލްތަކުންވެސް އަންނަނީ އެޖަމްޢިއްޔާއަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ