މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ނުވީހޭ ނުވެވުނުނަމަ - 8

އެއްދުވަހެއްގެ މެންދުރުގެ ވަގުތެކެވެ. އިމްނާ އޮތް ވާޑުގެ ބޭރުގައި ސަރާ ހުރީ ފޯނެއްގައިއެވެ. ކޮންމެހެން ގެއަށް ބޭނުންވާ ސާމާނުގެ ލިސްޓެއް ސަނާއަށް ކިޔައިދެމުންދިޔައެވެ. މާވަރަކަށް މީހަކު ބަލާހެން ހީވާތީ ސަރާގެ ނަޒަރު އެމީހާއަށް އަމާޒުވިއެވެ. ފެންނަފެނުމުން އުމުރުން ހަތްދިހައާއި ގާތްކުރާ އަންހެނެކެވެ. ކަޅި ޖަހާނުލާ ސަރާ ދިމާއަށް އެމީހާ ބަލަމުން ގެންދިޔައެވެ. ސަރާވެސް މާވަރަކަށް ބަލަމުން ގެންދަނީ ކާކުތޯ ބަލާލުމަށް ހިތުގައި ޝައުގުވެރިކަން އުފެދުނެވެ. މޫނުމަތިން ދަންނަ ވައްތަރު ޖަހާހެންވެސް ހީވެއެވެ. އެކަމަކު އެއްގޮތަކަށްވެސް ޔަގީނެއްނުވައެވެ. މަޑުމަޑުން ކޮރު ގޮތަކަށް ހިނގާލާފައިއައިސް އެހީ ތެރިއަކަށް ހުރި ޒުވާން އަންހެން ކުއްޖާއާއި އެކު ސަރާ ގާތަށް އައިސް ހުއްޓިލިއެވެ. އަދި ވަރަށް އޯގާތެރި އަޑަކުން ސަރާ އަކީ ކޮންރަށެއްގެ ކުއްޖެއްތޯ އެހިއެވެ. އަދި އެހާ ވަރަށް ބެލެނީ ސަރާ ދެކެ ފަރިތަ ވައްތަރެއް ޖަހާތީކަމަށް ބުންޏެވެ. ސަރާވެސް އެދައްތަ ފެނުނީ އަލަށް ކަމަށާއި ދަންނަ ވައްތަރު މޫނުމަތިން ޖަހާކަމަށް ބުންޏެވެ. ނަމަވެސް އެއްގޮތަކަށްވެސް ފެނުނީ ކޮންތާކުންކަމެއް ސަރާގެ ހަނދާނަށް ނައިކަމަށް ބުންޏެވެ. ދެންވެސް އެ ދައްތަ ދެއްކި ވާހަކަ ތަކުން އެމީހާ އަކީ ސަރާގެ އާއިލާއަށް ނިސްބަތްވާ މީހެއްކަމަށް ސަރާއަށް ވިސްނި ހަނދާނަށް ކުޑަ ބާރެއްލުމުން މަންމަގެ އަލްބަމްގައި އޮތް ސަރާގެ މާމަގެ ފޮޓޯ ހަނދާނަށް އައެވެ. އަހަރެންގެ އެއްބަނޑު އަހަރެން އެއްމެ ލޯބިވާ ކޮއްކޮ މީގެ އަހަރުތަކެއް ކުރިން މީހަކާ އިނދެގެން ވަނީ އަހަރެމެންނާ ވަރަށް ދުރަށް ގޮސް އެކޮއި އިން ކުއްޖާ އެއީ ވަރަށް ވިޔާނުދާ ކުއްޖެއް. އެހެން ނަމަވެސް އަހަރެމެންގެ މަންޖެ ވަނީ އެސޮރާހެދި ދީވާނާވެފައި. އެކޮއި ފެނުމުން ދައްތައަށް ހީވަނީ ދައްތަގެ ކޮއްކޮ ފެންނަހެން. ވެދާނެ މިއީ ކުށްހީ އަކަށްވެސް. އެކަމަކު އެކޮއި ހާދަ ވައްތަރޭ މަގޭ އިމްނާއާ. ފަހުން ބުނިބަސް އަޑުއިވުނީ ކިތަންމެ މަޑުންނަމަވެސް އަޑު ނިކުތީ ކިތަންމެ މެދު ކެނޑިގެން ނަމަވެސް ސަރާއަށް ދެއްކި ހުރިހާ ވާހަކައެއް ފަހުމުވިއެވެ. އަދި ވާއަތުގައި ހުރީ ސަރާގެ ބޮޑުދައިތަކަން އެގުމުން ހިތަށް އާދަޔާޚިލާފު ހަމަޖެހުމެއް ލިބުނެވެ. ސަރާގެ ބޮޑުދައިތަ ސަމްސިއްޔާގެ އަތުގައި ހިފާލައިގެން އިމްނާ އޮތް ހިސާބަށް ދިޔައެވެ. ސަމްސިއްޔާގެ ހިގުން ކުއްލިޔަކަށް ހުއްޓުނީ އިމްނާ ފެނިފައެވެ. އިމްނާ އޮތް ހާލު ފެނިފައި ސަމްސިއްޔާ ފެންކަޅިވިއެވެ. އިމްނާގެ ލޮލުން ކަރުނަ ހިލުނުތަން ސަރާއަށް ފެނުނެއެވެ. މަޑުމަޑުން އިނގިލިތަށް ހަރަކާތް ކުރިތަންވެސް ފެނުނެވެ. ސަމްސިއްޔާ އިމްނާ ގާތަށް ޖެހިލައި ނިތްކުރީގައި ބޮސްދީ ހެދިއެވެ. އިމްނާ ގެއިން ނިކުމެގެން ދިޔުމަށްފަހު އެއްވެސް މީހަކަށް އިމްނާގެ ހާލު ބެލުންވެސް ވަނީ މަނާކޮށްފައެވެ.

ސަމްސިއްޔާވެސް އުޅެނީ ފިރިމީހާ ވަރިކޮށްގެން ތިން ދަރިންނާއިއެކު ބައްޕަގެ ހިޔާވަހިކަމުގައި ވާތީ ބައްޕަގެ އަމުރަކާ ހިލާފުވާކަށް ނުކެރުނެވެ. ސަމްސިއްޔާއަށް އެޅުނު ކަތި ފިޔަވަޅއެއްގެ ސަބަބުން ނާސިރު އާއި ކައިވެނި ކުރެވުނީ ބައްޕަގެ ނުރުހުމުގައެވެ. އެހެން ނަމަވެސް ނާސިރު ވަރިކޮށްލި ހިސާބުން ސަލާންޖަހައި ގަނެތެޅި ހަދާތަން ބަލަން ބައްޕައަށް ކެތްނުވެ ގެއަށް ގެނެސް ލީ އެވެ. ސަމްސިއްޔާ އުޅުނު ހާލުން އެމީހުން އެހާމެ ލޯބިވާ ދަރި އުޅެން ޖެހިދާނެތީ ހުދު ސަމްސިއްޔާވެސް އިމްނާއަށް ނަސޭހަތްދިނެވެ. ބައްޕަ މެންގެ ހުއްދަ ނުލިބޭނެކަން އެނގޭތީ އިމްނާ ނިންމީ ފިލައިގެން ގެއިން ސާމިރު އާއި އެކު ދާށެވެ. ސާމިރުގެ ކަނު ލޯބިން އިމްނާއަށްޓަކައި ޤުރުބާންވި މައިންބަފައިންގެ ލޯބިފަރުދާވީއެވެ. ސާމިރުގެ ވަގުތީ ލޯބި ހުރިހާ އަގުމާތް ގުޅުންތަކަށް ދާއިމަށް އަލްވަދާއު ކިއީއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސާމިރުވީ ގިރިޓީލޯބި ކަން އެގުނެވެ. އޭރު ހުރެވުނީ އާއިލާއާއި މޫނު ދައްކަން ނުކެރޭހާ ގިނަ ކަންތައް ދިމާވެފައެވެ. ހިތާމަ ކޮށްކޮށް މަންމަ ދުނިޔެ ދޫކޮށްފިއެވެ. ކިތަންމެ ބޭނުންވިޔަސް އަލުން އާއިލާ ގާތަށް އަންނާނެ ހިތްވަރެއް ނުލިބުނެވެ. އެއީ އަލުން ހުޅުވަން ބޭނުންނުވާ ކަޅު މާޒީއެވެ. ހިތާމަވެރި ބާބެކެވެ.

ދެން އަލުން ހުޅުވަން ބޭނުންނުވާ ސަފުހާއެވެ. އެހެން ނަމަވެސް ކަންތައް ވީ ގޮތް ދެކިބަލާށެވެ. އެކަމުން އުއްމީދުވެސް ކަނޑާލާފައި ވަނިކޮށް އެއްބަނޑު އެއްބަފާ ދައްތަ އާއި ދިމާވިއިރު އޮވެވުނީ ކޮން ހާލެއްގައި ހެއްޔެވެ. އެންމެން ކިބައިން މާފަށް އެދެން ބޭނުންވި ނަމަވެސް އެކަންވެސް ވާކަށް ނެތެވެ. ލޯބިން ބައްދާލާ އެކަކު އަނެކަކާ ހީ ސަމާސާ ކޮށްލެވެންވެސް ނެތެވެ. ދެބެންގެ ލޮލުގައި ވެސް ކަރުނަ ފިޔަވައި އެހެން ބަސް މޮށުންތެރިކަމެއް ނުވެއެވެ. އެހެނަސް އެއީ ފޮނި ކަރުނައެވެ.

ސަނާ އާއި ސަމްސިއްޔާ ދެމެދު ދެކެވުނު ގިނަ ވާހަކަތަކުން އާއިލާގެ ފޮރުވިފައިވާ ގިނަ ކަންތައްތަކެއް އެނގުނެވެ. ސާމިރުގެ ވިޔާނުދާ އުޅުން އެނގުމުން ސަމްސިއްޔާގެ ހިތް އެކުދިންނާއިމެދު ހަމްދަރުދީން ފުރުނެވެ. އާއިލާއެއްގެ ހިމާޔާތަށް އެދިވީ އެދެކުދިން އަމިއްލަ ބޮޑު އާއިލާއެއް އޮތްކަން އެނގުމުން ޝުކުރުވެރިކަމުން ފުރުނެވެ. އާއިލާގައި ދެންތިބި ބޮޑުބޭބެއިންނާ ބައްދަލުވާނެ ދުވަހަކަށް އިންތިޒާރު ކުރެވުނެވެ. ބޮޑުދައިތަ އެމީހުން ބަލައިގެން ފަދައިން ބޭބެމެންވެސް އެކުދިން ބަލައިގަތުން އެއީ އެންމެ ބޮޑު އެދުމެވެ. ބަނަ ދުވަސްތަކަކަށް ފަހު އުޖާލާ ދުވަސްތަކެއްގެ ކޮޅުމަތި ދައްކާލައިފިއެވެ. ދުޢާ އަކީ މިއަލިކަން އަބަދުވެސް މިކުދިންގެ މުސްތަޤުބަލު އުޖާލާ ކޮށްދިނުމެވެ. އިމްނާގެ ކަޅު މާޒިން ސަނާގެ މާދަމާ އަނދިރި ނުވުމެވެ. ވާނެ ކަމަށް އުއްމީދު ކުރާނީ އަލިކަށެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ