މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ސަން

ރ. މަޑުއްވަރީ އައިސްޕްލާންޓްގެ މަސައްކަތް ލަސްވާތީ ފިޝަރީޒް މިނިސްޓަރާއި ސުވާލުކުރަނީ

ރ. މަޑުއްވަރީގައި ޤާއިމްކުރާ އައިސްޕްލާންޓްގެ މަސައްކަތް ލަސްވަމުންދާތީ ފިޝަރީޒް މިނިސްޓަރާއި ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހަޅުއްވައިފިއެވެ.

މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް، ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުގެ ފަރާތުން ސާފުކުރުމަށް ހުށަހަޅާފައިވަނީ، ރ. މަޑުއްވަރީގައި އިންޑިޔާ ސަރުކާރުގެ އެހީގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ އައިސް ޕްލާންޓް ޤާއިމް ކުރުމުގެ މަސައްކަތް ލަސްވަނީ ކީއްވެގެންތޯއާއި އައިސް ޕްލާންޓްގެ މަސައްކަތް ނިމި ޚިދުމަތް ލިބެންފަށާނީ ކޮން ތާރީޚެއްގައިކަމެވެ. 

ރ. މަޑުއްވަރީ އަކީ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުން އަންނަ ރަށެކެވެ. އަދި މިފަދަ އައިސްޕްލާންޓެއް އެރަށުގެ މަސްވެރިންނަށް ވަނީ ވަރަށް ބޮޑަށް ބޭނުން ވެފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ