މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީސްމީޑިއާ

ފާއިތުވި 6 މަހުގެ ތެރޭގައި ރ. މަޑުއްވަރީ ކައުންސިލަށް އާމްދަނީގެ ގޮތުގައި މިލިޔަނެއް

ފާއިތުވި 6 މަހުގެ ތެރޭގައި ރ. މަޑުއްވަރީ ކައުންސިލުން އާމްދަނީގެ ގޮތުގައި މިޔަނަކަށްވުރެ ބޮޑު ޢަދަދެއް ހޯދައިިފިއެވެ.

އެކައުންސިލުން އާންމުކޮށްފައިވާ ފާއިތުވި 6 މަސް ދުވަހުގެ މާލީ ހިސާބުގައި ބުނެފައިވާގޮތުން، 1 ޖަނަވަރީ 2020 ން 30 ޖޫން 2020 ގެ ނިޔަލަށް ޖުމުލަ 1،152،570.28 (އެއް މިލިޔަން އެއް ލައްކަ ފަންސާސް ދެހާސް ފަސް ސަތޭކަ ހަތްދިހަ ރުފިޔާ / އަށާވީސް ލާރި) ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ. މީގެ ތެރެއިން ފާއިތުވި 2019 ވަނަ އަހަރުގެ ބަޖެޓް ބާކީގެ ގޮތުގައި ސަރުކާރުން ދެއްވި ފައިސާގެ އިތުރުން ދެން އެންމެ ބޮޑުބައެއް މި އާމްދަނީގައި ޙިއްސާ ކުރަނީ ބިމުކުލީގެ ގޮތުގައި ލިބޭ ފައިސާއަށެވެ. އެގޮތުން ޖުމުލަ 227،014.60 (ދެލައްކަ ހަތާވީސްހާސް ސާދަ ރުފިޔާ / ފަސްދޮޅަަސް ލާރި) ބިމުކުލީގެ ގޮތުގައި ބަލައިގަނެފައިވެއެވެ. 

ނަމަވެސް ފާއިތުވި 6 މަސްދުވަސް ތެރޭގައި އެކައުންސިލްގެ އާމްދަނީގެ ތެރެއިން ޚަރަދު ކޮށްފައިވަނީ، 45،000 (ސާޅީސް ފަސްހާސް ރުފިޔާ) އެވެ. އެއީ، އެމް.އީ.ސީ ޕްރީ ސްކޫލްގެ މުދައްރިސެއްގެ 1 އަހަރުގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި ހަދިޔާކޮށްފައިވާ ފައިސާއެވެ. 

އާމްދަނީގެ ގޮތުގައި މިލިޔަނެއް 6 މަސްދުވަހުގެ ތެރޭގައި ހޯދާފައިވުމަކީ އަތޮޅު ލެވެލްގައި ފާހަގަ ކޮށްލެވޭ ޢަދަދެއްކަން ފާހަގަ ކޮށްލެވެއެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ