މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހަކީ މާތް ﷲ ލައްވާފައިވާ އެންމެ މާތް ދުވަސްތައް

މުުޅިއިސްލާމީ އުއްމަތަށް އަންނާނެ އެންމެމާތް ދުވަސްތަކުގެ ތެރެއިން މިވޭތިކުރަމުންމިދާ 10 ދުވަހަކީ ﷲ ލެއްވި ދުވަސްތަކުގެ ތެރެއިން އެންމެމާތް ދިހަދުވަހެވެ. މިކަމަށް އިޝާރާތްކުރައްވާ މިއަދުގެ ޚުޠުބާގައިވަނީ އަލިއަޅުއްވާލައިފައެވެ.

ނަބަވީ އިރްޝާދުތަކާއި ﷲގެ ވަޙީބަސްފުޅުގެ އަލީގައި މިދުވަސްތަކުގައި ކުރަންވީ ކަންތައްތައްވެސްވަނީ ބަޔާންކޮށްދީފައެވެ. އެގޮތުން މިދުވަސްތަކުގައި ތަކްބީރާ، ތަޙްމީދާއި ތަޙްލީލާ އަދި ތަސްބީޙަކިޔުން ގިނަކުރުމަށް ނަބަވީ އިރްޝާދުތައް އައިސްފައިވާކަންވެސް ދަލީލުތަކާއިއެކުވަނީ ބަޔާންކޮށްދީފައެވެ. 

ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަސް އެހައި ހާއްޞަވީ ސަބަބުތަކެއްކަމަށް ޢިލްމުވެރިން ބަޔާންކުރައްވާފައިވާކަމަށް ހުލާސާކޮށްދެއްވަމުން ޚުޠުބާގައި ފާހަގަކޮށްފައިވާ ސަބަބުތަކުގެ ތެރޭގައި މިދުވަސްތަކުގެ ތެރޭގައި މާތްވެގެންވާ އިސްލާމްދީނުގެ ބޮޑެތި އަޅުކަންތައްތަކެއް އެއްތަންވެފައިވުން ފާހަގަކުރައްވައެވެ. އެއީ ނަމާދާއި ރޯދައާއި ޞަދަޤާތްދިނުމާއި ޙައްޖުގެ އަޅުކަމެވެ. އަދި މިދިހަދުވަހުގައި ކުރެވޭ ހެޔޮކަން މާތްވެ މަތިވެރިވެގެންވާވާކަންވެސް ޚުޠުބާގައިވަނީ ބަޔާންކޮށްދީފައެވެ. 
ހަމަ އެފަދައިން މިއަދު ޚުޠުބާގައިވަނީ، މިދިހަ ދުވަހުގައި ކުރެވޭނެ އެންމެ މާތް އެއްއަޅުކަމަކީ ޙައްޖުވެރީން ޙައްޖުވުމާއި ޙައްޖަށް ދިޔުމުގެ ކުޅަދާނަކަން ނުލިބުނު މީހުން ރޯދަހިފުމެވެ. ޙައްޞަކޮށް ޙައްޖުމަހުގެ ނުވަވަނަ ދުވަހު ނުވަތަ ޙައްޖުދުވަހު ރޯދަހިފުމަކީ މާތްމަތިވެރި އަޅުކަމެއްކަންވެސް ނަބަވީ އިރްޝާދުތަކުގެ އަލީގައިވާ ހަނދާންކޮށްދީފައެވެ. 

މީގެ އިތުރުން، މިއަހަރު ޙައްޖަށް ދިޔުމަށް ފައިސާދެއްކި ނަމަވެސް ކޮވިޑް19ގެ ސަބަބުން ހައްޖުވުން މަނާކުރެވިފައިކަން ފާހަގަކޮށް އެފަދަ ފަރާތްތަކުން ހިތާމަނުކުރުމަށާއި ﷲގެ ދީންވަނީ ފުރިހަމަކޮށްދެއްވާފައިކަމާއި ﷲގެ ރަޙްމަތް ތަނަވަސްވެގެންވާކަން ހިތްމައްޗަށްގެނެސް މިދިހަދުވަހުގެ ބޭނުން ހެޔޮގުގައި ހިފުމަށްވެސްވަނީ ޚުޠުބާގައި ނަސޭޙަތްރިވެފައެވެ. ޙައްޖަށް ދިޔުމަށްނިޔަތްގަނެ ފައިސާ ދައްކާފައިވާ ފަރާތްތަކަށް ﷲ އެކަމުގެ ސަވާބާއި ދަރުމަ ދެއްވާނެކަންވެސްވަނީ ފާހަގަކޮށްފައެވެ. 

ވީމާ، ކުޅަދާނަވީ މިންވަރަކުން ރޯދަހިފުމަށާއި، ކުޑަމިންވަރަކުން ނަމަވެސް ޞަދަޤާތްދިނުމަށާއި ނަމާދުތަކަށް ރައްކާތެރިވުމަށާއި، ޤުރްއާންކިޔެވުން ގިނަކޮށް އެކަކު އަނެކަކަށް ހެޔޮފޯރުވުމަކީ މިދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ. ވީމާ، އެންމެހައި ކިޔުންތެރިންވެސް މި ދިހަ ދުވަހުގެ ބޭނުންހެޔޮގޮތުގައި ހިފުމަށް ނަސޭޙަތްތެރިވެ ވަޞިއްޔަތްކުރަމެވެ. ޙައްޖުވުމުގެ ހެޔޮނަސީބު މިންވަރުކޮށްދެއްވުން އެދި ދުޢާކުރުމާއި ދުނިޔޭގެ ކަންކޮޅުތަކުގައިވާ މުސްލިމުންނަށް ނަސްރުދެއްވާ މިފަދަ މާތްދުވަސްތަކުގެ ހެޔޮކަން މިނިވަންކަމާއިއެކު ކުރުމުގެ ހެޔޮތަވްފީޤް ދެއްވުންއެދިގެން ދުޢާކުރުމަކީވެސް މިވަގުތު ކުރެވިދާނެ ބޭނުންތެރިކަމެއްކަމުގައި ދެކެމެވެ. 

އަޙްމަދު ޝަރީފް

Ahmed Shareef

އަޙުމަދު ޝަރީފަކީ ފައިނު ސްކޫލްގައި ވަޒީފާ ޢަދާ ކުރަމުންގެންދާ މުދައްރިސެކެވެ. އަދި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރަށު ފެންވަރުގައި އިސްވެ އުޅުއްވާ ފަރާތެކެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ