މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ރ. މަޑުއްވަރީ އައްޔޫޤް ޖަމްޢިއްޔާއިން މިފަހަރު ރ. އަތޮޅަށް މަދަޙަ މުބާރާތެއް

ރ. މަޑުއްވަރީ އައްޔޫޤް ޖަމްޢިއްޔާއިން މުޅި ރ. އަތޮޅަށް ހުޅުވާލައިގެން މަދަޙަ މުބާރާތެއް ކުރިޔަށް ގެންދިޔުމަށް ނިންމާ އެކަން އިޢުލާން ކޮށްފިއެވެ. އެޖަމްޢިއްޔާއިން މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އަޟްޙާ ޢީދާއި ގުޅުވައިގެނެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ، ޖޫނިއަރ ގުރޫޕަކާއި ސީނިއަރ ގުރޫޕެކެވެ. ޖޫނިއަރ ގްރޫޕުގައި ހިމެނެނީ 9 އަހަރާއި 10 އަހަރާއި ދެމެދުގެ އުމުރުފުރާއާއި 11 އަހަރާއި 12 އަހަރާއި ދެމެދުގެ އުމުރުފުރައެޗެ. އަދި ސީނިއަރ ގްރޫޕުގައި ހިމެނެނީ 13 އަހަރާއި 14 އަހަރާއި ދެމެދުގެ އުމުރުފުރާ، 15 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާ އަދި 17 އަހަރުން މަތީގެ އުމުރުފުރައެވެ.  

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަށު ކައުންސިލްތަކުންނާއި އެޖަމްޢިއްޔާގެ އިދާރާއާއި ފޭސްބޫކް ޕޭޖުންވެސް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ފޯމް ފުރުމަށްފަހު އައިޑީ ކާޑުގެ ކޮޕީއަކާއެކު މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ ޖަމްޢިއްޔާގެ މެއިލް (ayyooq2014@gmail.com) އަށް ފޮނުވުމަށް ނުވަތަ އެ ޖަމްޢިއްޔާގެ އިދާރާއަށް ފޯމު ހުށަހެޅުމަށް އެ ޖަމްޢިއްޔާއިން އެދެއެވެ.

ރ. އަތޮޅަށް ހުޅުވާލައިގެން ރ. މީދޫ ޑޫޒިއަންސްގެ ފަރާތުންވެސް މިއަހަރުގެ ރަމަޟާން މަހުގެ ތެރޭގައިވަނީ މަދަހަ މުބާރާތެއް ބާއްވާފައެވެ. ނަމަވެސް، އެފަރާތުން މިމުބާރާތް ބާއްވާފައިވަނީ 16 އަހަރުން ދަށުގެ ފަރާތްތަކަށް ޚާއްޞަ ކޮށްގެނެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ