މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ދުވާފަރު ޞިއްޙީ މަރުކަޒު

ދުވާފަރުން ނެގި 38 ސާމްޕަލެއް ނެގެޓިވް

ދުވާފަރުން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުނާއި ގުޅުންހުރި 54 ފަރާތުގެ ތެރެއިން 38 ފަރާތެއްގެ ސާމްޕަލް ނެގަޓިވް ވެއްޖެއެވެ.

އެރަށު ޞިއްޙީ މަރުކަޒުން ބުނެފައިވަނީ، ދުވާފަރުން ކޮވިޑް19 އަށް ޕޮޒިޓިވްވި 3 ފަރާތާއި ގުޅުންހުރި، ހޯމްކަރަންޓީންކޮށްފައިވާ 54 ފަރާތެއްގެ ސާމްޕަލް ނެގުމަށްފަހު މިވަގުތާއި ހަމައަށް 38 ފަރާތެއްގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެފަރާތްތައް ހޯމް ކަރަންޓީނުން ދޫކޮށްލެވިފައިވާ ކަމަށެވެ. އަދި އިތުރު ސާމްޕަލްތަކުގެ ނަތީޖާ ލިބެމުންދާ މިންވަރަކުން މަޢުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ. 

ގޭގައި ކަރަންޓީންކޮށްފައިވާ ހުރިހާ ފަރާތްތައް ދޫކޮށްލެވޭނީ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވިކަން ޔަޤީން ވުމުން ކަމަށްވެސް ބުނެފައިވެއެވެ. ދުވާފަރުން ޕޮޒިޓިވްވި މީހުނާއި ގުޅުންހުރި 16 ފަރާތެއްގެ ނަތީޖާ އަދިވެސް ނުލިބެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ